މި އަހަރުގެ ރިޔާސީ އިންތިހާބު، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތައްޔާރުވާން ފަށާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިހާބު ބާއްވާއިރު، އެކަން އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފުތާގައި އިއުލާނު ކުރާނެއެވެ. ނަމަވެސް މިކަމާއި ގުޅޭ ރަސްމީ ޖަވާބެއް އިލެކްޝަންގެ ފަރާތުން އަދި ނުލިބެއެވެެ.

އިންތިހާބު ބޭއްވުމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުންދާކަަމަށް މައުލޫމާތު ލިބެއެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެއެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ހ" ގައި ބުނެފައިވާ ގޮތުގައި ހިންގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަން ޖެހޭނެއެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހު ބާއްވާ އިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަން އަދި އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާއިދު

    އަވަސްކޮށްދެއްވާ! މާތްﷲގެ ރަޙްމަތްފުޅާއެކު ފުރަތަމަބުރުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރާނެ!

  2. ޑާޑާޑާޑާ

    ރިޔާސީ އިންތިހާބު ސެޕްޓެމްބަރު ކުރީކޮޅު ބާއްވަނީ ނަމަ އެއީ އުފާ ކުރަން ޖެހޭނެ ކަމެކެވެ. ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް އިއުލާން ކޮށް އެއެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަންވީއެވެ. އެއިރުން ރަންރީނދޫ ޓްވިޓަރޭ މެން މަކަރާއި ހީލަތުން ރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލެލެސް ސަރުކާރެއް ވައްޓާލަން އުޅެގެން އެމެން ޖެހޭނީ މަހަށް ދާން ކަން އެމެންނަށް އިނގޭނެ ނޫންތޭ. އެބަޖެހޭ މީހުންގެ ވިސްނުމުގެ ޑިރެކްޝަން ސިޔާސީ ކަންކަމުން އިގްތިސާދީ ޑިރެކްޝަން އަށް ފޯކަސް ކުރަންވީއޭ އެއިރުންނޭ ރަނގަޅު ވާނީ. އިޓް ޑަޒް ސީމް ޓު މެޓަރ އެން އިޓް ޑަޒް ސީމް ޑެޑް ސީރިއަސް ޓު މީ ޓު މީ އައި އޭމް ބޮދަރޑް. އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ ޑާޑާ...

  3. ޑާޑާޑާޑާ

    ކޮންމެހެން ނުޖެހޭނެއޭ މަޖްލީހަށް 43 މެމްބަރުން ހާޒިރު ކޮށް ގެން ގަރާރަށް ވޯޓަށް އަހަން ބަޔަކު ގަސްތުގައި ގަރާރަށް ދެކޮޅު ހަދާ ރާއްޖޭގެ ރައްޔިތުންގެ %85 ވޯޓް އިން ހޮވާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމެއް ވައްޓާލަން ވެގެން މަޖްލީސް ބޮއި ކޮޓް ކޮށްގެން އުޅޭ އިރު 43 ހަމަ ކުރަން އެއީ އެއް ނޫނޭ ގާނޫނު އަސާސީގެ މަގްސަދަކީ. ގާނޫނު އަސާސީ އަކީ އެއީ ގަންޖާބޯ ބުނާ ގޮތަށް ރޫހު އޮންނަ ދިރޭ އެއްޗެއް ނޫނޭ އެއީ އިންސްޓްރަކްޝަން މެނުއަލް އެކޭ އެ އިންސްޓްރަކްޝަން މެނުއަލް އެއް އެއް މާއްދާ އެކަނި ރިފަރ ކޮށް ގެން ޓްރަބަލް ޝޫޓް ނުކުރެވޭނެއޭ. ގާނޫނު އަސާސީގެ 5 ވަނަ މާއްދާގައި އިން މަޖްލީހަށް ދިނީ ހަމައެކަނި ގާނޫނު ހެދުމުގެ ބާރޭ ވެރިކަން ހިންގުމުގެ ބާރެއް ނުދެއޭ ވެރިކަން ހިންގުމުގެ ބާރު ގާނޫނު އަސާސީގެ 6 ވަނަ މާއްދާ އިން ދީފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަށޭ އެހެން ކަމުން ވަކި ބަޔަކު ވެރިކަން ހިންގުމަށް ޖެއްސުމަށް މަޖްލީސް ބޮއި ކޮޓް ކުރާނަމަ މަދުވެގެން 3 އެމްޕީން ތިބުމުން އެމެންގެ ވޯޓް އިން ނިންމޭނެއޭ ގާނޫނު އަސާސީ އަކީ ވަކިން އެއް މާއްދާ އެއް ނަގައިގެން ރިސްޓްރިކްޝަންސް ތަކެއް ކަނޑައެޅޭނެ ކަމެއް ނޫނޭ އެކަން އެހެން ނުވާނެއޭ. ޑޯންޓް ޔޫ ޖަޖް އޮން ދިސް އައި ކާންޓް ޓޭކް ދިސް ގަންޖާބޯ ދަ ބަތާހަރާމީ ދަ ހަރާމްކޯރު ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑީޑަޑަޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާ ޑާޑާ ޑާޑާ...

  4. ރައީސުމީހާ

    25 ބުރީގެ
    ކ.މާލެ
    ރިޔާސީ އިންތިހާބުގަ ވާދަކުރާނެ ކެންޑިޑޭޓަކު ނެތުމާއި އެކު އަޅުގަނޑު ކުރިޔަށް އޮތް 5 އަހަރަށް މިމަގާމަށް ރައްޔިތުންގެ ވޯޓަކާއި ނުލައި ހޮވުމަށް ސްޕުރީމްކޯޓުން ހުކުމް ކޮށްފައިވާތީ އާއި ރައްޔިތުންގެ މަޖުލީހުގެ ކުއްލިނުރައްކަލުގެ ހާލަތުގެ މެޖޯރިޓީ ކަމަށްވާ 38 މެމްބަރުންގެ ފުރިހަމަ އައުލަބިއްޔަތުން މި ނިންމުން ނިންމާފައިވުމާއެކު 2 ވަނަ ދައުރަކަށް ވަރަށް ސާފު އައުލަބިއްޔަތުން އަޅުގަނޑު ހޮވިފައިވާ ވާހަކަ އަންގާ އިއުލާން ކުރީމެވެ
    ރައީސުމީހާ