ލ. ގަމުން ތިން މީހަކު ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން ފުޅިފައިވާ ގަން، ފޮނަދޫ އަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ފައްސިވި ތިން މީހުންނަކީ އެރަށު މުކުރިމަގު އަވަށަށް ނިސްބަތްވާ ތިން މީހެކެވެ.

އެ ތިން މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.

ގަމު ކައުންސިލުން ބުނީ، ގަމުން ތިން ފަރާތެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިހާރުން ފެށިގެން އެރަށަަށް އަރާއި ފޭބުން މަނާ ކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

"ފައްސިވެފައި ވަނީ މުކުރިމަގުގެ ތިން ފަރާތެއް ވުމުން އެއް އަވަށުން އަނެއް އަވަށަށް ހާއްސަކޮށް މުކުރިމަގަށް އަރާއި ފޭބުމަކީރައްކާތެރި ކަމެއް ނޫން" އެރަށު ކައުންސިލުން ބުންޏެވެ.

ގަމުން ފައްސިވި ތިން މީހުންގެ ތެރެއިން އެކަކީ މާންދޫ ކޮވިޑަށް ފައްސިވި އިހަލާއި (ކްލަސްޓާއާއި) ގުޅުން ހުރި މީހެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް ދެން ފައްސިވި ދެމީހުންނަކީ އެއިހަލަށް ނިސްބަތްވާ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ކައުންސިލުން ނުބުނެއެވެ.

ގަމުގެ ވަރަށް ގިނަ އަދަދެއްގެ މީހުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު