22:22

ރާއްޖެއިން ރެކޯޑް އަދަދެއް: މިއަދު 319 މީހުން ކޮވިޑަށް ފައްސިވެއްޖެ

22:04

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އަދި ހާމައެއް ނުކުރޭ.

21:48

މަތިވެރީގައި ކޮވިޑް ފެތުރެން ފެށިއިރު ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން އެރަށުގައި ތިބި!

20:38

ޕާކިސްތާނުގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނަށް އެހީވުމަށް ސިފައިން ނެރެން ނިންމާފައިވާ ކަން އިއުލާނު ކޮށްފި

17:45

ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެފައިވާ އއ. މަތިވެރީގައި އިތުރު 45 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެ،މިއަދު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 63 އަށް އަރައިފި

15:32

ކޮވިޑް-19ގެ އެންމެ ނުރައްކާ ބޮޑު އެއް ގައުމެއްގެ ގޮތުގައި ހިމެނިފައިވާ އިންޑިއާއަކީ ދަތުރު ކުރުން ރައްކާތެރި ނޫން ގައުމެއްގެ ގޮތުގައި ގިނަ ގައުމުތަކުން ނިންމައިފި.

14:50

ކ. އަތޮޅު މާފުއްޓަށް ކޮވިޑް-19އަށް ފައްސިވާ ވޭދަނަތައް އިތުރުވެ، އެރަށުގެ ހާލަތު ނުރައްކާ ހާލަތަަކަށް ގޮސްފި

14:11

13:41

އއ. މަތިވެރިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

13:14

11:35

އިންޑިއާގައި ކޮވިޑް އިތުރުވާތީ މައްސަލަ ސުޕްރީމް ކޯޓަށް!

10:18

އިންޑިއާ ހޮސްޕިޓަލެއްގެ އައިސީޔޫގައި ރޯވެ ކޮވިޑް ބަލީގެ 13 މީހުން މަރުވެއްޖެ

10:03

އޮކްސިޖަން ހުސްވެގެން އިންޑިއާގެ ހޮސްޕިޓަލަކުން ކޮވިޑް ބަލީގެ 25 މީހުން މަރުވެއްޖެ

09:42

ދުނިޔޭގެ ރެކޯޑް އަދަދެއްގެ މީހުންގެ އިންޑިއާ އިން ކޮވިޑަށް ފައްސިވެއްޖެ.

03:04

ބ. އަތޮޅު އޭދަފުށިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

02:39

އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރަން ނިންމައިފި

02:08

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ހަތަރު މީހަކު ކޮވިޑް-18 އަށް ފައްސިވެއްޖެ.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު އަންނަނީ އަދިވެސް އިތުރު ވަމުންނެވެ.

އިތުރު 164 މީހަކު މިއަދު ފައްސިވިއެވެ. މިއަދު މާލެ އިން ކޮވިޑަށް ފައްސިވި މީހުންނަށްވުރެ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ގިނައެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 68 މީހުން ކޮވިޑަށް ފައްސިވިއެވެ. މާލެ އިން މިއަދު ކޮވިޑަށް ފައްސިވީ 67 މީހުންނެވެ.

މިއަދު ރިސޯޓްތަކުން 24 މީހުން އަދި ހަދަމުންދާ ރިސޯޓްތަކުން ތިން މީހުން ފައްސިވިއެވެ. އޭގެ އިތުރުން އިންޑަސްޓްރިއަލް ރަށްތަކުން ދެމީހުން މިއަދު ފައްސިވިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވަނީ 2939 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިހާރު 90 މީހަކު އެޑްމިޓް ކޮށްފައި އެބަތިއްބެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 27084 އަށް އަރާފައެވެ. މިއަދު ވަނީ 3000 މީހުން ކޮވިޑަށް ޓެސްޓް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު