މިދިޔަ ހުކުރު ދުވަހުގެ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައާ ގުޅޭ ވީޑިއޯއެއް "މިހާރު" ނޫހުން ހާމަކޮށްފިއެވެ.
"މިހާރު" ގެ ނޫސްވެރިއަކު ޓުވިޓާގައި އާންމު ކުރި ވީޑިއޯ އިން ފެންނަނީ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ގޯޅިގަނޑެއްގެ ތެރެއަށް ވައްދާ މަންޒަރެވެ. އެ އަންހެން މީހާ އެ ގޯޅިގަނޑު ތެރެއަށް ވައްދަނީ ދެ މީހަކު ވެގެން ގަދަ ބާރުންނެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ.
އެކަން ހިނގަމުންދިޔަ އިރު، އެ މީހުން ކުރިމަތިންވެސް މީހަކު ހިނގާފައިދާ މަންޒަރު ފެނެއެވެ.
އަދި އެ އަންހެން މީހާ ގަދަކަމުންގެންދާ އިރު، ކުޑަ ގޯޅިއާ ހަމައިން އެ މީހާ ބިންމައްޗަށް ވެއްޓިގަނެއެވެ. އަދި އެ ވަގުތުކޮޅުގައި އެ މީހުންގެ ފަހަތުން އައި މީހާ ބައިވެރިވެގެން ގަދަކަމުންގޯޅި ތެރެއަށް ވައްދާ މަންޒަރުވެސް ފެނިގެން ދެއެވެ.
އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ.
އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ކަމަށްވެއެވެ. އަންހެން މީހާ ހަޅޭއްލަވާ އަޑު އިވިގެން ނަމާދަށް ތިބި މީހުން ގޯޅިގަނޑަށް ވަދެ ވާނުވާ ފެށުމުން ދެތިން މިނެޓު ތެރޭގައި ދެ ފިރިހެނުންނާއި އަންހެން މީހާ ވެސް އެތަނުން ވަނީ ނުކުމެފައެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލާގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެެވެ.
ހޯރަ އިއްބެ ސޯލިބޭގޯތި އިބުރާހީމަށް ސަލާމްބުނި ....
ކުރީގެ ރައީސް ނަޝީދު ކުރިމިނަލް ކޯޓު ކުރީގެ އިސް ޤާޟީ ޢަބުދުﷲ ޤާޒީ ސިފައިން ފޮނުވައިގެން ގަދަކަމުން ގެންގޮސް ނިޒާމުން ގެއްލުވާލި ވީޑިއޯ އަކީވެސް ވަރަށް އަސަރުން ފުރިގެންވާ ވީޑިއޯ އެއް އަނބި މީހާއި ޅަ ދަރިންކޮޅު ރޮއެ ރޮއެ ތިއްބާ ދަމާހަލާ ކޫއްތާފައި ގެންގޮސް ނިޒާމުން ގެއްލުވާލި، އެކަމަކު ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޚިލާފަށް ބޮޑުވަޒީރުކަން ހޯދަން އެ އުޅެގަތީ މިއީ ނޫންތޯ ޢަދުލު އިންސާފު ޤާއިމު ވެފައި ހުރި މިންވަރަކީ، ވީމާ އަނިޔާވަރިކަން މިވަނީ ހައްދުން ވެއްޓިފައި އެއީ ޢަދުލުވެރި އިޚްލާޞްތެރި ވެރިން ނެތްކަމުގެ އަލިގަދަ ދަލީލެއް.
ސުމިތު ރޭޕް ވިކްޓިމް އަކާ ދިމާލަށް ބުނި އެތި އަދިވެސް ތަހުގީގު ކުރަނީޔޯލަ، އަނިޔާވެރި ދެފުއްކެހެރި ސަރުކާރު.
ދީނާއި ޤާނޫނު މަގުދައްކަނީ، ހަމަކަށަވަރުން ހަމަޖެހުމާއި ހިމޭންކަމަށެވެ. ހަމަޖެހުމާއި ހިމޭންކަން ނެތް ތަނެއްގައި އޮންނާނީ ނާމާންކަމާއި ބިރުވެރިކަމެވެ.
މީހުން އަޅައެއް ނުލާނެ ދޯ، ދިރިކުރުވަން އުޅޭ މީހާ ގައިގައި ތިއިން މީހަކު ލެނޑީމާ އަމިއްލަ ނަފްސް ގެ ދިފާއުގައި ( ކުއްޖާ ސަލާމަތް ކުރަން އުޅުނު މީހާ) ޖެހިޔަސް، އެ ޖެހި މީހާ ކުށްވެރިވާނީ. ކުއްވެރިންގެ ހައްގުތައް ބޮޑުކަމުން. މާފަންނު ކޮޅުން ޑްރަގް ސީން އަކަށް ދިޔަ ފުލުހން ވެސް ފުލުހުންގެ ގައިގައި ޖެހި ބަންގާޅިއެއް ގައިގައި ޖެހީމާ ، އެ ފުލުހުން ކުށް ވެރިވީ. މުޖުރިމުން ވެރިކަން ކުރަން ހުރީމާ ވާނީ މިހެން
މި ހިސާބައްވެސް މި ރާއްޖެ ދިޔާއީތޯ؟ ގަބޫލުކުރަންވެސްދަތި😠😠😠
އާމުން ކުޅިބަލަން ތިބެންޖެހެނީ ކުށްވެރިންނަށް ހިމާޔަތް ލިބި، މިފަދަ ކަންކަމަށް ކުރިމަތިލާ އާންމު މީހާއަށް ހިމާޔަތް ނުލިބޭތީ. ހުރިހައި ނުރައްކަލެއް ކުރިމަތި ވަނީ އާންމު މީހާއަށް. އެފަދަ ކުށްވެރިންގެ ފަހަތުގައި ސަރުކާރުގެ ތިން ހަތަރު ވެރިން ހިމާޔަތުގައި ތިބޭނެ. މަޖުލީހުގެ އިއްޒަތްތެރި މެންބަރުން ތިބޭނެ. ފުލުހުންގެ އިދާރާއަށް ގެންދިޔަޔަސް އެފަދަ މީހުން ގިނަ ފަހަރު ވަނީ ދޫ. މިދާކަށް ދުވަހު ރ. މަޑުއްވަރީގައި ހިނގި ހާދިސާއަށް ބަލައިލަބަލަ. އާމުން ހައްޔަރު ކުރި އިރު ކުށްވެރިން ތިބީ އެހިސާބަށް ދިޔައިރުވެސް ހައްޔަރު ނުކޮށް. ދެން އާމުން ފަޟީޙަތްކުރުން ރީއްޗެއް ނޫން ދޯ؟
ކަމެއް ހިނގީމަ އޭގެ އާއި ވިދިގެން އެހެން
ކުށެއް ކުރީމަ އެއީވެސް ކުށެއް..މިރާއްޖޭ މީހުން ހޮވި މަޖިލީހުން ގާނޫނުތައް ހަދަނީ އެތަންފީޒު ކުރާ މީހުންގެ މައްސަލައެއް ނޫން..މީހަކު ހައްޔަރު ކުރެވެނީ ކުށްކުރަނިކޮށް ފެނިގެން ނުވަތަ ކޯޓު އަމުރަކުން.. ހުރިހާވެސް މައްސަލައަކީ ޑްރަގް ޤާނޫނު އެއިން މީހުން ސަލާމަތްވާގޮތަށް ފަސޭހަ މަގުތައް އޮންނާތީ..ރޭފް ކުރާ މީހުންނަށް އިސްލާމީ ސައިއަތުގެ ހުކުމް ތަންފީޒުކޮށްބަލަ.. ދެމީހަކަށް ކެރިދާނެ ކުރަން.. ﷲގެ ހުކުމްފުތައް ވަނީ މުޖުތަމަޢުގެ ސަލާމަތަށް ހެދިފައި..އިތުރު މާބޮޑު ޤާނޫނެއް ހެދުމުގެ މާނައެއް ނެތް
ވީ ޕްރޮތެކްޓް އެންޑް ވީ ސާރްވް ވަކި ލެވެލް އަކުން މައްޗައް..ވ ސަލާން
މި ސަރުކާރު އޮތީ ރޭޕާ ޖިންސީގޯނާއަށް ފައްސިވެފަ
މޯދީ ކޮލޮނީގަ އިންޑިޔާގަ ހިގާ ހުރިހާ ކަމެއް ހިގާނެ. މޯދީ ބުނާގޮތަށް ހިންގާ ސަރުކާރެއް މިގައުމުގެ އޮތީ.
އިސްލާމީ ޝަރީޢަތް ތަންފީޒު ކޮއް ގެއްނޫނީ މިކަމުން ސަލާމަތެއް ނުވާނެ. ކޮބާހޭ މިސަރުކާރު ގެންނަން ވާގިވެރިވި އިލްމުވެރިން މިހާރު ތިބޭނެ ޓުވިޓާ އިން މީހުންގެ ސަމާލުކަން ހޯދައިގެން.
ތިޔަކަމުގެ ޒިންމާ އުފުލަންޖެހޭނީ މިގައުމުގެ ރައްޔިތުންގެ މަޖިލީހުން. ކުށްވެރިންނަށް ބޭނުންހާގޮތަށް އުޅެވޭގޮތަށް ގާނޫނު ހަދައިދޭ މީހުންނަކީ އެބައިމީހުން. އެގޮތަށް ގާނޫނު ހެދީމާ މުވައްސަސާތަކުގެ ބާރު ކެނޑިގެން މިއުޅެނީ. ދޮގުހަދަން ދަސްކޮށްދޭ އުސްތާޛު ވަކީލުން ގިނަވެގެން މިއުޅެނީ. ދުއްރައިން އަދަބު ދީފައި، ކުށްވެރިން ލައްވައި ކަނޑައެޅިގެން ދޮގުހަދާ ވަކީލުން ސަސްޕެންޑްކުރާ ގޮތަށް ގާނޫނު ނަހަދައެއް މިކަމެއް ހައްލެއް ނުވާނެ.
އަސްލު ކުށްވެރިޔަކީ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހުން ކުށްވެރިންނަށް ހިމާޔަތްދޭ ގާނޫނު ހަދަނީ. ކުށްވެރިންނަށް އަދަބު ނުދެވޭ ގާނޫނު ހަދަނީ. ކުށްވެރިން ޖަލުން ދޫކޮށްލަން އަންގަނީ. ރައްޔިތުންގެ މަޖިލީހުން ތައުޒީރު ކުރެވޭގޮތަށް ގާނޫނު ނަހަދާހައި ދުވަހަކު މިކަމަކަށް ހައްލެއް ނާންނާނެ. ނަމޫނާއަކީ ސިންގަޕޫރޭ ގޮވާނެ. އެކަމަކު ސިންގަޕޫރުގައި އޮންނަ ގޮތަށް ތައުޒީރުކުރަން ގާނޫނެއް ނަހަދާނެ.
އިންޑިއަން ސުޓައިލް މޯދީ ވަށްޓަފާޅި ސޯލިހުގެ އެކުވެރި ސަރުކާރު...
އަންނި މިގައުމު އިންޑިޔާއައް ހަދައިފި ، މިހާރު އެއުޅެނީ މޯދީއައް ނުވެވިގެން.