ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި އަލަށް ހެދި ވަގުތީ މިސްކިތް މާދަމާ ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ވިދާޅުވީ މިސްކިތުގައި ތަޅުން އަޅައި ހިޔާކޮށް ނިމިފައިވާ ކަމަށެވެ. އަދި މާދަމާގެ ހުކުރު ނަމާދަށް ވަގުތީ މިސްކިތް ބޭނުން ކުރެވޭ ވަރު ވާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ވަނީ ޒިކުރާ މިސްކިތް ހުިރ ބިމުގައި އަޅާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައްވައިފައެވެ.

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ރޯދަ މަސް ފެށުމުގެ ކުރިން އަޅަން ފެށިއެވެ. އެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ކޮންނަމުން ދަނިކޮށް ސަގާފީ ބައެއް ތަކެއްޗާއި މިނި ކަށިތަކެއް ވަނީ ފެނިފައެވެ. އެތަން ސާފުކޮށް މަސައްކަތް ފެށުމަށް ހެރިޓޭޖް މިނިސްޓްރީން ފަހުން ހުއްދަ ދީފައިވެއެވެ.

އެތަނުގައި މިސްކިތް އަޅަން ފެށީ އިތުރު ކަށިތަކެއް ނެތްކަން ޔަގީން ކުރުމަށްފަހުއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ތަޅާލައި އެތަނުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ސަރުކާރުން ހަވާލު ކުރިއެވެ. އެކަމަކު، މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެއްބަސްވުން ބާތިލް ކުރީއެވެ.

އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ކުރީ ސަރުކާރުން ވެސް ހަވާލުކުރި އެވެ. އެކަމަކު އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ފަހުން ބާތިލްކުރި އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރަން އެސްޖޭ އަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    އެމްއެމްޑީއެފް މީހުން ވ ބުރަކޮށް އެތާ އުޅޭތަން ފެނެ އެވެ. ޢެކަމު އެމީހުންގެ ނަން ވެސް އަޑު ނީވެ އެވެ.

  2. ޑީޑީ

    ދިވެހި ސިފައިން ގުރުބާން ކޮށްގެން ... މިރޭ ނުނިދާ ތިކުރުވަނީ ... މިސްކިތެއް ހުޅުވީމޭ ބުނަން

  3. ޟަކީ

    ބޮޑު ސިންގާ މިސްކިތެއް ނިމިފަ ، ހުޅުވަން ލަދުން ބަހައްޓާފަ ހުރި ހަނދާން ވޭތަ

  4. ޣާޒީ

    މި ސަރުކާރު އައިފަހުން މުޅި ރާއްޖޭގެ 40 މިސްކިއް މިހާތަނަށް ބޭނުމް ނުކުރެވި ބަންދު ވެފަ ވޭ...

  5. އަހްމަދު

    ކިތަށްމިލިއަންޚަރަދު ކޮށްގެންބާ ތިޔަމިސްކިއް ނިންމާލެވުނީ ރައްޔިތުންގެޓެކްސްފައިސާވީމަ ރައްޔިތުންނައް އެގެނޖެހޭ

  6. އުގުރި

    ބަލަގަ ސަލްމާނު މިސްކިތް ވެސް ވަގުތީގޮތުން ވިޔަސް ލަދުން ނުތިބެ ހުޅުވާލަބަލަ.