2013 ގެ ރިޔާސީ އިންތިޚާބުގައި އަދުގެ ސަރުކާރުން އެންމެ ބޮޑަށް ވިއްކި އެކައްޗަކީ ޒުވާނުންގެ މެނިފެސްޓޯއެވެ. ރައީސް ޔާމީން އޭރުވެސް އަދި މިހާރުވެސް ސިފަކުރައްވާގޮތުގައި ޒުވާނުންނަކީ ޤައުމެއްގެ އެންމެ ބޮޑު ރައުސުލްމާލެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ޒުވާނުންނަކީ މުސްތަގުބަލުގައި ޤައުމުގެ "ހުންގާނުގައި" ހިފަން ތިބި މީހުންނެވެ. ދައުރުގެ މިހާ ހިސާބަށް އައި އިރު ޒުވާނުންގެ ވުޒާރާއިން ޒުވާނުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލު އުފައްދާ މީހުންވެސް އެބައުޅެއެވެ. އެއާ އިދިކޮޅަށް ޒުވާނުންގެ ތަޢުރީފް އަދުގެ ރައީސުލް ޖުމްހޫރިއްޔާއަށް އޮތްކަން މީސް މީޑިއާގައި އަތޮޅުތަކުގެ ގިނަ އަދަދެއްގެ ޒުވާނުން ދަނީ ހާމަކުރަމުންނެވެ. ޒުވާނުންގެ ވުޒާރާއިން ޒުވާނުންނަށް ކޮށްދެވުނު ކަންކަމާ ގުޅިގެން ސުވާލު އުފައްދާ ފަރާތްތަކަށް މި ދެންނެވި ޒުވާނުން ސުވާލެއްވެސް އުފައްދައެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ޒުވާނުންނަށް ނުކޮށްދެއްވަނީ ކޮން ކަމެއްތޯ އޭ ބުނެ އުފައްދާ ސުވާލެކެވެ.

މީސް މީޑިއާގައި މިފަދަ ބަހުސްތައް ހިނގާއިރު ރިޔާސީ ދައުރު ނިމެން މިވަނީ ވަގުތު ކުޑަތަންވެފައެވެ. ދައުރުގެ މިހާ ހިސާބަށް އައިއިރު ގިނަ އަދަދެއްގެ ޒުވާނުން ރައީސް ޔާމީނަށް ތާއީދު ކުރާ ސަބަބުތައް އެ ޒުވާނުން އަންނަނީ ބުނެދެމުންނެވެ. އެ ޒުވާނުން ބުނަމުން އަންނަނީ އަދުގެ ސަރުކާރުން ޒުވާނުން ބަލައިގަނެ، އިޤްތިސާދީ ގޮތުން ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކޮށް، ކުޅިވަރުގައި ޒުވާނުންނަށް ފަހި ފުރުސަތުތައް ތަނަވަސްކޮށްދީފައިވާކަމަށެވެ. އަދި މުޖުތަމަޢުތެރޭގައި ޒުވާނުންނަށް މިއަދު ލިބެމުންދާ ލޯތްބާ އިޙުތިރާމްގެ ހަގީގީ ބާނީ އަކީ ރައީސް ޔާމީން ކަމުގައި އެ ޒުވާނުން އަންނަނީ ބުނަމުންނެވެ.

ޒުވާނުންގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ޔޫތު މިނިސްޓްރީއިން މިހާތަނަށް ކޮށްފައިވާ އާދަޔާ ޚިލާފު މަސައްކަތްތަކަށްވެސް މިދެންނެވި ޒުވާނުން ތައުރީފުކުރެއެވެ. ވަކިން ޚާއްސަކޮށް ވޭތުވެދިޔަ 30 ދުވަހު އެ މިނިސްޓްރީއިން ފިސާރި ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ޒުވާނުން އަންނަނީ މީސް މީޑިއާގައި ހާމަކުރަމުންނެވެ. ނަމަވެސް ޒުވާނުންގެ ވުޒާރާއިން ބުނާގޮތުގައި އެ މިނިސްޓްރީ އިން ކޮށްފައިވާ މަސައްކަތްތަކަކީ ހަރުދަނާ ލީޑަރެއްގެ ވިސްނުންފުޅާ އިރުޝާދުގެ ދަށުން މިނިސްޓްރީގެ ހީވާގި މުވައްޒަފުންނާއި އަތޮޅު ތެރޭގައި ޤާއިމްކުރެވިފައިވާ އެންމެހާ މުއައްސަސާތަކާ ކައުންސިލްތަކާއި ޒުވާނުންގެ މިންނެތް ބުރަ މަސައްކަތެވެ. އަދި ވޭތުވެދިޔަ 4 އަހަރާ 5 މަސް ދުވަހުގެ ކާމިޔާބީގެ އަސްލަކީވެސް އެއީ ކަމުގައި އެ މިނިސްޓްރީ އިން ބުނެއެވެ. ދެން ހިތަށް އެރީ ޒުވާނުން އެބުނާ ޔޫތު މިނިސްޓްރީގެ ވޭތުވެދިޔަ އާދަޔާ ޚިލާފު 30 ދުވަހާއި އެ މިނިސްޓްރީ އިން ކުރެވިފައިހުރި މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ތަފާސް ހިސާބުތައް ހޯދާލުމަށެވެ.

ގއ.ގެމަނަފުއްޓަށް ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ

ވޭތުވެދިޔަ 30 ދުވަހަށް ބަލާލާއިރު ޔޫތު މިނިސްޓްރީއިން ވަނީ އާބާތުރަ ފިލުވުމަށްފަހު 14 ޒުވާނުންގެ މަރުކަޒަކުން ޚިދުމަތްދޭން ފަށާފައެވެ. އަދި އިތުރު 4 ޒުވާނުންގެ މަރުކަޒު މުޅިން އަލަށް ހުޅުވިއެވެ. އެއީ ހއ.ހޯރަފުއްޓާއި، ނ.ކެނދިކުޅުދޫ، ނ.މިލަދޫ އަދި ތ.މަޑިފުށި ޒުވާނުންގެ މަރުކަޒެވެ. ޒުވާނުންގެ ވުޒާރާއިން 30 އަށްވުރެން ގިނަ ރަށްރަށަށް ކުޅިވަރު ސާމާނު މިދެންނެވި 30 ދުވަހުގެ ތެރޭގައި ފޯރުކޮށްދިނެވެ. ލައިޓްތައް ނުދިއްލި މައްސަލަޖެހިފައިވާ 22 ރަށަކަށް 125 ލައިޓް ފޯރުކޮށްދީ ސްޕޯޓްސް އެރީނާ ކޯޓުތަކުގައި ހަރުކުރިއެވެ. މީގެ އިތުރުން އެ މިނިސްޓްރީއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވަރުބަލިކަމެއްނެތި ދަތުރުކޮށް ސްޕޯޓްސް އެރީނާގެ ހާލަތު ދެނެގަނެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށް އިންތިޒާމްތަކެއް ހަމަޖެއްސިއެވެ.

އުފާވެރި ފިތުރު ޢީދު އައިސް ބޯމަތިވަނީއެވެ. އަދިވެސް ޔޫތު މިނިސްޓްރީއިން ރަށްރަށަށް ކުރާ ދަތުރުތައް ހުއްޓުމަކަށް ނާދެއެވެ. މި ހިނގަމުންދާ ހަފްތާއަށް އެކަނި ބަލާލިޔަސް މިހާތަނަށް ބ.އަތޮޅުގެ ހުރިހާ ރަށަކަށް އެ މިނިސްޓްރީއިން ކުޅިވަރު ސާމާނު ފޯރުކޮށްދީފިއެވެ. އަދި އެ މިނިސްޓްރީއިން ގއ.ގެމަނަފުއްޓަށް ކުޅިވަރު ސާމާނު ފޯރުކޮށްދިންއިރު އެއަތޮޅު ވިލިނގިލި އަދި ކޮލަމާފުއްޓަށް ވަނީ ކުޅިވަރު ސާމާނުގެ އިތުރުން ޕްރޮޖެކްޓަރ ތައްވެސް ހަވާލުކޮށްފައެވެ. މީގެ އިތުރުން ގދ.ހޯޑެއްދޫ އާއި ގދ.ފިޔޯރީ އަށްވެސް ޒުވާނުންގެ ވުޒާރާއިން ޕްރޮޖެކްޓަރާ ކުޅިވަރު ސާމާނު ފޯރުކޮށްދީފައިވެއެވެ. މި ތިން އަތޮޅުގެ އިތުރުން ވ.ފެލިދޫއަށް ކުޅިވަރު ސާމާނު ދީފައިވާއިރު އައްޑޫ ސިޓީ މަރަދޫ ފުޓްސަލް ދަނޑުގެ ލައިޓްތައްވެސް މީގެ ދެ ދުވަސް ކުރިން ބަދަލުކުރިއެވެ. އަދި ހައުސިންގ މިނިސްޓްރީގެ އެހީތެރިކަމާއެކު މަރަދޫ ފޭދޫ ފުޓު ބޯޅަ ދަނޑުގެ ބިންގަނޑު ލެވެލްކުރެވުނެވެ. މިއީ ޒުވާނުން މީސް މީޑިއާގައި ހާމަކުރާ 30 ދުވަހުގެ ވާހަކައިގެ ޚުލާސާއެކެވެ.

 

ބ.ކެންދޫއަށް ކުޅިވަރު ސާމާނު ހަދިޔާ ކުރަނީ

މިސަރުކާރުން ޒުވާނުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ ސުވާލު އުފެއްދި ފަރާތްތަކަށް ގިނަ އަދަދެއްގެ ޒުވާނުން ރައްދު ދީފައިވަނީ ޒުވާނުންގެ ވުޒާރާއިން ވޭތުވެދިޔަ 4 އަހަރާ 5 މަހެއްހާ ދުވަހު ކޮށްފައިހުރި މަސައްކަތްތަކުންނެވެ. އެ ޒުވާނުން ބުނަމުންދަނީ ލައްކައަކަށްވުރެން ގިނަ ވަޒީފާ އުފެދިއްޖެ ވާހަކައެވެ. 120 އަށްވުރެން ގިނަ ޕްރޮގްރާމްތައް ޒުވާނުންގެ މެދުގައި ހިންގި ވާހަކައެވެ. މި ޕްރޮގްރާމްތަކުގައި ލައްކައެއްހާ ޒުވާނުންގެ ޝާމިލުވުން އޮތް ވާހަކައެވެ. ރިޔާސީ ދައުރު ނިމޭއިރު 35 ޒުވާނުންގެ މަރުކަޒު ހުންނާނެ ވާހަކައެވެ. އަދި 80 ފުޓްސަލް ދަނޑާއި 83 ވޮލީ ކޯޓާއި 93 ބަށި ކޯޓުގެ އިތުރުން 49 ފުޓު ބޯޅަ ދަނޑާއި 44 ނެޓް ބޯޅަ ޤާއިމްކުރިވާހަކައެވެ. އަދިވެސް އެ ޒުވާނުން ދައްކަމުންދާ ވާހަކަ މަދެއް ނޫނެވެ. ކުޅިވަރުގައި ހަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ ވާހަކަ އެ ޒުވާނުން ހުއްޓުމެއްނެތި ދައްކަނީއެވެ. ކުޅިވަރުގެ ރޮނގުން ޤައުމަށް ރީތި ނަން ހޯދާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރާ ވާހަކަވެސް ދައްކަނީއެވެ. ފަންނުވެރިންގެ އަގު ވަޒަން ކުރުމާއި ދިވެހި ފަންނުވެރިކަމަށް ރައީސް ޔާމީން ދެއްވާ ޚާއްސަ އަހަންމިއްޔަތުކަމުގެ ވާހަކަވެސް ދައްކަނީއެވެ. މިއީ އަޅުގަނޑުމެން ދައްކާ ވާހަކައެއް ނޫނެވެ. މިއަދު އަތޮޅުތެރޭގައި ދިރިއުޅޭ ޒުވާނުންގެ ތައުރީފް ރައީސް ޔާމީނަށް އޮހެނީ "ޝުކުރިއްޔާ ރައީސް ޔާމީން" އޭ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަތަފޮޅި

    ކެނެރީގޭ ނަޝީދު ޒުވާނުންނަށް ވިއްކީ މާމޮޅު އެއްޗެއް. އެއީ ބިރެއްނެތި މަޖާކުރުން މިއެވެ.

    • ޅޮސް

      ތިބުނީ ހެޔޮކޮށް....އޭނަ ކުރިހާވެސް ކަމަކީ ޔަހޫދީންނާއިއެކު އެއްބަސް ވެފައިވާގޮތަށް މިގައުމުގެ ޒުވާނުން ގެއްލުމާއި ހަލާކުގެ ތެރެއަށް ވައްދާ ނަރަކަޔާ ދިމާއަށް ލަވަމުން ގެންދިއުން...އެއީ ނުބާ މީހެއް.

  2. މަޒް

    ހޫން... މުޅި ަރާއްޖޭގެ ޒުވާނުންވެސް ޔާމީނަށް ސަނާ ކިޔަނީނުން މިއޮއް.. ނުވިތާކަށް މުޅި ދުނިޔެވެސް އެއް އަޑަކުން ޔާމީނުގެ މޮޅު ވާހަކައެއްނުން މިއޮއްދައްކަނީ..