އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ދިޔަ މަންދު ކޮލެޖު އަތުން އެތަން އަތުލުމުން ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.
މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފައެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގަން ޖެހޭނެއެވެ.
އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރި ކަމަށް ބުނެއެވެ.
އެ މައްސަލަ މަންދު ކޮލެޖުގެ ފަރާތުން ހައި ކޯޓާއި ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދެ ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
މިކަމާ ގުޅިގެން މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 18 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ. އެގޮތުން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެތެރެއިން 15 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވެފައެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދެ ފަރާތުން އެގޮތަށް އެއްބަސްވުމުން މިދިޔަ ހޯމަ ދުވަހު ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކުރީ އެ ފައިސާ އެއް މަސް ތެރޭގައި ދެއްކުމަށެވެ.
މީގެކުރިން ވެސް މިގޮތަށް އުވާލާފައިވާ އެއްބަސްވުންތަކާއި ގުޅިގެން އެކި ފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުން ދައުލަތުން ވަނީ އެތައް ބިލިއަން ރުފިޔާއެއް ދީފައެވެ.
އިބްރާ އަނގަ ބަންދުވީ
އިބްރާ ޗިސް ޗިސް
ދޭކަށްނުޖެހެ. ޢެއީކުރިން ހަދާފަ ހުރިތަނެއް
ތިޔައީ އަޖައިބެއް! ގައިމު އިބްރާއަށް ތިޔަ ޢިމާރާތް ލިބުނު ގޮތަކާމެދު ވިސްނާށެވެ! މިހާރު ކޮރަޕްޝަން ކެއްކުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ބޭނުން ކުރާނަމަ، ތިޔަށްވުރެ ބޮޑު ހިޔާނަތަކީ އަދި އަނިޔާ އަކީ ކޮބައިތޯ؟
ބުނެވޭގޮތުގައި އުނތުރު ގަޑުބަޑުގައި ބޮޑު ތިލަދުންމަތިން މާލެއަށް މުޒާހަރާއެއް އަތުވެއްޖެއެެވެ. ރަސްގެފާނަށް މިޚަބަރު ލިބިއްޖެއެވެ. އެމީހުން ބޮޑުބަޑޭރިގެއާއި ދިމާލަށް މިޞްރާބުޖެހިއެވެ. ރަސްގެފާނުގެ ވިދާޅު ބަސްފުޅަކީ، އަޔަދޭށޭ، އަޔަދޭށޭ، މިބަސްފުޅެވެ. މުޒާހަރާގެ ކުރީސަފުތަކުގައި ތިއްބެވި މުރުޝިދުންގެ ތެރެއިން އަޑުބާރު މީހާއަށް ދެމުށްފުރާ އަދި އަޑުމަޑު މީހާއަށް އެއްމުށްފުރާ ރުފިޔާ ދިނުމުން، އެއްވެސް ތަޅާފޮޅުމެއް ލޭއޮހުރުވުމެއްނެތި މުޒާހަރާ ނިންމިއްޖެއެވެ.
މިގޮތައް މިވެރިކަން ގެނައުމައް އެހީވެދިން ހުރިހާފަރާތްތަކައް ރައްޔިތުންގެ ލާރި ބަހައި ހުސްކޮއްފި. ގާސިމް ވެސް އަނގަ ބަންދުވެގެން އެހުންނަނީ އޭނަޔައްވެސް އެތައް ސަތޭކަމިލިއަން ބަދަލުގެ ގޮތުގައި ސޯލިހު ވެރިކަމައް އެރިގޮތައް ވަނީ ދީފައި ވާތީ.
ޢެތަންއަތުލީ ޔަހޫދީ ޕްރޮޕަގެންޑާ ފަތްރާތީ....މޫނު ބުރުގާ އަޅައިގެން ކިޔަވަން ނުދެވޭ ތަނެއް މަންދު ކޮލެޖްއަކީ...
ވެރިކަން ނިމެންވާއިރައް ދައުލަތުގަ ނުބަހައްޓާތި ބައިލާރިވެސް ، ވެރިކަން ވެއްޓޭގޮތައް އަޅުވެތިކަމަކައް ދާގޮތައް ބަހައްޓަންވާނީ ، އިބޫ އިސްތިއުފާ ކެނެރީ ނަޝީދު ހަވަރަށް.
މި ވައްކަންކުރުމުގެ އާގޮތެއް! 😡😡
އިބުރާގެ އަނގާ ބަނދުވީ. ދެން ނުބުނާނެ އެއްޗެއް