ކޮންމެ މަޔަކު ވެސް އަދި ކޮންމެ ބަފަޔަކު ވެސް ދަރިއަކަށް ބަލިވެ އިންނަ ހިސާބުން ބޭނުންވާނީ ދަރިފުޅަކީ ރަނގަޅު ސިއްހަތެއްގެ ކުއްޖަކަށް ވުމަށެވެ. ދަރިން ހެޔޮ ހާލުގައި ލެެއްވުމަށް އެދި ދުއާކޮށް، ދަރިފުޅު އުފަންވުމުގެ ކުރިން އެެކަމަށް ކޮންމެ މަޔަކުވެސް އަދި ކޮންމެ ބަފަޔަކުވެސް އެތައް ތައްޔާރީތަކެއް ވެއެވެ.

ނ. އަތޮޅު މަނަދޫ އަށް ނިސްބަތްވާ އަލީ ޖަވާދު އާއި ފަތިމަތު ރިޝްފާ ވެސް އެ ދެ މަފިިރިންގެ ތިންވަނަ ދަރިފުޅު ލިބުނު އިރު ތިބީ މި ފޮނި އުންމީދުގައެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އަލަތު ނޭވާ ދުނިޔެއަށް ދޫކޮށްލި ކުޑަކުޑަ ތާރާ ބިންތު އަލީ ޖަވާދު އަށް އެންމެެ ފުރަތަމަ ބަލިވެެ އިން ހިސާބުން ވެސް އެ ދެމަފިރިން ތިބީ ފޮނި އުންމީދުގައެވެ. ރިޝްފާ ތާރާ އަށް ބަލިވެ އިން އިރުވެސް ޑޮކްޓަރުން ބުނަމުން ދިޔައީ ދަރިފުޅުގެެ ހާލު ރަނގަޅު ކަމަށެވެ. ބަނޑު ބޮޑު އިރު ޖެހުނު ހަމައެކަނި މައްސަލައަކީ އިންފެކްޝަން މައްސަލައެއް ކަަމަށާއި އެެއީ އެކަމުންވެސް ތާރާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް ތާރާގެ މަންމަ ރިޝްފާ "ވަގުތަށް" ބުންޏެވެ.

ތާރާ އުފަންވީ ދުވަސް ރިޝްފާގެ ބަނޑަށް އަށް މަހުގައެވެ. ތާރާ އުފަންވި އިރު ރިޝްފާ އާއި އާއިލާ ދިރިއުޅެމުން ދިޔައީ އަވަށްޓެރި ސްްރީލަންކާގައެވެ. ބަނޑުގައި އޮތް އިރު ތާރާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް ނަމަވެސް މުޅި އާއިލާއަށް މާޔޫސްކަމާއި މޮޅިވެރިކަން ލިބިގެން ދިޔައީ ކުޑަކުޑަ ތާރާަގެ ބަލި ހާލަތު ހުރި ގޮތުންނެވެ. ލަންކާއިން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުން ބުނީ ތާރާގެ ނާރުގެ މައްސަލަ ހުންނަ ކަަމަށާއި އުފަންވި ހިސާބުން ފެށިގެން އެކުއްޖާގެ ކަނާ އަތުގައި މައްސަލަތަކެއް ހުރި ކަމަށެވެ.

"ވިހެއީއްސުރެ ބޭބީއަކީ ބަލި ކުއްޖެއް. އުފަންވީންސުރެންވެސް ނާރުގެ މައްސަލަ ހުންނާނެ ކުއްޖާގެ ކަނާއަތް ވޯކް ނުކުރާނެ އޭރަކު." ރިޝްފާ ބުންޏެވެ.

ނަމަވެސް އެތައް ތެރަޕީީ ސެޝަނެއް އަދި އެހެން ފަރުވާތައް ކޮށްގެން ތާރާގެ ކަނާއަތް ކޮންމެެވެސް މިންވަރަކަށް ރަނގަޅުވިއެވެ. އެ އާއިލާއިންވެސް ދިރިިއުޅުން މަނަދޫއަށް ބަދަލުކުރި ކަމަށާއި، އޭރު ތާރާއަށް ހަ މަސް ފުރިއްޖެ ކަމަށް ރިޝްފާ ބުންޏެވެ.

ތާރާ ބިންތު އަލީ ޖަވާދު

ދާދި ފަހުން ތާރާއަށް ވަނީ ސިއްހީ މައްސަލައެއް ދިމާވެ ހޮސްޕިޓަލުގައި އެނދުމަތި ކުރަން ޖެހިފައެެވެ. މި ހާދިސާ ވީ މުޅިި އާއިލާއަށް ކުއްލި ސިހުމެއް ގެނުވި ހިތާމަވެރި ކަމަކަށެވެެ. ރިޝްފާ ބުނި ގޮތުގައި ތާރާއަށް ފިޓު ޖެހިގެން ވަރަށް ފަހުން ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.

"ދަރިފުޅަށް ފިޓު ޖެެހުނީ ހަމަ ހުރެލާފަ. ދެން ރަށު. ހޮސްޕިޓަލަށް ގެންދިޔަ އިރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތީމަ ދަރިފުޅު މާލެ ގެނައީ. މާލެެ ގެނެސް ފަރުވާ ދޭން ފެެށިތަނާ ލިބުނީ ސިހުން ގެނުވަނިވި ހަބަރެެއް" ތިން ދަރިންގެ ތެރެއިން އެންމެ ހަގު ތާރާ އާ ބެހޭ ގޮތުން ރިޝްފާ ބުންޏެވެ.

ތާރާ ބިންތު އަލީ ޖަވާދު

މާލެެ ގޮސް ޑޮކްޓަރަށް ނުދެއްކިގެން އުޅެނިކޮށް ތާރާ ވަރަށް ގަދައަށް ހުން އައުމުގެ ސަބަބުން އާންމު ބަލިތަކުގެ ޑޮކްޓަރަކަށް ދެއްކިއެވެ. ފުރަތަމަ ޑޮކްޓަރު ލަފާކުރީ ކޮވިޑް-19 ބަލީގެ ސަބަބުން ވާ ގޮތެއް ކަމަށެެވެ. ކޮވިޑަށް ޓެސްޓު ހެދި އިރު ތާރާ އެ ބައްޔަށް ނައްސިވިއެވެ. އެއަށް ފަހު އިތުރު ޓެސްޓުތައް ހަދަން ފެށި ކަމަށާއި، ބެެލި ބެލުމުން ޑޮކްޓަރުންނަށް ލަފާކުރެވުނީ ތާރާއަށް ޓީބީ ބަލި ޖެހިފަ ހުރި ކަން ކަމަށް ރިޝްފާ ބުންޏެވެ. އަދި ކުއްޖާގެ ގުނަވަންތައް ފެއިލްވަމުން އަންނަ ކަމަށްވެއެވެ.

ތާރާ ބިންތު އަލީ ޖަވާދުގެ ދެ ފައި

"ދަރިފުޅުގެ ކަރުގަ އެބަހުރި ގޮށްތަކެއް ލާފަ. ދެން ހަމަ ދުވަސްދުވަަސްކޮޅުން ވަރަށް ގަދަ ހުމެއްވެސް އާދޭ. ނާރުގެ މައްސަލައިގެ އިތުރަށް ޓީބީ ހުރީ ކަމަށް ޑޮކްޓަރުން ލަފާކުރީ. އަދި ޔަގީންކަމެއް ނުދޭ ޓީބީ ހުރި ކަމަކަށް" ރިޝްފާ ބުންޏެވެ.

ރިޝްފާ ހިއްސާކުރި ގޮތުގައި ޑޮކްޓަރުން ލަފާދެނީ ވީ އެންމެެ އަވަހަކަށް ތާރާ ގޮވައިގެން އިންޑިއާ އަށް ފުރުމަށެވެ. ތާރާއަށް އިންޑިއާއަށް ގޮސް ފަރުވާ ދެވިދާނެކަމުގެ ފުރިހަމަ އުންމީދު އޮތް ކަމަށާއި، ތާރާގެ ބޭސްފަރުވާއަށް އާސަންދަ ވެެސް ހަމަޖެެހިފައިވާކަމަށް އޭނާ ބުންޏެވެ.

"ތާރާގެ ބޭސް ފަރުވާއަށް އާސަންދަ އިނީ ހަމަޖެހިފަ. އެހެންވިޔަސް ތާރާ ގޮވައިގެން ގޮސް އިންޑިއާގައި ކިހާ ދުވަހަކު ތިބެެން ޖެހޭކަމެއް ނޭނގެ. އެެކަމަށް އެެހީ ބޭނުންވޭ." ރިޝްފާ ބުންޏެވެ.

ތާރާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތާރާގެ މަންމަގެ ބީއެމްއެލް ދިވެހި ފައިސާ އެކައުންޓް (7720510121101- ފާތިމަތު ރިޝްފާ) ނުވަތަ ޑޮލަރު އެކައުންޓު (7720510121001) އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ތާރާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ. ތާރާ އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 7454354 ނަންބަރު ފޯނަށް ގުޅުމަށް އާއިލާއިން އެދެއެވެ.


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ. "

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    މިކަހަލަ ކިތަށް އާއިލާއެއް މިރާއްޖޭގައި އުޅޭބާ އެކަމަކު ސަރުކާރުން ބޭކާރުގޮތުގައި ލާރި ޚަރަދުކޮށް އަދި ލާރިން ވައްކަންކުރަމުން އެ ދަނީ ، ސިޔާސީޕާޓީ އަށް ނުޖެހޭ ލާރިދޭކަށް ޕާތީތައް ހިންގާ ޕާރޓީތައް ހަދާމީހުން ރައްޔިތުން ބުރަމަސައްކަތްކޮށްގެން ހޯދާލާރިން ޓެކްސް ދެއްކީމަ އެލާރި މިދެނީ ސިޔާސީޕާރތީ ހިންގަން މީ ކޮންކަހަލަ އިންސާފެއް އޮންނަޤައުމެއްބާ އޭ ހިތައްއަރާ މިގޮތަށް ސަރުކާރުތަކެއް ނެތަސް ރަގަޅުތާ ދޯ!!!

    • ދެރަވަރު

      އަނެއްކޮޅުން ކުރީގެ ރައީސުންނަށް އެއޮށްދޭ އިނާޔަތެކޯ. ވެރިކަމަށް އަރަ ކޮނެ މީހަކަށް އިމާޔަތް ދެންޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންނަށް ކަމެއް ކޮއްދޭކަށް އެއްޗެއް ނޯންނާނެ. އިނާޔަތްތައް ކނޑާލަންވީ. އިއްޒަތްތެރި މެމްބަރުންނަށް އެމީހުން ދައުރު ނިމުނީމަވެސް އެއޮއް ދޭނުންވާ ލާރިގަނޑެކޯ. އެންމެންވެސް ވެރިކަމާ ބާރު ބޭނުން ވެގެން އެއުޅެނީ އަމިއްލަ އަންބޮޑި ބޮޑުކުރަން.