އއ.މަތިވެރިން ކޮވިޑް-19 އަށް އިތުރު އަށް މީހަކު ފައްސިވެ އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 19 އަށް އަރައިފިއެވެ.

މަތިވެރީ ހެލްތު ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިއަދު އެރަށުން ކޮވިޑަށް ފައްސިވެފައި ވަނީ ކުރިން ފައްސިވި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނެވެ.

މަތިވެރިން ބަޔަކު ކޮވިޑަށް ފައްސިވުމުން އެރަށަށް އަރައި ފޭބުން މަނާކޮށް، ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މަތިވެރި ކައުންސިލަށް ފޮނުއްވި އެންގުމުގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެހެންވެ، ރަށުގައި ތިބި އެއްވެސް މީހަކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށް ވެސް އެ އެންގުމުގައިވެއެވެ.

މަތިވެރި މޮނިޓަ ކުރުމާ ގުޅިގެން އެޖެންސީން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދީ މިކަމުގައި ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަން ޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް ވެސް އެންގުމުގައިވެއެވެ.

މަތިވެރިން ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޮވިޑް-19 އަށް ފައްސިވި މީހާއާ ގާތުން އެއްތާންވި މީހުންނެވެ. އެރަށުން ގިނަ އިން ފައްސިވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވި މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމްރާން

    މާލެއިން މަތިވެރިއަށް ދިޔަ ލޯންޗަކުން އެމްޑީޕީ ކައުންސިލް ރައީސް މަހަށްގޮސްގެން ރަށަށް އެރުވި އެއްޗެއް އެއީ. އަސްލަމް ދިންމާވާން ޖެހޭނެ.