މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 164 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންނަށްވުރެ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ގިނައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 68 މީހުން ކޮވިޑަށް ފައްސިވިއެވެ. މާލެ އިން މިއަދު ކޮވިޑަށް ފައްސިވީ 67 މީހުންނެވެ.

މިއަދު ރިސޯޓްތަކުން 24 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން ތިން މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން ދެމީހުން މިއަދު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 27084 އަށް އަރާފައެވެ. މިއަދު ވަނީ 3000 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 2939 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު