ޝަރުއީ ކޯޓަކުން ނިހާއީ ހުކުމެއް ނުކުރާހާ ހިނދަކު، ދައުލަތުގެ ފައިސާ އިން ބަދަލު ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެެއްޖެއެވެ.
އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ހިންގަވަމުން އަންނަ މަންދު ކޮލެޖްގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފައި ވަނިކޮށެވެ.
އިބްރާއަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިިލްގެ ބޭބެއެވެ.
އަލީ ހުސައިން ވިދާޅުވީ ދައުލަތުގެ ނިހާއީ ހުކުމެއް ނެތި ބަދަލުގެ ފައިސާ ނުދެވޭނެ ކަމަށާއި، ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ވަކި ގޮތެއް ނިންމުމުގެ ބާރު ސަރުކާރަށް ލިބިގެން ނުވާ ކަމަށެވެ.
"ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއްނެތި ދައުލަތުގެ ފައިސާއިން ބަދަލެއް ނުދެވޭނެ. ދެބަސްވެ ޝަރުއީ މަރުހަލާއަށް ގޮސްފައިވާ މައްސަލައެއްގައި ހުކުމްކޮށް ވަކިގޮތެއް ކަނޑައެޅުުމުގެ ބާރު ސަރުކާރު ހިންގާ ފަރާތަށް ލިބިގެންނެއް ނުވޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
މިކަމާ މެދު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިމްތި)ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އާދައިގެ މުސާރައެއްގެ ވަޒީފާގައި ހުންނަ މީހަކު ވަޒީފާއިން ކަނޑައިލީ ގާނޫނާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުން އަހަރު ދުވަހުގެ މުސާރަކޮޅު އެކަނި ދޭން ދައުލަތަށް ބޮޑު ބުރަޔަކަށް ވަނީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރުކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މަންދުކޮލެޖުން އެދުނީ ލިބުނު ގެއްލުމުގެ ބަދަލުގައި 18 މިލިއަން ރުފިޔާ ދިނުމަށެވެ.
އައްޔާ! ކަލޭ ގުދުބިނދިގެން ގެނައި ސަރުކާރަށް ނިހާއީ ހުކުމެއް އެހެން އެއްޗެއް ނޯންނާނެ! ހިތަށް އެރީމާ ބައިތުލްމާލުން ހަމަ ކާންވީ! އެމީހުން އެވަރަށް ކާއިރު ކަލެޔަށް ކުރެވުނު ކަމެއް އެބަ އޮތްތަ؟ ހަމަ ތިހެން އިންނީނު!
ބޭނުން ގޮތަކަށް ފައިސާކޮޅު ދިރުވާ، ބައިބަޔަށް އަޅާ، ހަލާސް އަރުވާލާ..15 މިލިޔަން އެއީ ދެން ކޯނޗެއް. އމޑޕ، ހޯޕް، ހޯޕް...ރައްޔަތުންނޭ ނިކަން ބާރައް އަތްޖަ ހާފަ ބަހައްޓާ.
ދައުލަތުގެ މުދާތަށް މުއައްސަސާ ތަކުން ހަމައެއް ލަމައެއް ނެތި އިސްރާފު ކުރަމުން ދަނީ އެގޮތް މިގޮތަށް އަންބުރަމުން !
ބިހާއި ޙުކުމެއް ނެތި އެތަށް ބިލިއަން ރުފިޔާ މިސަރުކާރުން ބަހާލީ ރަޙުމަތްތެރި ކަމާއި ޅިޔަންފަހަރިންނާއި ގާތްތިމާގެ މީހުންނާއި ކުރިން އެމައްސަލަ ތަކުގައި އުޅުނު ރަޙުމަތްތެރި ވަކީލުން މަސައްކަތް ކުރި ކުންފުނި ތަކަށް ކަން އެގެއެވެ. ހުޅުމާލޭގައި ރައީސް ޔާމީން އަޅާފައި ހުރި ކޮތަރު ކޮށި ތަކަށް ވަންނަން ޖެހޭ ކަމަށް މިސަރުކާރުން ނިންމި މީހުން އެތަނަށް ނުވައްދާ ދެ އަހަރު ފާއިތު ވުމަކަށް ފަހު އެތަން ޙަވާލު ކުރަނީ އެތަނުގައި ދޮރާއި ދޮރުފަތް ނުލައި ފަންކާއި ބޮކި ހަރުނުކޮށް ކަން މިހާރުވަނީ ކަށަވަރުވެފައެވެ. މިތަނީ ކޮތަރު ކޮއްޓެއް ނަމަވެސް އެތަނުގައި އުޅެން ވަންނަނީ އިންސާނުން އަދި ދިވެހި ރައްޔިތުން ކީއްވެގެންތޯ އެތަނުގައި ދޮރާއި ދޮރުފަތް ހަރުކޮށް ފަންކާއި ބޮކި ހަރުކޮށް އިންސާނުން ނަށް ބޭނުން ކުރެވޭގޮތަށް ހަދާ ނުދީ، ކުރީ ސަރުކާރުން އެކަންކަން ހިމަނާފައި ނެތުމަކީ މި ސަރުކާރުން އެކަން ކޮށް ނުދޭންވީ އުޒުރެއްނޫން. ރައްޔިތުން ދެކެ ލޯބިވާކަމަށް ބުނެ ރައްޔިތުންގެ ޖީބު ފައިސާއިން ފުރާދޭނަމޭ ބުނެގެން ނޫންތޯ؟ ވެރިކަން ހޯދީ ވީމާ މިއީ ވައްކަމާއި ކަރަޕްޝަން އާއި ރޭޕް ކުރުމާއި ފާހިށު ކަންތަކަށް ހިތްވަރު ދޭ މުޖުރިމުން ހިންގާ ސަރުކާރެކޭ ބުނެފިއްޔާ އެ ވާހަކަ ބުނި މީހަގޯސްވާނީ އެކަމަކު ވެރިކަމަކީ ބަދަލު ވާނެ ކަމެއް ކަމުގައި ދެކިގެން ރައްޔިތުންނަށް ޚިދުމަތް ދެވޭތޯ ބެއްލެވުން ރަނގަޅުވާނީ.
ދައުލަތު ވަތްގަޑުގައި ހުރި ހުރިހާ ފައިސާ އެގޮތަށް ބަދަލުގެ
ގޮތުގައި ދީ ހުސްކޮށްލީ މި ސަރުކާރުންނެވެ. މިއިން ކޮންމެ
ބަދަލެއްގައި މޑޕ ބޮޑުންގެ މަސްލަ ހަތު އޮވެއެވެ.
ތިއީ ދޭންޖެހޭނެ ބަދަލެއް ނޫން. މަކަރާއި ހީލަތުން މީހަކު ކޮށްފައި އޮންނަ ކަމަކަށް ދައުލަތުން ބަދަލެއް ދޭކަށް ނުޖެހޭނެ.
މީ ކަރުން ނާރުނަގާފައި ބާރަށް ހަޅޭއްލެވި ސިޔާސީ ފަނޑިޔާރުން ތިބެގެން ނިންމާ ސިޔާސީ ނިންމުން.