އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ބެލި މައްސަލައިން މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަލާމަތްވި ނަމަވެސް އޭނާ އަދި ވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

ރައީސް ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޝަޒައިލް ސަސްޕެންޝަނާ މެދު އަދި އިތުރު ގޮތެއް ނުނިންމާ ކަމަށެވެ. ޝަޒައިލްގެ ސަސްޕެންޝަން ދަމަހައްޓާ ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.

ޝަޒައިލް އަކީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްގެ ސްލޮޓެއްގައި ގޭސްގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ޝަޒައިލް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޮކްޓޯބަރު 15، 2019 ގަ އެވެ. އެއަށް ފަހު، ޝަޒައިލަށް ތުހުމަތުކުރާ ދެ މައްސަލައެއް އޭސީސީ އަދި ފުލުހުން ބެލި އެވެ.

ޝަޒައިލްއަށް ތުހުމަތު ކުރެވުނު އެއް މައްސަލައަކީ މަނީލޯންޑްރިންގެ މައްސަލައެކެވެ. އެމައްސަލަ އޭސީސީ އިން ބެލުމަށް ފަހު ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ވެސް ތަހްގީގު ކުރިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ އެންމެ ފަހުން ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. އެ ސަރުކާރުގައި ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ވެސް ކުރެއްވިއެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އެ ސަރުކާރުގައި އަދާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ސަންޓުރެވަލް ސިޔާމަށް މިހަރު ހުއްނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައި ރީނދޫ ގުރޫޕާ ގުޅުނީ މޮޅުތަކެއްވާނެ ކަމަށް އަލިފާން ކެވިއްޖެބާ ....

 2. މާލަސް

  ޥަޒީފާ ނެރުން ލާޒިމެއް ނޫން. މަދަނީ މިންގަނޑުން ބަލާނަމަ، ހިޔާނާތްތެރިވެފައިވާކަން ސާބިތުވާނެ. މަކަރާއި ހީލަތް ހެދުމަކީ ޑީ.އެން.އޭ އާއި ގުޅިފައިވާ އާއިލީ ވޭދަނައެއް.

 3. މާލަސް

  އަނބުރާ ޥަޒީފާއަށް ނެރުން ލާޒިމެއް ނޫން. މަދަނީ މިންގަނޑުން ބަލާނަމަ، ހިޔާނާތްތެރިވެފައިވާކަން ސާބިތުވާނެ. މަކަރާއި ހީލަތް ހެދުމަކީ ޑީ.އެން.އޭ އާއި ގުޅިފައިވާ އާއިލީ ވޭދަނައެއް. ވަރުގަދަ އިހަލެއް

 4. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ، ދަނބުފަށުވިގެ

  ރައްޔިތުން ޕާޓީތަކުގެ ކުޑަތަކުގެ ދަށުގައި ނިވާވެ ހުސްވެއްޖެއެވެ. އިހުތިޖާޖުކުރާނެ އެއްވެސް ރައްޔިތަކު މިހާރަކު ނެތެވެ. ހުރިހާވެސް އެއްޗަކީ، ޕާޓީތަކެވެ.