ކ. އަތޮޅު މާފުއްޓަށް ކޮވިޑް-19އަށް ފައްސިވާ ވޭދަނަތައް އިތުރުވެ، އެރަށުގެ ހާލަތު ނުރައްކާ ހާލަތަަކަށް ގޮސްފިއެވެ.

ގެސްޓް ހައުސް ވިޔަފާރި އެންމެ ފުޅާކޮށް ރާއްޖޭގައި ކުރަމުންދާ އެ ރަށުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ކޮންމެ ދުވަހަކުވެސް ދަނީ އިތުރުވަމުންނެވެ.

މާފުށިން ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ.

މިދިޔަ އަންގާރަ ދުވަހު އެ މީހާ ކޮވިޑަށް ފައްސިވުމާއެކު އެރަށަށް އަރާާ ފޭބުން ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން އެރަށުން ފައްސިވަމުން ގޮސްފައި ވަނީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.

އެރަށުގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު، އެރަށު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެރަށުން މިއަދު 13:21 އާއި ހަމައަށް 57 މީހަކު ވަނީ ކޮވިޑަަށް ފައްސިވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ އަންގާރަ ދުވަހު ފައްސިވި އެކަކާއި، ބުދަ ދުވަހު ފައްސިވި 13 މީހަކާއި، ބުރާސްފަތި ދުވަހު ފައްސިވި 18 މީހެއްގެ އިތުރުން، މިއަދު މިހާތަނަށް ފައްސިވި 25 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމާ

    ގެސްޓްހައުސްތަކުން ފުރިފައިވާ ރަށެއްގައި ފައްސިތައް ނުފެންނާނެކަމަށް ހީކުރުމަކީ މޮޔަކަމެއް. ގައުމުގެ އެތެރޭގަ ކިތަންމެ ބަލައިގެން އުޅުނަސް ބޭރުން އިމްޕޯޓްވާ އެއްޗެއް އިމްޕޯޓްވަމުންދާނީ. އެއްބަޔަކީ ފޭކް ނެގެޓިވް ޓެސްޓް ހިފައިގެން އަންނަ ބައެއް. ބޭރުން އަންނަ އެންމެން ކަރަންޓީނުނުކުރާނަމަ އަބަދުވެސް ބަލި ފެންނަމުންދާނީ ރައްތަކުން.