ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވި ގޮތުގައި އެ މަގާމަށް އައްޔަން ކުރީ މ.ހިޔަމަ އަލީ މާޖިދެވެ.

އަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް އައްޔަން ކުރެއްވުމާ ހަމައަށް އަމިއްލަ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތަކީ އިންޓީރިއާ ޑިޒައިނިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓްގެ މަސައްކަތްތަކެވެ.

މީގެކުރިން އަލީ މާޖިދު ވަނީ ނޮދަން ޔުޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޕްލޭންކްޓަންސް ބީޗު ހޮޓެލް އަދި މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގައި ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވައިފައެވެ.

މީގެއިތުރުން އަމިއްލަ ގޮތުން މަސައްކަތް ކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައް އަލީ މާޖިދު ފުރުއްވިއެވެ.

ޢަލީ މާޖިދަކީ މަންދުކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއަރ އޮޕްރޭޝަންސް ކޯސްވެސް ފުރިހަމަ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގެރި

    މި ސަރުކާރު އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ

  2. ބ

    ޕެންޝަން އަދި ނުކުޅެދޭ މީހުންގެ ފައިސާ ކަނޑާލާފަ އިތުރަށް ސިޔާސީ މަގާމު މީހުންނަށަދެވޭތޯ ބަލާ ސަރުކާރު

  3. ައަހުމަދު

    ބުރޯ މަރުހަބާ