ޒިކުރާ މިސްކިތް ހުރި ބިމުގައި އެޅި ވަގުތީ މިސްކިތް މިއަދު ހުޅުވައިފިއެވެ.

އެ މިސްކިތް ހުޅުވާފައި ވަނީ މިއަދު ހުކުރު ނަމާދަށެވެ. އެ މިސްކިތް ހުޅުވާދެއްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތް ނިންމާފައިވަނީ ހަތް ދުވަހުން ކަމަށެވެ.

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ރޯދަ މަސް ފެށުމުގެ ކުރިން އަޅަން ފެށިއެވެ. އެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ކޮންނަމުން ދަނިކޮށް ސަގާފީ ބައެއް ތަކެއްޗާއި މިނި ކަށިތަކެއް ވަނީ ފެނިފައެވެ. އެތަން ސާފުކޮށް މަސައްކަތް ފެށުމަށް ހެރިޓޭޖް މިނިސްޓްރީން ފަހުން ހުއްދަ ދީފައިވެއެވެ.

އެތަނުގައި މިސްކިތް އަޅަން ފެށީ އިތުރު ކަށިތަކެއް ނެތްކަން ޔަގީން ކުރުމަށްފަހުއެވެ.

މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތް ތަޅާލައި އެތަނުގައި އޮފީސް އިމާރާތަކާއެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ސަރުކާރުން ހަވާލު ކުރިއެވެ. އެކަމަކު، މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެއްބަސްވުން ބާތިލް ކުރީއެވެ.

އޮފީސް އިމާރާތަކާ އެކު 10 ބުރީގެ މިސްކިތެއް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ އެ ބިން ކުރީ ސަރުކާރުން ވެސް ހަވާލުކުރި އެވެ. އެކަމަކު އެ މަޝްރޫއު ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ އެގްރިމެންޓް ފަހުން ބާތިލްކުރި އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރަން އެސްޖޭ އަށް ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުންނެވި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފާތުން

    އުބޫނޫންތަ މިތަން ހުޅުވީކީ. މަހީކުރޫ އޭނަކަމއްދާނީ. މިކަހަލަ ރަގަލުދީނީ ކަންކންނުކުރާނެދޯ

    3
    2
    • ސުވާލެއް

      ފާތުންނަށް ސިކުނޑި ދެއްވި މަގްސަދު ހަނދާން ނެތްހެން ހީވަނީ. ބަލަ އިބޫ ހުއްދަ ދިނީމަ ދޯ އެތަން އެޅުނީ. އިބޫ އެތަން ހުޅުވުމުގެ ބަދަލުގަ އެ ސަރަފު އެހެން މީހަކަށް ދޫކޮށްލުމަކީވެސް ކިހާ ރިވެތި ސިފައެއް. ފާތުންނަށް ނޭނގިދާނެ އިބޫ މިއަދު ހުކުރަށް ދިޔަކަން. އެހެންވެ މިތާ ދީނީވީ ފާތުންތަ އިބޫތަ؟

  2. މެކް

    އުންމިދުކުރަނީ ދާއިމީ މިސްކިތެއް އެތާގާ އެލޭނެ ދުވަހަކައް. އަލުގެ ދުޢާއަކީ ﷲ އެކަން މިންވަރުކޮށްދެއްވުން.

  3. ާަްއަކިފް

    އާމީން