ހިޔާ ފްލެޓްތައް ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް (ހިޔާ ފުލެޓްގެ ގުރުޢަތުގެ ދެވަނަ ބުރު) 25 އޭޕްރީލް 2021 (އާދިއްތަ) ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީ އިން ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން ގުރުއަތުނަގާނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޙާއްޞަ)، H5 (ޓީޗަރުންނަށް ޙާއްޞަ)، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޙާއްޞަ)، H7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ)، H8 (މާލޭ ރަށްވެހިންނަށް ޙާއްޞަ) H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްޞަ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްޞަ (ފަންނީ، އިދާރީ، ސަޕޯރޓްގެ) ކެޓަގަރީތަކަށް ކަމަށެވެ.

މީގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓުލިބި، ފުލެޓަށް ފައިސާނުދެއްކިގެން ފުލެޓު ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ގުރުއަތުވެސް މިބުރުގައި ކުރިއަށްގެންދެވޭނެއެވެ.

ގުރުއަތުނަގާނީ 25 އޭޕްރީލް 2021 (އާދިއްތަ) ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގައި ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގައި ގުރުއަތު ނަގާނީ ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 12:00 އަށެވެ. ދެވަނަ ދަންފަޅީގައި ގުރުއަތު ނަގާނީ މެންދުރުފަހު 13:00 އަކުން ފެށިގެން ހަވީރު 15:00 އަށެވެ.

ގުރުއަތުނަގާނީ، ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާ އެޗްޑީސީ އާއި ޙިއްސާކުރައްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުންނެވެ. ކޮންމެ ދުވަހަކުވެސް ގުރުއަތުންނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކުގެ މެދުގައެވެ. ކޮންމެ ދުވަހެއްގެވެސް ގުރުއަތުންނަގާ ފަރާތްތަކުގެ މަޢުލޫމާތު ގުރުއަތުނަގާ ދުވަހުގެ އެއް ދުވަސް ކުރިން ޢާންމު ކުރާނެއެވެ.

ގުރުއަތު ނަގާނީ، ދަޢުލަތުގެ މީޑިއާ ޕީއެސްއެމް އިން ލައިވް ކޮށް ދައްކަމުންނެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެއެވެ. މިދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުޢަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެންވަޑައިގަންނަވާ ޒޯވަރުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެއެވެ.

ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެއެވެ. މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެއެވެ. މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ އެވެ. އަދި މި މެސެޖު ގައި ވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެނިލައްވާނެއެވެ. ގުރުޢަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެ ކަމަށް އެޗްޑީސީ އިން ވިދާޅުވިއެވެ.

މީގެ ކުރިން ވަނީ ހިޔާ ފްލެޓްތައް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ލިބުނު މީހުންގެ ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްމަޑޭ

    ފުލުހުންނާއި، ސިފައިންނަށް ދިން ފުލެޓް ކޮބާ

    • ސޯލިހު ސަރުކާރު ބޭފުޅެއް

      މިސަރުކާރުން މިކަން ކުރަންނޫޅޭހެން ހީވަނީ. ފުލުހުންނާއި ސިފައިން ހަމަ ތިބެން ޖެހޭނީ. މިސަރުކާރުން ފުލެޓް ނުދޭނެ. 🙁

  2. ސްލޯލިހު

    ތިއިންޖީނުގައި ހުރީ އެންމެ ޕިސްޓަނެއް!ގަޑިޔަކު ކަޑަނީ އޮއެވަރުގައި ޖެހި ބައިމޭލު!

  3. އިބްރާ

    ގަބޫލެއްނުކުރަން.

  4. ގޮހޮރު

    އެހެންވީމާ ޑރ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
    ޑޮކްޓަރުންނާ ނަރުހުންނަކީ ކޮން ކޮމިސަނެއްގެ ބައެއްތޯ ސިވިލް މުވައްޒަފުންނެއްނޫން ފްލެޓްްަށް އެދޭއިރު މަޖަކަެއްވާމީ