މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލާގައި ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އެއީ ރޭޕް ކޭސްއެއް ނޫންކަަމަށް ބުނެ މަންޒަރު ދުށް މީހަކު ދިގު ބަޔާނެއް ފޭސްބުކްގައި ލިޔުނެވެ. ޖިންސީ މައްސަލަތަކާއި، ޖިންސީ ފުރައްސާރަ އާއި އަދި އެފަދަ ކަމަކަށް ހިތްވަރު ދޭ މީހުން ދެކެ ދިވެހިން އިންތިހާއަށް ރުޅި އަންނައިރު، އެފަދަ މައްސަލަތައް އަވަހަށް ބަލާ ފިޔަވަޅު އަޅަން ދިވެހިން ބޭނުން ވެއެވެ. އަދި އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދޭން ވެސް ދިވެހިން ބޭނުން ވެއެވެ.
އެހެންވެ މި ރޭޕްގެ މައްސަލަ ފެންމަތިވުމާއެކު ވެސް ދިވެހިން ކެކި ގަތީއެވެ. އެތަނުގައި ހިނގީ ރޭޕްގެ އަމަލެއް ކަމަށް ބުނެ އެތައް ވާހަކައެއް މިހާރު ވެސް ދެކެވެމުންދެއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާގެ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އެވަގުތު އަންހެން މީހާ ބިންމައްޗަށް ވެއްޓުމުން ދެމީހަކު ވެގެން ގަދަބާރުން އަންހެން މީހާ ގޯޅިގަނޑެއްގެ ތެރެއަށް ވެއްދިއެވެ. އެކަކު ހިފަނީ އަންހެން މީހާގެ ފައިގައެވެ. އަނެކަކު ކޮނޑުގައެވެ.
އެކަން ހިނގަމުންދިޔަ އިރު، އެ މީހުން ކުރިމަތިން ވެސް މީހަކު ހިނގާފައިދާ މަންޒަރު ފެނެއެވެ.
އެ ވީޑިއޯއިން ފެނުނު މަންޒަރުތަކަށްބަލާއިރު، ހަމަ އެފަދަ ކަމެއް ހިނގާފާނެ އެވެ. އެއީ އަންހެން މީހާގެ ނުރުހުމުގައި އެފަދަ ތަނަކަށް ވެއްދީމައެވެ.
މި ވީޑިއޯ އާއްމުވި ފަހުން، އެ އަންހެން މީހާ އެއީ ރޭޕްއެއް ނޫން ކަމަށް ބުނާ ވީޑިއޯއެއް ވެސް ވަނީ މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ.
އެ ވީޑިއޯގައި ފެނިގެން ދަނީ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ އެވެ. އޭނާ ދުންފަތުގެ އިސްތިއުމާލު ކުރާތަން އެ ވީޑިއޯއިން ފެނިގެންދާއިރު، އެ ވީޑިއޯއިން ފުރަތަމަ އަޑުއިވިގެން ދަނީ އެ ހާދިސާ ހިނގި ގޮތް ކިޔަދިނުމަށް މީހަކު ބުނާ އަޑެވެ.
އެގޮތުން އޭނާ ކުރި މެސެޖެއް، "ވިޝަންޓޭއަށް" ގެޓްވީ ނުބައި ކޮށް ކަމަށް ބުނެފައި ވެއެވެ.
"ރޭޕް ކުރާ ކަށް ނޫން އުޅުނީ، އަހަރެން އަދިވެސް ނުދެވޭ ފުލުހުންނަށް ބަޔާނެއް". އެ ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.
އެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނެފައި ވަނީ ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި، ހުންނަ ހިމަ ގޯޅިގަނޑަކަށް ވައްދައިގެންނެވެ.
މި މައްސަލާގައި ހިމެނޭ އަންހެން މީހާ އާއި އެ މައްސަލާގައި ހައްޔަރު ކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން ކަމަށް ވެއެވެ. އެ މައްސަލާގައި އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެެކެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.
ރޭޕްކުރިއަސް ނުކުރިއަސް މަގުމަތިން ފެނިގެންވާނެ މަންޒަރެއްނޫން އެއީ އަކީ ، އެމީހުންނަށް އަދަބު ލިބެންޖެހޭނެ
މަގުމަތިން އެކަންޏެއް ނޫން އެއްވެސް ތަނެއްގަ ހިނގައިގެން ވާނެ އަމަލެއްނޫން މިއީ
ގޭންގުން އަންހެންމީހާއަށް ބިރު ދެއްކީދޯ....މައްސަލަ ދޫކޮއްލަން....
ގޭންގަކުން ބިރެއް ނުދައްކާ. ވާނުވާ ނޭނގި ކޮމެންޓު ކުރާތި އަދިވެސް.
އެއީ ހަމަވީގޮތަކީ....
މިހާރު މިއުޅޭ ބައެއް އަންހެންކުދިންނަށް މާހޮޓުވެގެން އުޅޭ ފިރިހެނުންގެ ހާލަތު. ކޯއްޗެއްބާ އެމީހުން ފަރާތުން ލިބެނީ. ބޭނުން ވަނީ އަތްއިސްކުރާ އަނިޔާކުރާ ލިބޭހައި ލާރިއެއް އަތުލައި ބިރުދައްކައިގެން ބޭނުންހާ ކަމެއްކޮށް ގޮޅި ގަމީހުގައި ދުވާ ސިނގިރޭޓު ކުނިވަހުގައި އުމުރު ދުއްވާލަން. އަންހެނެއްގެ ހައިސިއްޔަތުން މިބުނަނީ އަންހެންކުދިން އަމިއްލައަށް މިލިބިގަންނަ ނިކަމެތިކަމެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ.
މިލިޔުން ރަނގަޅު... މި ހެން ތާ ހުރި ކޮށް ލިޔެބަލަ. ތެޅުބާލާއި އަވަސް އަރުވަާލައިގެން ތާކުން ތާކު ނުޖެޙޭ ގޮތަށް ނުލިޔެ. ޝުކިރިއްޔާ.
ފުލިހުން އެއަންހެން ކުއްޖާ ގެ މައިން ބަފައިންނާ ސުވާލު ކޮށްލަ ބަލާށެވެ.
އެކަކު ގަޔަށް އަނެކަކު އަތްލުމަކީ އެމީ ހެއްްގެ ޙައްޤަށް އަރައިނުގަތުން ކަމަށް ދެއްކޭނެ އެއްވެސް ދަލީލެއް ނޯންނާނެ.. އެއީ ކޮންމެ ދީނެއްްގެ ކޮންމެ މީ ހަކު ކުރިޔަސް އިންސާނިއްޔަތާ ފުށޫއަރާނެ އެ މައްސަލަ. އަމުދުން މާތް ކަލާނގެ މި ހާ މާތްކުރައްވާ ތައްޔާރުކުރައްވާފާ އޮތް މަ ހެއްގާ އެފަދަ ފާސިދުކަމެއް ކޮށް ރައްޔިތުންނައްވެސް އެ މަންޒަރު ފެނިފާ އޮވެމެ އެއް މައްސަލައެއްގާ ދެގޮތަށް ވާ ހަކަދެއްކީމާ އާންމުންނަށް ވަރަށް އޮޅުންއަރާނެ އެ މައްސަލަ... ރަނގަޅަށް ސާބިތުކޮއް ހުއްޖަތްދެއްކޭވަރުވީމާ ޚަބަރު ލިޔޭ...
އަލިފާނަށް ދަރުއެޅުމުގެ ބަދަލުގައި އަލިފާނަށް ފެންއެޅުން ރަނގަޅެވެ.
ދޮގުތެދު ނުބަލަ އި، ނޫސްތަކުގަ އި ވާހަކަ ފަތުރާލަނީ އެވެ.
ސަފާރީ ރޯޔަލް ރޭޕް ކޭސްއާ އެއްވެސް ތަފާތެއް ނަތް. އިއްޒަތްތެރި މެނބގެ އަރިސް ބޭފުޅުންވީމަ ވާނީ އެހެން.
އެ ވީޑިއޯ ބަލާފަ ފުރަތަމަވެސް ހީވި އަންހެން ކުއްޖާ ދަންނަ މީހެކޭ އޭނަ އަތުގައި ހިފައިގެން އެހެން ގެންދިއައީ. ދެން އިންތިޒާރުކުރީ އަންހެން ކުއްޖާ އެކަމާ ބެހޭ ގޮތުން ބުނާ އެއްޗެއް އިވޭނެ އިރަކަށް.