މިހާރު "ބްރޯ" އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެެނެސްދިން "ސަންގު ބަހުސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ޝަރީފް އާއެކު ދެން ބައިވެރިވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ޝަރީފަށް ތުހުމަތުކޮށް އެއީ "ބްރޯ" ވަޒީރާއިއެކު އުޅޭ މެންބަރުން ކަމަށް ވިދާޅުވުމުން ޝަރީފް ވަނީ ބްރޯ އަކީ ކޮންބޭފުޅެއްކަން ސާފުކޮށްދެއްވާފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި މެދު ދެބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބޮންޑޭ ވަކާލާތު ކުރެއްވީ ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭނެކަން ސާބިތު ކޮށްދެއްވާށެވެ. ޝަރީފް ވަކާލާތު ކުރެއްވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަން ސާބިތު ކޮށްދެއްވާށެވެ.

ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމުގައި އަބަދުވެސް "ބްރޯ" އެއް ހުންނަ ކަމަށާއި އެ ބްރޯގެ ކަމަކީ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރުންކަމަށެވެ. ޝަރީފަކީ މިހާރު ހުރި ބްރޯ ކޮންޓްރޯލް ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށް ބޮންޑޭ ވިދާޅުވި ނަމަވެސް އެ ބްރޯ އަކީ ކޮން ބޭފުޅެއް ކަމެއް ބޮންޑޭ ވިދާޅެއް ނުވެއެވެ.

ބޮންޑޭ ވިދާޅުވީ ރިޔާސީ ނިޒާމްގެ މައްސަލައަކީ "ބްރޯއެއް އުފަންވުން" ކަމަށެވެ. "ޔާމީނަށް ލިބުނީ އެލަނޑު، މައުމޫނަށް ލިބުނީ އެލަނޑު." ބޮންޑޭ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ "ބްރޯއެއް" އުފެދިފައި ވުމުން ފިނޭންސް މިނިސްޓަރ އަމީރު މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

ޝަރީފަކީ "ބްރޯ" ކޮންޓްރޯލް ކުރާ މެންބަރެއް ކަމަށް ބޮންޑޭ ވިދާޅުވުމާއެކު ޝަރީފް ވަނީ ކޯފާ އިސްކުރައްވައި ބޮންޑޭ މެންފަދަ ބޭފުޅުން ކޮންޓްރޯލް ކުރައްވައިގެން އުޅުއްވަނީ ނަޝީދު ކަމަށާއި އެހެންކަމަށްވާނަމަ ބްރޯ އަކީ ނަޝީދު ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި ބަރުލަމާނީ ނިޒާމަކީ ހަގީގަތުގައި ވެސް ބްރޯ ކޮންޓްރޯލް ކުރާ ނިޒާމެއް ކަމަށާއި އެ ނިޒާމުގައި 43 މެމްބަރުން އެއްކޮށް ގަނެލުމުން ސަރުކާރު އެއްކޮށް ގަނެވުނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ބްރޯ ނިޒާމުގެ މީހުންނެއް ނޫން. އަޅުގަނޑުގެ ވެސް ބްރޯ އަކީ ރައީސް ނަޝީދު. ބްރޯ، ބްރޯއޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް" ޝަރީފް ވިދާޅުވިއެވެ.

ނަޝީދު ވެރިކަން ބޭނުންފުޅުވުމުން ނިޒާމު ފުރޮޅާލައި، މުޅި ގައުމު ސުންނާފަތި ކުރަން ނުޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ބްރޯއެއް އޭނާ ކޮންޓްރޯލް ކުރާނަމަ އެކަން ކުރައްވަނީ "ރައީސް ނަޝީދު ބްރޯ" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ބްރޯ އަކީ ރައީސް ނަޝީދޭ އަޅުގަނޑު މި ދަންނަވަނީ ކެރި ހުރެގެން" ޝަރީފް ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް "ބްރޯ" ވެގެން އުޅުއްވާކަމަށް ވިދާޅުވެ އޭނާ މަގާމުން ދުރުކުރަން ރައީސް ނަޝީދު މީގެ ކުރިން ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތު ނުލިބުމުން އެމައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބިންގޯ

  ދެ ނިޒާމް ސާބިތު ކޮއްދެވިއްޖެބާ. ތިމީހުންނަކަށް ނޭނގޭނެ. ތި ދެ ނިޒާމަކީ ކޯޗެއްކަމެއްވެސް.

  24
  2
 2. ޒަބީބު

  ރައީސް ސޯލިހުގެ ސަރުކާރު ހިންގުމަށާއި ދިވެހި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އޮތް އެންމެ ބޮޑު އުނދަގުލަކީވެސް، ހުރަހަކީވެސް ނަޝީދު. ދިވެހިންގެ ކުދިބޮޑު އެންމެނަށް އެނގޭ އެއް ހަޤީޤަތަކީ ރައީސް ނަޝީދުއާއި ހަވާލުކުރި ވެރިކްން ރައްޔިތުންގެ ބޮލާލާ ޖަހާފަ ނަޝީދު ގޮޑިންފުއްމާލައިގެން ދިޔަކަން.

  ވީމާ އެތައް ބުރަމަސަތްކަތެއް ކޮށް އެމްޑީޕީއަށް އެތައް ޤުރުބާނީ އެއް ވީ އެތައް ދިވެހިންނަކަށް ނަޝީދު ދިން ބޮޑު ކެހި ނަޝީދު އަށް އިހުސާސްވުމުނ އެމީހުންނަށް އޮޅުވާލުމަށާއި ނަޝީދުގެ ހިތުގެތެރޭގައި އުފެދިފައި އޮތް ބޮޑު "ގިލްޓް" އަށް ތަސައްލީ ހޯދަން ކެނެރީގޭ ފެންޑާގައި އާއިލާއިން ކުރި މަޝަވަރާއަށް ފަހު ނަޝީދު ބޭނުންކުރަންފެށީ ބަޣާވާތެއްގެ ވާހަކަ. އެކަމަކު އެވާހަކަ ވެސް ނަޝީދު އެކިފަހަރު އެކި ގޮތައް ދެއްކުމުގެ ސަބަބުން އެމްޑީޕީގެ ގްރާސްރޫޓް އާއި ނަޝީދުއަށް ސަޕޯޓުކުރި މީހުންނަށްވެސް އާޚިރުގައި އެވާހަކަ (ބަޣާވާތެއް ކަން) ޤާބޫލޫއެއް ނުކުރެވުނު.

  ވީމާ މިހާރު ނަޝީދުގެ ހިތުގައި އުފެދިފައި ވަނީ އަމިއްލަ އަށް ދައުރު ފުރިހަމަ ނުކުރެވުނު ކަމުގެ ގިލަންވެރިކަން. އަދި މިކަމުގެ އިތުރު ހިތްދަތިކަމެއް ނަޝިދަށް މިހާރު ގެނެސްދޭ އަނެއް ސަބަބަކީ ޚުދު ނަޝީދުއަށް ވެސް އެއިރު 2008ގައި ލިބުނު ފަދަ ކޯލީޝަންގެ ސަޕޯޓާއި މަދަދު ރައީސް ސޯލިހު އަށް ވެސް 2018ގައި ލިބުމުން ނަޝީދު އާއި ޚިލާފަށް ރައީސް ސޯލިހު އެފުރުސަތުގެ ބޭނުން ހިކުމަތްތެރިކަމާއި ކެއްތެރިކަމާއިއެކު ހިއްޕަވައި ދައުރު ފުރިހަމަ ކުރެއްވުމަށް މިސްރާބު ޖަހާފައި ވުން. ވީމާ ރައީސސް ސޯލިހު ދައުރު ފުރިހަމަ ނުކޮށް ވެރިކަމުން ދުރުކުރުމަކީ ނަޝީދުގެ ހިތަށް ފިނިކަން ހޯދަން ނަޝީދު ކޮންމެހެންވެސް ކުރަން ބޭނުންވާ ކަމެއް.

  ބޮޑު 2 ގެރި ތަޅާ ކަމަށް ވާނަމަ ބާރުކުރާނީ ކަށްގަލަށޭ ބުނާ ބީދައިން ނަޝީދު ފަށައިގެން މިއުޅޭ އަމިއްލަ އެދުމުން ފޯވެފައިވާ ހަސަދަވެރިކަމުގެ ހަނގުރާމައިން ހުރިހާ ގެއްލުމެއް ލިބެނީ ދިވެހި ރައްޔިތުންނަށް. ވިމާ ރައީސް ސޯލިހު ހަޤީޤަތުގައިވެސް ހަށިފޮޅާލާފައި ތެދުވަން އެބަޖެހޭ!

 3. ތުއްޓެ

  އަސްތާ ދެ ނިޒާމުގެ ވާހަކަ ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވާދޭން ނަޝީދު އަށް ލިބުނުހާވެސް މީހަކީ މަގުމަތީގައި އަލިފާން ބޯޅާ އުކާދިން ބޮންޑަ އިއްބެ ؟ ވާވާ ތިޔައޮތީ ނިޡާމް ބަދަލުކުރެވިފަ.

  "ޕްރޮފެސާރް އޮފް އަލިފާންބޯޅަ އެންޑް ތަޅާކުދިން" ބޮންޑަ އިއްބެ އަށް ވުރެ ބަރުލަމާނީ އަދި ރިޔާސީ ނިޒާމު މޮޅަށް ދަންނާނެ އެއްވެސް ދިވެއްސެއް މިފަސްގަނޑުގައި ހުންނާނެ ކަމަކަށް ނުފެނޭ. ވީމާ ބަރުލަމާނީ ނިޒާމުގެ ދަށުން އަންނި އުފައްދާ ފުރަތަމަ ސަރުކާރުގައި ބޮންޑަ އަށް ދޭން ވާނީ މިނިސްޓާ އޮފް ފޮރިން އެފައަރސް ގެ މަޤާމު. އެއީ ބޮންޑަ އިއްބެ އިނގިރޭސި ބަހާއި، އިނގިރޭސި ލިޓްރޭޗާ އާއި، އިންގިރޭސި ވިލާތުގެ ތާރީޚް އާއި، އިންގިރޭސި ބަރުލަމާނީ ނިޒާމުގެ ތާރީޚް ކިޔަވައިގެން ހުރިލެއް މޮޅުކަމުން އެއަށް އެންމެ ފަރިތަ އެކެއް ކަމަށް މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ މީހެއް ވީމަ.

 4. ބުރާންތި

  ކޮން ނަޝީދެއް. އެއީ އޮއްސިފައި ހުރި ތަރިއެއް.
  މިގައުމަށް މި ހާރު ބޭނުންވަނީ އިޚްލާސްތެރި ޒުވާން ލީޑަރެއް

  22
 5. ފާތުން

  ތީއަބަދުވެސް ބްޜޯއަކީ، ވަކަމާފަސަދައިގެ ލީޑަރ

 6. ހުސެން

  އަދީބް ބްރޯ ފަނި ހަދަން ފޮނުވި ބޮޑު ބުރޯ އަކީ މި ނަޟީދު .އޭނާ އެކަަމަށް އެއްބަސްވޭ .އޭނާ ވަނީ ޢިއުތިރާފުވެފަ،އެމްއެމްޕީއާރުސީ މައްސަލައިގައި ނަޟީދު ލީޑުރޯލެއް ކުޅުނު،މިކަން ވެސް ބެލޭނެ

 7. އަހުމަދު

  ޝަރީފު މެނަށް ވެގެން އެއުޅޭގޮތަކީ އެމްއެމްޕީރސީ މައްސަލަ ބަލާފާނެތީ ތެޅިފޮޅެނީ.

 8. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  ދިވެހިބަހުގެ ހަރުބަހެއް އޮވެއެވެ. އަމުރު ކުރަން އެދެންޏާ ކިޔަމަންވާން ދަސްކުރާށެވެ.