އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި އަދި އެގައުމުން ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރަން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އިމިގްރޭޝަންގެ ފަރާތުންނެވެ.

މިހާރު އިންޑިއާގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ.

އިމިގްރޭޝަނުން ބުނީ، އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި، އަދި ވޯކް ވިސާގައި އެ ގައުމުން ރާއްޖެ އަންނަ އެންމެން 10 ދުވަހަށް ގޭގައި ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތުގައި މިގޮތަށް އަންނަ މީހުންނަކީ ވެކްސިން ޖަހައިގެން ރާއްޖެ އަންނަ ބަޔަކަށް ވިކަމުގައިވިޔަސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ނަމަވެސް އަދިވެސް އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އިންޑިއާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެވެ.

އިންޑިއާ އިން އަންނަ މީހުން ކަރަންޓީން ކުރަން ނިންމިއިރު ބައެއް ގައުމުތަކުން ވަނީ އިންޑިއާ އަށް އެގައުމުތަކުގެ ފްލައިޓް ދަތުރުތައް ހުއްޓާލާފައެވެ.

އިންޑިއާގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނީ އިންޑިއާގައި ފެތުރެމުންދާ އާވެރިއަންޓެއްގެ ކޮވިޑެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް އެވޭރިއަންޓްގެ މާގިނަ މައުލޫމާތުތަކެއް އަދި ނުލިބެއެވެ. މިވޭރިއަންޓަށް ވެކްސިން މަސައްކަތް ކުރަނީ ކިހައި މިންވަރަކަށް ކަމެއް ވެސް އަދި މާބޮޑަށް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙ

    އެކަމު ރާއްޖެ އަންނަ އިންޑިއާ މީހުން ކަރަްޓީނުވާކަށް ނުޖެހޭ ކިހާ ތާހިރު

    15
    1
  2. ޢަލީ އަހުމަދު

    އިންޑިއާއިން އަންނަ ޓޫރިސްޓުން ކަރަންޓީން ކުރަންއެބަޖެހޭ ރަށް ރަށުގައި މިހާރު ކޮވިޑު ފެތުރެނީ އިންޑިއާގެ ޓުއަރިސްޓުން ގެ ސަބަބުން
    ހުރިހާގެސްޓް ހައުސްތަކެއްގައި ތިބި އިންޑިއާގެ ޓުއަރިސްޓުން

    17
    1
  3. ކޮވިޑް

    ބުއްދިވެރި ގޮތަކީ އިންޑިޔާއައްކުރާދަތުރު ހުއްޓާލުން.

    23
  4. މިނިވަން ކަން

    އިންޑިޔާ ފުލައިޓް ހުއްޓާނުލާތި،އިންޑިޔާ އިން އަންނަ މީހުން ކަރަންޓީނު ނުކުރާތ؟ ދަށުވާން ވެސް ހައްދެއް އޮންނާނެ.މި ވަރުގެ މިނިވަންކަމެއްވެސް ނެތީތޯ

  5. ފަރުޒާ

    ދިވެހިރަތްޔެތުން ގުބޯ ހައްދަނީ އިންޑިޔާއިންއަންނަނީ ފަތުރުވެރިންނެއްނޫން އެއީ އަރަބިގައުމް ތަކަށްދާމަސައްކަތުމީހުން މިތަނަކީ އެމީހުންގެ ކަރަންޓީނުފެސިލިޓީއެއް

    6
    1
  6. ސސ

    ގަންގާ ކޯރުން ފެން ވަރައިގެން އަންނަ މީހުން 15 ދުވަހު ކަރަންޓީނު ކުރުން ރަގަޅު އެއީ ޖަރާސީމް ހުންނަ ފެނެއް ކަމަށް ސިއްހީ މާހިރުން ބުނާތީ !