ފެނަކަ ކޯޕަރޭޝަނުން އެކުންފުނީގެ މުވައްޒަފުންގެ އާއިލާތަކަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ ޤުރުޢާން މުބާރާތް ކަމަށްވާ "ފެނަކަ އާއިލީ ޤުރުޢާން މުބާރާތް 1439" ގެ ނަތީޖާ ފާޅުކޮއްފިއެވެ.

މި މުބާރާތަކީ ކޮންމެ އުމުރުފުރާ އަކާއި ކޮންމެ ގޮތްޕަކުން އެއްވަނަ އާއި ދެވަނަ އަދި ތިންވަނަ ހޮވާގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މުބަރާތުގެ އެންމެ ފަހުރުވެރި އެއްވަނަ އަށް ނައުހާ ސައީދު ހޮވުނު އިރު މުޅި މުބާރާތުން ދެވަނަ އަށް ހޮވުނީ އައިމިނަތު އައިނީ އަހްމަދު އެވެ. އަދި ތިންވަނަ އަށް މުހައްމަދު ޒަލޫފް ޒައިން ވަނީ ހޮވިފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ބައިވެރިއަކަށް 10000 ރުފިޔާ ލިބިގެންދިޔައިރު ދެވަނަ ބައިވެރިޔާއަށް 7000 އަދި ތިންވަނަ ބައިވެރިޔާއަށް 4000 ރުފިޔާ ލިބިގެންދިޔައެވެ.

ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ އާއިލާތަކަށް ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ އާއިލާތަކަށް ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ހިރިޔާ ސުކޫލު ހޯލްގައި މިރޭ ބޭއްވި ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިރޭގެ ހަފްލާގެ ޝަރަފްވެރި މެހެމާނު ޑިފެންސް މިނިސްޓްރީ އާދަމް ޝަރީފް އުމަރު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފެނަކައިގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އާއިލާތަކަށް އަމާޒުކޮށް މި ރޯދަމަހު ގުރުއާން މުބާރަތެއް ބޭއްވިކަން އެއީ ކުންފުނީގެ މެނޭޖްމެންޓާއި މުވައްޒަފުން އަދި މުއަޒަފުންގެ އާއިލާތަކުގެ މެދުގައި ބަދަހި ގުޅުމެއް ގާއިމުވެގެންދާނެ ކަމެއް ކަމަށެވެ.

"މިއީ ވަރަށް ބޭނުންތެރި ވަރަށް ރަނގަޅު މަސައްކަތެކަމަށް އަޅުގަނޑު ދެކެން. މިކަމުގެ ސަބަބުން ވަރަށް ގިނަ ފައިދާ ތަކެއް ކުންފުންޏައް ވެސް ކުންފުނީގައި މަސައްކަތް ކުރައްވާ ހުރިހާ މުއަޒަފުންނަށްވެސް ކުރާނެ ކަމަށް އަޅުގަނޑު ދެކެން" މިނިސްޓަރ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ އާއިލާތަކަށް ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ އާއިލާތަކަށް ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ކީރިތި ގުރުއާން އަކީ ﷲ ތާއާލާ އަޅުގަނޑުމެން އުޅެންވީގޮތާއި ދެދުނިޔޭގެ ބާއްޖަވެރިންކަން އަޅުގަނޑުމެންނަށް ލިބޭނެ މަގު ދައިކައިދޭނެ އަލިގަދަ ދައްމާރެއް ކަމަަށެވެ.

މިއީ ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ފެށި މުބާރާތެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަންނަ އަހަރު މިހާރަށްވުރެ ފުޅާކޮށް މިމުބާރާތް ބާއްވާނެ ކަމަށް އެކުންފުނިން ބުނެއެވެ.