މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ވަގުތު"އަށް ވިދާޅުވީ، ކޮވިޑް-19 ގެ އަލާމާތްތައް ކަމަށް ޝައްކު ކުރެވިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ނަގާފައިވާ ސުންކު ތަކުން މިހާތަނަށް ޓެސްޓް ކުރެވުނު ހަ މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ފައްސިވެފައި ވަނީ ހަ ބިދޭސީއެކެވެ.

މިހާރު މާންދުއަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މާންދުއަކީ ގަމާއި ފޮނަދުއާއި ގުޅިފައި އޮންނަ ރަށެކެވެ. ނަމަވެސް އަދި މިހާތަނަށް ގަމާއި ފޮނަދުއަށް އަރައި ފޭބުން މަނައެއް ނުކުރެއެވެ. އެދެރަށުގައި ވެސް މާންދޫގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ދިރިއުޅެއެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ ހޮރައިޒަން ފިޝަރީޒް އިން ހިންގަމުން އަންނަ މަސް ފެކްޓްރީއެކެވެ. އެތަނުގައި ދެތިން ސަތޭކަ މީހުން މަސައްކަތް ކުރެއެވެ.

ދާދިފަހުން ވަނީ މިފްކޯގެ މަސް ފެކްޓްރީ ހުންނަ ފެލިވަރުގައި ވެސް ކޮވިޑް ފެތުރި ގިނަ ބަޔަކަށް ބައްޔަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބަކަރި

  ފިހުނުމަހައްތޯ ފައްސިވީ؟

  1
  1
 2. މައިމޫނާ

  މި ސަރުކާރުވެސް އޮތީ ރޭޕާ ވައްކަމަށް ފައްސިވެފަ

 3. ގެރިމަސް

  މި ސަރުކާރުން ކޮވިޑު 19 ފެތުރިހެން ދެންނޭގެ ކޮވިޑު 18 އާއި 21 ވެސް ނުފަތުރާނެކަމެއް