ހުޅުމާލޭގެ މަގުމަތިން އަންހެނުންގެ ގަޔަށް އަތްލައި އުރަމަތީގައި ހިފުމަށް ފަހު ފިލާ މީހެއްގެ މައްސަލަ ބޮޑުވެއްޖެއެވެ.

މީސް މީޑިއާގައި މި ވާހަކައިގެ އަޑު ރޭ ގަދަވީ ހުޅުމާލޭ ބޮޑު މިސްކިތް ކައިރިން ސައިކަލުގައި ދިޔަ އަންހެނެއްގެ އުރަމަތީގައި އެހެން ސައިކަލެއްގައި ދިޔަ ފިރިހެނަކު ހިފުމުންނެވެ. މިކަމާ ގުޅިގެން އަންހެން މީހާ އަށް ލިބުނު ޝޮކަކުން ސައިކަލުން ވެއްޓި އަނިޔާވެފައިވެއެވެ.

އެ އަވަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެކަން ދިމާވީ އެންމެ އަންހެނަކަށް ނޫނެވެ. މި ކަން ހިނގައިގެން ފަސް އަންހެނަކު ފުލުހަށް މައްސަލަ ޖެއްސި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅައި ފުލުހުން ތިބުމުން އެމީހުން ތިބީ ކަންބޮޑުވެފައެވެ.

"ބާރު އަޑެއް އިވިގެން ބޭރަށް ނުކުމެ ބެލިއިރު، ހުޅުމާލޭ ބޮޑު މިސްކިތް ކައިރިން ސައިކުގައި ދިޔަ އަންހެނެއްގެ އުރަމަތީ، ސައިކަލެއްގައި ދިޔަ ފިރިހެނަކު ހިފިހިފީނުން އެ މީހާ ވައްޓާލާފައި ފިލައިފި،" އައްޒާމް ލަތީފްގެ ނަމުގައި ޓުވީޓު ކުރި މީހާ ބުންޏެވެ.

ހުޅުމާލޭގެ މަގެއް. --- ފޮޓޯ: ޓުވިޓާ/އައްޒާމް

މިކަމުގެ ވާހަކަތައް މީސް މީޑިއާގައި ރެ އިން ފެށިގެން ވަރަށް ގަދަ އަށް ދެކެވެމުން އަންނަ އިރު، އެހެން އަންހެނަކު ވަނީ އޭނާ އަށް ވެސް އެކަން ދިމާވެފައިވާ ކަމަށް ބުނެފައެވެ. އެމީހާ އަށް އެކަން ދިމާވީ ސެންޓްރަލް ޕާކް ކައިރި އަށް ދުވަން ގޮސް އުޅެނިކޮށެވެ.

އަންހެން މިހާގެ އުރަމަތީގައި ހިފި މީހާގެ ފައިވާން ކިބައެއް. --- ފޮޓޯ: ޓުވިޓާ/އައްޒާމް

"މިއީ ދެން ބޮޑުވަރު. އަހަރެންނަށް ވެސް މިކަހަލަ ކަމެއް ދިމާވެފައި ވަނީ ދުވަން އުޅެނިކޮށް ސެންޓްރަލް ޕާކް ކައިރީގައި. އެމީހާ ސައިކަލްގައި އައިސް ހަމައެގޮތަށް ހަދާފައި ދިޔައީ. އަހަރެން އޭރު ހުރީ ދާހިއްލާ ފޯވެފައި. މި މީހުންނަށް މިކަމުން ލިބެނީ ކޮން ހިތްހަމަޖެހުމެއް ހިތަށް އަރާ،" ޝިއު ރަޝީދު ނަމުގައި ޓުވިޓާގައި ހިޔާލު ފާޅު ކުރި މީހަކު ބުންޏެވެ.

ނަމަވެސް މިއީ އެކެއްގެ ފަރާތުން ކުރިމަތިވަމުން އަންނަ ކަމެއް ކަން ޔަގީނެއް ނޫނެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެއެވެ.

އެކަމަކު ބައެއް މީހުން ބުނި ގޮތުގައި، މިފަދަ ހާދިސާތައް ކޮންމެ ރެއަކު ހެން މިހާރު ދަނީ ހިނގަމުންނެވެ. އަދި މީހަކު ރޭޕް ކުރުމުގެ ކުރިން އެ އަވަށަކީ ރައްކާތެރި އަވަށަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

މި ދުވަސްވަރު ހުޅުމާލޭގެ ބައެއް މަގުތައް ރޭގަނޑު އަނދިރިކޮށް އޮންނަ މައްސަލަ ވެސް ބައެއް މީހުން ކަންބޮޑުވުމާ އެކު ފާހަގަކުރެއެވެ. އެހެންވެ، ހުޅުމާލޭގެ މަގުތައް އަލިކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށައިފައެވެ.

އެޗްޑީސީ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބައެއް މަގުތައް މިހާރު ވަނީ އަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ހ

  އިންޑިއާ އައުޓް

  89
  4
  • ހހހ

   ކަމެއް ވާ އިރަށް އެހެން ގައުމުތަކާ ބެހޭ ގޮތް ވަނީ ކީއްވެ

   10
   22
   • ޙަހަ

    ކަލޭ އޮވެބަލަ އިންޑިއާ ކޮނޑަށް ލައިގެން..

    2
    1
 2. ަިަައިބޫ

  މީ އަނެއް ދިވެހި ރާއްޖެވީ މަ ވާ ގޮތް

  83
  7
 3. ބޮލުރޮދި

  ފުލުހުންމިއީ މަޖަލަށް ސައިލަކާއި ކާރު ދުއްވަން ތިބޭ ބައެއް ތަ؟ ކެމެރާތައް ހަރުކުރުމަށް ޓެކްސް ދައްކާ މީހުންގެ ފައިސާއިން ހާދަ ބައިވަރެއް ހޭދަ ކުރީ. ކީއްވެގެން ތަ އަމާން ކަމެއް ނެތީ؟ އަނެއްކާ އިންޑިއާއިން އެދެންވީ ހުޅޫމާލޭ ޕާކް ވަށާ ކެމެރާ ސެޓެއް ބަހައްތައި ދޭން ދޯ؟

  75
  4
 4. ކިޔާ

  ދެން މިވީގޮތުން ވީ ކަށިހެދުން ލައިގެން ބޭރަށް ނުކުންނަން..މާތްވެގެންވާ މިމައްސަރުގަވެސް މިއުޅޭ މީހުން މައިތިރިނުވޭ...ދެން ހުޅުމާލޭގަ ރޭގަނޑުވެއްޖެއްޔާ މަގުތަކުގެ އަނދިރިކަމުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާ...މާލޭގެ މަގުމަތިން ތަންކޮޅެއް ކުރިން މީގެ ހާދިސާތަކެއް ދިމާވި.މިހާރު ހަދާގޮތަކީ ގެއިން ބޭރަށް ނުކުންނަނަމަ ﷲގެ ރައްކާތެރިކަމަށް އެދެނީ..އެހެންވެ މިކަހަލަ ކަމެއް މިހާރު ދިމާނުވޭ..އެކަމަކު ނުދަންނަމީހުން ވ.ފާރަލާކަމަށް ފާހަނގަ ކުރެވޭ...

  80
  • ވެކްސިން

   މިކޮމެންޓަށްވެސް 30 އަކަށް ލައިކް އިނީމަ އެނގޭ މިގައުމުގައި މީހުން ވިސްނުން ހުންނަވަރު.

   1
   13
 5. ޜަނާ

  ތިޔަހެން ދިމާވީމަ އަވަހަށް ސައިކަލް ނަމްބަރ ނޯޓުކުރެވޭތޯ ބަލާ އޭރުން އެ ސައިކަލަކީ ކާކުގެ އެއްޗެއްކަން ހޯދުނީމަ އުރަމަތި ލޯބިވެރިޔާ ހޯދަން
  ފަ ސޭހަވާނެ. ޢެކަމަކު ފުލުހުންގެ އެހީތެރި ކަމެއް ލިބުނިއްޔާތާ ދޮއްތަ.
  ފުލުހުންގެ އަޅާ ނުލުމުން މިފަދަ ކަންތައް ދިމާވަނީ.

  57
  4
  • ކަން އިނގޭ މީހެއް

   އެކަހަލަ ގަޑި ގަޑީގަ ތިކަންކަމަކާ ނުވިސްނޭނެ

   4
   1
 6. ޢަހްމަދު

  ޢަނެންހެން މަާ ބޮނޑު ކަމެއްނުހިގަޔޭ އިމްރާން ނުބުނާނެބާ.

  69
  3
 7. ހަހަހަހަހަހަ

  ސީސީޓީވީ ކެމެރާއޭ؟؟؟؟؟ އެއީ ވަކި ބައެ ހިމާޔަތް ކުރަން ބަލާއެއްޗެއް .

  29
  1
 8. ހށނ

  ޔޫ އެއިންޓް ޕޮގްބާ

 9. ގާޅި

  ބަންގާޅިން ވަރައްގިނައިންކުރާކަމެއްތީ...

  16
  1
 10. .....

  ހިފުން އެއީ ހިފާ މީހާގެ މިނިވަންކަމަށް ނުވީ ކީއްވެތޯ....އޭނަ ބޭނުން ކަމެއް އޭނައަށްވެސް ކުރެވެންވާނެ ނޫންތޯ...ހައްލަކަށޭ ކިޔާ ދެން "އުރަމަތީ ހިފާ ޕާލާ" ހުޅުވާލަދީ....އޭރަކުން މަގުމަތިން ނުހުފާނެ ނޫންހޭ ކިޔާފަ....އެމީހުންގެ ހައްގެއްނު އެއީ....އިޖްތޮމާއީން ފޭރާން ވީދި ހުސްވެފަ މިއޮތީ....އިސްލާމީ އިލްމުވެރިން ވެރިންނަށް ގެނެަްގެން މެނުވީ ހައްލެއް ދެން ނުގެނެވޭނެ...

  21
  5
 11. ފާތުން

  ރޯޔަލް ރޭޕްގެ ސިރީޒްއެބާ؟ ޕޮލުންތިބެނީ ނިދާފަ މިސަރުކާރަކުތިކަހަލަ ކަނކަމަކީ އދައިގެ ކަންކަން. ރައިތުންނިކުމެ ތިމިހާހޯދާ ތާޅާސުނަނާފަތިކޮްލީމަ އޯކޭވާނެ.

  25
 12. ސޭ

  އަންހެނުން ނިކަން އެތެރެއިން ބޭރަށް ވާގޮތަށް ބައިވަރު ޕުޝް ޕިން ހަރުކޮއްފަ ބަހައްޓާ އަތް ފޫދުއްވާލާ. ސަޅިވާނެ މިގޮތް.

  18
  1
 13. ޖާބެ

  މިހާރު ކޮންމެ މީހަކު ގޭންގެއް ހަދަންވި، އަމިއްލަ ސަލާމަތައްޓަކައި، އަމިއްލަ ފުލުހުން އަދި ކޯޓު ވަގުތުން ހުކުންއިއްވާ ނިންމާލުން. މިގަޢުނުގަ މިހަރު އިންސާފު އަދި ފުލުހުންގެ ސަލާމަތެއް ނުލިބޭނެ އެމިހުންގެ މުސާރަޔާ އަބިދަރިންތިބެނީ ކަިގެން ފުދިފަ، ޖޫރިމަނާ އިސްޓިކާ ފެލާލަންވީމަ އެއްވެސް އެއްޗެކޭ ހިތައްނާރާ ފެލާލަނީ ގަވައިދު ޤާނުނޯކިޔާފަ މިމިހުން ހިތަކައް ނަރާ ދެންމިތާ އުލެނީ ބައެއްކަމަކައް ބްރެއިންވޮސްވެފަ ތިބެނީ ނުވަތަ ފައިސާގެ އަޅުވެތިކަމުގަ. ޢަމިއްލަ ރައްކާތެރިކަން އަމިއްކަޔައް ހޯދަމާ ހިނގާ ދެން އަމިއްލޔައް އެއްމެންވެސް ގުރޫޕް ހަދާނީ ދެން. ނޫނި މިކަމުގެ ހިތްދަތިކަމުގަ އާއިލާތަކުގެ ގަދަރުގެއްލި އިއްފަތެކަންގެއްލި އަމިއްލޔައް މީހުން ދަންޖެހޭ ހިސާބައް ދާނެ

  10
 14. ނަން

  ޕޮލިހުން ކަމަނީ ބަޖެޓް ސަޕޯޓައް މަގުފޭރުން.

  17
 15. ޙެހެ

  ތިވާނީ ކަހުރަބު ޖިންނިއައް!

  6
  1
 16. ރޭޕިސްތާން

  ކޮބާ ފުލުހުންގެ ސީސީޓީވީ ކެމެރާތައް؟

 17. ދޮންދީނާ

  ގައުމު ހަލަބޮލި ކުރުން ބަޔަކު މީ ހުން ހަމަ ގަސްތުގައި ކުރުވާ ކަންތައްތައް މި ހުންނަނީ.
  މިކަ ހަލަ އެކި ހާދިސާތައް މި ހާރު ވަރަށް އާއްމުވެއްޖެ. ރިޔާސީ އިންތި ހާބާއި ކައިރިވީ ވަރަކަށް ދެން އިވެންފަށާނެ މާރާމާރިއާއި މީ ހުން ކޮށާ ލޭއޮ ހޮރުވާ ވާ ހަކަވެސް.

  ކޮންމެކަމެއްގައި ވެސް މޫސުން މިގައުމަށް އަންނާނީ. މީ ރޭޕް މޫސުމް.

  މި ޕާރޓީސިސްޓަމް އުފެދުނު ފަ ހުން އަބަދުވެސް ރައްޔިތުން ތިބެނީ ކޮންމެވެސް ބިރުވެރި ކަންތައްގަނޑެއްގައި. މީގެއިން އެއްވެސް ކަމަކީ ޜަނގަޅަށް ތަ ހުގީގު ކުރެވޭ ކަންތައްތަކެއްް ނޫން.
  މިކަ ހަލަ ގިނަ ޖަރީމާތަކުގެ ޙަގީގަތް ބަލައި ހޯދާއިރު، މުގުލުގައި ހުންނާނެ ސިޔާސި ކޮންމެވެސް މީ ހެއް މަގުމަތީ ކުދިން ކޮޅަށް ލާރި ދީގެން މިކަން ކަން ކުރުވަން. ވަކި ޕާރޓީއެއް ނޫން، ހުސް އަމިއްލަ އެދުމުން ފޯވެފައި ތިބި ގައްދާރުން. ޢަދިވެސް ބަރުލަމާނީ އާއި ފައްޅިއާއި ނައިޓް ކްލަބް ނު ހުޅުވިގެން ތެޅިބާލަނީ.

  ބުއްޅަބޭ، ގާސިމް އަދި މައުމޫނު ކުޑަ ގޮޅިއަށް ނޫނީ މި ރާއްޖެއިން ޑިޕޯޓް ނުކޮށް ނެތް މިގައުމަށް ކިރިޔާވެސް ހަމަޖެ ހުމެއް އަންްނާކަށް.

  މަ ހުވެއި ދެނޯ! ކަމައް!

 18. ކޮރަލް

  ޙުޅުމާލޭގަ ހުރި ފުލުސް ކެމެރާތައް ބަލާލަ ބަލާށެވެ. ނޫނީ އަމިއްލަ މީހުންގެ ކެމެރާތައް ބަލާލަ ބަލާށެވެ. މާލޭގަ ކެމެރާތައް ހުރީ ސިޔާސީ އަދި ބޮޑެތި ވިޔަ ފާރި ވެތީންގެ މީހުންގެ ގެ ކުރިމަތީގަ އެގެ ބަލަހައްޓާށެވެ. ކަމެއް ދިމާވީމަ އާއްމުގެ ފުޓޭޖް ބޭނުން ވެ އެވެ.

 19. ފެކްޓް

  އިންޑިއާ ސްޓައިލް ފައިވާނެއް! އަނެއްކާ އެތާގައި އެހިންގާ ގޮތްކުޑަ އަމަލުތައް މިތާގައިވެސް ހިންގަން ފެށީބާ!

 20. މޯދީ

  ތިޔައީ ލާދީނީ ސަރުކާރުން ރާވާގެން ފުލުހުން ކުރާކަމެއް. ޢެހެންވެ އެއްވެސް ކެމެރާއަކަށް ތިއެއް ނާރާނެ.

 21. މިއީ ތެދެއް

  އަހަރެން މީގެ 30 އަކަށް އަހަރު ކުރިން ތިކަހަލަ އާދަޔާއި ޚިލާފު މަންޒަރެއް ފަރީދީ މަގުން ދުށިން. އެއީ ކުރީގެ ނޮވެލްޓީ އާއި 50 އަކަށް ފޫޓު ދުރުން ހެންވޭރާއިވީ ކޮޅުން. ފެން ބަނޑިޔަލެއް ބޮލުގައި ޖަހައިގެން ދިޔަ މެދުއުމުރުގެ އަންހެނެއްގެ ކުރިމަތި ފަރާތުގައި ބައިސްކަލުން ދިޔަ މީހަކު ހިފީ. އޭނާ އެ އަންހެން މީހާ ފެނުމުން ތަންކޮޅެއް ކުރިއަށް ގޮއްސަ އަނެއްކާ އަނބުރާލާފަ ފަހަތައް އައިސް އަންހެން މީހާ އާއި ވަރަށް ކައިރިއަށް އައިސް އެކަންތައް ކުރީ. އެއީ އެހިސާބު ގަނޑުގެ އަހަރެން ދެކެފަރިތަ މީހެއް. ފަހުން އެއީ ކާކު ކަން އެނގުނީމަ އަހަރެން ތަލިން ކުޅުހިކި އަންތަރީސްވި. އެއީ އޭރު އެންމެ މަޝްހޫރު އެއް ޕްރައިމަރީ ސްކޫލް ގެ ޕްރިންސިޕަލް ނޫނީ ހެޑް މާސްޓާ. އެކަން އެނގުނީ ޓީވީން ދެއްކި އެމީހާގެ އިންޓަވިއު އެއް ފެނުނީމަ. އެ " ބޭފުޅާ" އަކީ ވަކި އިންޑިވިޖުއަލް ކުޅިވަރެއްގެ ރާއްޖޭގެ އެއްވަނަ. އެ ޒަމާނުގައިވެސް ކަންތައް ހުރި ވަރަކީ މިއީ. މިހާރު މީހުން ހޭލުންތެރިވެ ޝޯޝަލް މީޑިއާ ގެ ދައުރު ބޮޑުވީމަ މިކަހަލަ ކަންތައް ގިނަކަމަށް ދައްކަނީ. އެކަމަކު ކުރީގައި މިކަހަލަ ކަންތައް މާބޮޑު. އެ ހިސާބު ގަނޑު ގައި އަންހެނުންނާއި ފޮށުން ބޮޑުވެގެން ކުރީގެ މަޝްހޫރު ނޫސް ހަފްތާ ގައި މީގެ ސާޅީހަކަށް އަހަރު ކުރިން ވަކިގެއެއްގެ ނަންޖަހާ އެގޭ ކުރިމަތީގައި އަންހެނުންނާއި ފޮށޭ ވާހަކަ ނުވަތަ މިޒަމާނުގެ ބަހުރުވައިންނަމަ ފުރައްސާރަ ކުރުމުގެ ރިޕޯޓެއް ލިޔުނު. އަދި އޭރުގެ ނާސިރުގެ ސަރުކާރުގެ ސަމާލުކަމައް އެކަން އައި.

 22. އަބްދޫ

  ތިޔަ ވާނީ ކެނެރީގެ ނަސިދު އަށް ތީނަޔަކީ ވަރަށް ފިލަފިލާ ކން ކުރާމީހަކަށް.