މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފިއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާނުކޮށް ނިންމާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރީ ފަހަރެކޭ އެއްގޮތަށް ގިނަ ގޮނޑިތަކެއް ހޯދީ އެމްޑީޕީންނެވެ. މީގެ ތެރެއިން 11 އަތޮޅު ކައުންސިލްގެ ރައީސް ކަން އެމްޑީޕީއިން ކާމިޔާބު ކުރިއިރު ބާކީ ހަތް އަތޮޅު ކައުންސިލްގެ ރައީސް ކަން ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމް އިންނެވެ. ސިޓީތަކުގެ ތެރެއިން މާލެ ސިޓީ ފިޔަވައި ދެން އޮތް ތިން ސިޓީގެ މޭޔަރު ކަމާއި އަޣުލަބިއްޔަތު ލިބުނީ އެމްޑީޕީއަށެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ މި ފަހަރު ލިބިފައިވަނީ ޕީޕީއެމްއަށެވެ. މާލެ ސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ އެ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. މާލޭގެ އިތުރުން ވެސް އެމްޑީޕީއަށް ތާއީދު ބޮޑު ގިނަ ރަށްރަށުގެ އަޣުލަބިއްޔަތު މި ފަހަރު އެ ޕާޓީއަށް ވަނީ ގެއްލިފައެވެ. މި ގޮތުން އައްޑޫ ސިޓީއިން ވެސް އެ ޕާޓީއަށް މި ފަހަރު ކުރިން ހޯދަމުން ދިޔަ ފުރިހަމަ އަޣުލަބިއްޔަތެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ދާއިމީނަތީޖާ ބަލާލެވެނީކޮންސައިޓަކުން.....................

  2. ޙަސަނު

    މުޅި އިންތިހާބުގެ ވޯޓުން ވައްކަންކޮށްފި ވަގައްނަގާފި ވަގުތީ ނަތީޖާ ނުބައްދަލު މޑޕ އަށް ވޯޓްތަށް އިތުރުވާންފަށާފި މިއިންތިހާބް ވަގުތީނަތީޖާ އެހާބޮޑު ބަދަލެއް އައިސްގެން ނުވާނެ ގަބޫލެއއނުކުރެވޭ ރައްތުންގެ ހައްގުން ވައްކަން ނޭވާ ހޮޅިންވައްކަން ކުރީ 2 އިންތިހާބުންވެސް ވައްކަން އިދިކޮޅުން ބަލާތި މިވާނުވާ