ދިވެެހި މަޝްހޫރު ފިލްމީތަރި ފައުޒިއްޔާ ހަސަން އާއި އޭނާގެ އެެކުވެރިޔާ މަރިޔަމް ރަޝީދާ ދޮގު ތުހުމަތެއްގައި އިންޑިއާގެ ކެެރެެލާގެ ޖަލެއްގައި ދުވަސްތައް ހޭދަކުރި މައްސަލާގައި އިންޑިއާއިން ބަދަލު ހޯދަން ދައުވާ ކުރެވިދާނެ ކަމަށް އިންޑިއާ ކޯޓަކުން ހުކުމްކޮށްފިއެވެ.

ފައުޒިއްޔާ އާއި އޭނާގެ އެއެކުވެރި ރަޝީދާ ޖަލަށް ލާފައި ވަނީ، އެމީހުންނަކީ ޖާސޫސުން ކަމަށް ބުނެއެވެ. މިކަން ހަގީގަތުގައި ހިނގާފައި ވަނީ އިންޑިއާގެ ކެރެލާގެ ފުލުހަކު ޖިންސީ އެދުން ފުއްދަން އެދުމުން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން ކަމަށާއި، ހައްޔަރުކޮށްފައިވަނީ ޖާސޫސުން ކަމަށް ބުނެ ކަމަށް "ދި ހިންދު" ނޫހަށް ފައުޒިއްޔާ ދީފައިވާ އިންޓަވިއުއެއް ގައި ވަނީ ބުނެފައެވެ.

ޖާސޫސު ކުރުމުގެ ތުހުމަތުގައި ފައުޒިއްޔާ އާއި ރަޝީދާ ހައްޔަރުކޮށްފައި ވަނީ 1994 ވަނަ އަހަރުގެ ތެރޭގައެވެ. މި ދެ އަންހެނުންގެ އިތުރަށް އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއަރުއޯ)ގެ އިސް ދެ ސައިންސްވެރިން ކަމަށްވަ ނަމްބީ ނަޔާރަން އާއި ޑީ ސަޝިކުމާރް އާއި، ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުރި މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރު ހިމެެނޭޭ ގޮތަށް ފަސް މީހަކު ވަނި ޖަލަށް ލާފައެެވެ.

މަރިޔަމް ރަޝީދާ ވަނީ އައިއެސްއާރުއޯ ޖާސޫސީ މައްސަލާގައި ހައްޔަރުކުރި މައްސަލަ އާއި ގުޅިގެެން 30 އަހަރު ފަހުން އިންސާފު ލިބުނު ނަމަވެސް ވެއްޓުނު އަގު އަނބުރާ ލިބޭނެތޯ ސުވާލުކޮށްފައެވެ.

"މިހާރު އިންސާފު ހޯދައިދިނުމުގެ އެއްވެސް މާނައެއް ނެތް. އަހަރެން ހަގު އުމުރުގައި އަގު ވެއްޓުނީ. އެއްވެސް އަގެއް ނުވަތަ އިންސާފަކަށް ވެއްޓުނު އަގެއް އަނބުރާ ހޯދައި ނުދެވޭނެ." ދަ ހިންދު ނޫހަށް ރަޝީދާ ވަނީ ބުނެފައެވެ.

ރަޝީދާ ވަނީ އޭނާގެ ހަގު އުމުރުގައި އާއިލާ އަދި ގައުމުގެ ކުރިމަތީގައި އަގު ވެއްޓުނު ކަމަށް ބުނެފައެވެ. އަދި އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު އަނިޔާއެއް ކަމަށް ސިފަކޮށް ރަޝީދާ ބުނީ އެ އަނިޔާ ދިނީ މީޑިއާތަކުނާއި، ކެރެލާގެ ފުލުހުން ކަމަށެވެ.

ރަޝީދާ ކައިރިން ޖިންސީ އެދުން ފުއްދައިދިނުމަށް ކެރެލާގެ ފުލުހެއް އެެދުނީ ހޮޓަލެއްގެ ކޮޓަރިތެރެއިން ކަމަށް ވެއެވެ. އެކަމަކު އޭނާ އެެކަމަށް ދެކޮޅުހެދިއެވެ. ފުލުސް މީހާ ރަޝީދާ އަށް ޖިންސީ ގޯނާ ކުރުމަށް މަސައްކަތްކުރީ އޭނާގެ ރަހުމަތްތެރި ފައުޒިއްޔާ ކޮޓަރީން ބޭޭރުކޮށްލުމަށް ފަހު އެެވެ. ފައުޒިއްޔާ ކޮޓަރީން ބޭރުކޮށްލުމަށް ފަހު އޭނާ މަސައްކަތް ކުރީ ރަޝީދާގެ ގައިގައި ބެއްދުމަށް ކަމަށާއި، ސަލާމަތްވުމަށްޓަކައި އެ ފުލުސް މީހާގެެ ގައިގައި ޖެހި ކަމަށް ރަޝީދާ ވަނީ ބުނެފައެވެ.

"ކެރެލާ ފުލުހުން ބޭނުންވީ އަހަރެން އެމީހުން ބުނާ ބަޔަނެއްގަ ސޮއިކުރަން. އޭގައި ބުނެފަ އޮތީ ދިވެހި ސަރުކާރުން އަހަރެން އިންޑިއާއަށް ފޮނުވީ ޕާކިސްތާނަަށް ޖާސޫސްކޮށްދޭން ކަމަށް. މީޑިއާއިން ފުލުހުން ބޭނުންވާ ގޮތަށް އެއްވެސް ހަގީގަތެއް ނުބަލާ އެވާހަކަތައް ފަތުރައިދިން. އެއްވެސް ބަޔަކު އަހަރުމެން ދެއްކި ވާހަކަ ގަބޫލެއް ނުކުރި. އަހަރުމެން ޖަލުގަ އުޅުނީ ވަރަށް ހާލުގައި" ރަޝީދަ ވަނީ ބުނެެފައެވެ.

ރަޝީދާ އާއި ފައުޒިއްޔާ އަށް ބަދަލު ދޭން އެދެވިދާނެ ކަމަށް އިންޑިއާގެ ކޯޓަކުން ނިންމި ނަމަވެސް، އެއީ ކޮން ކޯޓެއްކަން އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހޭބަލި

    އިންޑިޔާ ދިވެހިންނަށް ހެޔޮއެދޭކަމުގެ ކުޑަމިންވަރެއް

    28
    14
  2. ނަފްސް

    ބަދަލުދިން އަދަދު ހާމަކޮއްލުމުން ހަބަރު ފުރިހަމަވާނީ ސުރުހީގާ އިނީ ބަދަލު ދިންވާހަކަ ހަބަރު ކިޔާނިމުނު އިރުވެސް ބަދަލުދިންވަރެއް ސާފެއްނުވި މައުލޫމާތު ނެއް ނަމަ މިކަހަލަ ހަބަރު ނުލިޔާނީ!

    36
    4
    • ޢަހ

      ޙަބަރުގަ އިނީ ބަދަލު ދޭން އުޅެ ވާހަކަ.. ސުރުހީއާ ދިމާ ނުވޭ

      6
      2
  3. އަނިޔާ

    ދިނީއާ ދިން އެއްޗަކާ ޢަދަދެއްވެސް ބުނިނަމަ އެހެންނޫނީ ތީހަމަ ނަމެއް އެއްޗެއްދިނީ ކީއެއްނޫން ދިނީޔާ ދިންއެއްޗަކީ އަނިޔާ

    12
    3
  4. އަބްދޫ

    ދެމީހުން އިންޑިޔާގަ ތިބިއިރު ނިއުކްލިޔަ ސައިންސިސްޓުންނާ ބައްދަލުކުރި ރަސިދާ އަކި ޖާސޫސެއްނުން ރަސިދާ ޖަސޫސްކުރާކަށް ނޫޅޭ .އޭނަގެބައްދަލުވުމަކި އެހެން ކަމެއް.ފައުޒިއްޔަ އަކި އޭރުވެސް ޖަސޫސެއްކަމަށް ތުހުމަތުވޭ.އޭނަޔަ ގުޅިފަ ހުރި މަގޭ ތިމާގެ މިހާ މިހާރުވަނީ ނިޔާ ވެފަ.އިންޑިޔަ ފުލުހުން ރަސީދާ ހައްޔަރުކޮށް ފާސް ކުރުމުން އެމީހުންވަނި އެކަމުން ބެރުވެގެންފަ. އެމީހުން އެކަމުން ފިލީ ފުލުހުންގެ އެހީގަ.އޭގެ ހެއްކަކީ ސްމަގުލް ކޭސް އެއްގަ ދިވެހިމީހަކު އިންޑިޔާގެ ޖަލުގަ ހުއްޓާ ޖަލުންނެރެ އިންޑިޔާ މީހެއްގެ ނަމުގަ ޕާސްޕޯޓެއް ހައްދާ ރާއްޖެ ފޮނުވޭ މީހާ އިންޑިޔާގަ ހުންނާނޭ ބާރުވެރިކަން ހިތައްގެނުވާލައްވަ. ޖާސުސަކީ ހިގިކަމެއް.

    7
    6
  5. ދިވެއްސެއް

    ވަރަށްދެރަ ކަމެއްމީ މިހާރު ހޯދަދޭ އިންސާފަކުން ދޭ ބަދަލަކުން އެކަނބަލުންނަށް ލިބުނު އަނިޔާ އާއި ވެެއްޓުނު ގަދަރު ކިހިނެއްތޯ ހޯދާނީ

    13
  6. ޟަރ

    ޖަލުގަ ހޭދަވީ ކިތައް އަހަރުކަން ލިޔެލިނަމަ ވަރަށް ފުރިހަމަ ވީސް.

    15
    3
  7. ހަމީދު

    އެމެރިކާގެ ސީއައިއޭ އަށް ޖާސޫސް ކޮށްދިން މީހެއް ފައުޒިއްޔާއަކީ. ރާއްޖޭގެ މީހުންގެ މައުލުމާތުވެސް ސީއައިއޭއަށް ހިއްސާކޮށްދިން.

    4
    2
  8. ޕޮގުބާ

    ވިއްސާރަ ކޯޓަކުން ހުކުމް ކުރީ

  9. ޛޖޖ

    މިހާ ރު ރާއްޖޭގަވެސް މީހުން ފް ރޭމް ކޮށްލަނި އިންޑިޔާ ސްޓައިލްއަށް. މިމިހާ ރު އިންޑިޔާގެ ވިލެޖެއް

  10. ބަކުރު

    އަދިވެސް ރީދޫ ދިދަ ހި ފައިގެން އެހެން މީހުންނަށް ވަގަށް ގޮވަމުން ދުވޭ..ބޮޑަށް އަދިވެސް އިންޑިޔާއާޢި ހިތާވޭ..