ބ. އަތޮޅު އޭދަފުށިން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އޭދަފުށިން ފުރަތަމަ ދެމީހަކު ކޮވިޑަށް ފައްސިވީ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެމީހުންނާއި ބައްދަލުވެފައިވާ ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑަށް ފައްްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 37 އަށް އަރާފައެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ހޮސްޕިޓަލުން މިހާރު އަންނަނީ ކޮވިޑަށް ފައްސިވި މީހުންނާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 6608309 އަށް ގުޅައި ހިއްސާކޮށް ދިނުމަށް ހޮސްޕިޓަލުން އެދެއެވެ.

ކޮވިޑުން ދިފާއުވުމަށް އޭދަފުށީގައި މިހާރު ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމުވެސް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.

އޭދަފުއްޓަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށްކަމަށް ވުމުންނާއި އެހެނިހެން ބޭނުންތަކުގައި ވެސް ވަރަށް ގިނައިން އަތޮޅުގެ އެހެން ރަށްތަކުގެ މީހުން ދަތުރުކުރާ ރަށަކަށް ވުމުން އެހެން ރަށްތަކަށް ބަލި ފެތުރިފައި އޮތުމުގެ ބިރު ވެސް ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު