މާލެ މަގުމައްޗަކީ އަމާން މަގުތަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި، އެ މަސައްކަތް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަން ދޭނެ ކަމެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިންގ މިނިސްޓަރ. ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ، މިދިޔަ ހަފްތާ ހުކުރު ދުވަހު މާލެ މަގުމަތީގައި އަންހެނަކު ދަމާފައި ގެންގޮސް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.

މާލެ މަގުމަތީގައި ނުރައްކާތެރި އެތައް ހާދިސާއެއް ހިނގަމުން އަންނަ ދުވަސްވަރެއްގައި ޑރ. މުއިއްޒު ކުރެއްވި އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ، މާލެ މަގުމައްޗަކީ އަމާން މަގުތަކަށް ހެދުމަށް ވަރަށް އިސްކަންދީގެން ކަމާ ބެހޭ އެންމެހާ ފަރާތްތަކާއި ގުޅިހެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ސިޓީ ކައުންސިލުން އިސްކަން ދީގެން ކުރާނެ ކަމެއް ކަމަށް ހަދާނެ ކަމަށެވެ.

މާލެ މަގުތަކުގައި އެކިސްޑެންޓްތައް ހިނގުމާއި، ވައްކަމާއި، ފޭރުމާއި، އަދި އެ ނޫންވެސް އެތައް ހާދިސާއެއް ހިނގައެވެ.

މިފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް އާއްމުން ދިން ހިޔާލަކީ މަގުތަކުގައި ފުލުހުން އިތުރު ކުރުމާއި، ކެމެރާތައް ހަރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަހުމަދު ނީޒް

  މާލޭގެ މަގު އަމާން ކުރުމެއް ނޫން ހަމަ އެކަނި ކުރަންވީ . ސާފު ތާ ހިރު ތަނަކަށް ހެދުމާ ހަމައެއް ލަމައެއް ޖެއްސުމަށް ވަގޮތައް ގޭގެ ދޮރުމަތީގަޔާ ކަންކަން މަތީ ޕާކް ކޮށް މާލޭގެ ރީތިކަން ގެއްލޭ ގޮތައް ކުރާ ކަންކަމާއި ގޯތި ބަ ހާފަ ނަގާ ގޯޅީގައި ހުރި ޤަވާއިދާ ޚިލާފް ތަނބުތަކާ. ގޯޅީގަ އިންނަން ޖެ ހޭ 4 ފޫޓް ކަށަވަރު ކޮށްދިނުމާއި އެމީ ހަކު ބޭނުންވާ އުސްމިނަށް ގެ ހެދޭނެ ގޮޔެއްވެސް ހަދަން ޖެ ހޭ.

 2. ރޔ

  މާލެ ސިޓީ ފުލުހުންގެ ވެރިޔަކަށް މާލެސިޓީ މޭޔަރ ހުރެގެން ނޫނީ މާލެ މަގުތައް އަމާން ނުކުރެވޭނެ. މާލެ ސިޓީ ފުލުހުންގެ ވެރިޔަކައް މޭޔަރ

  10
  1
 3. އޭނާ

  މާލެޔައްވެސް ދިވެ ހި ޤައުމަށްވެސް އަމާންކަމާ ހެޔޮ މުސްތަޤްބަލެއް އޮތީ އާންމު ރައްޔިތުންގެ ވިސްނުމާ އަޚްލާޤާ އުޅުން އިސްލާ ހުވީ ދުވަ ހަކުން. ( އަލް އިސްލާމް) ގެ އަސާސްތަކުގެ މައްޗަށް ރައްޔިތުން ރައްޔިތުންގެ ނަފްސުތައް އިސްލާ ހުކުރި ދުވަ ހަކުން. އެ ހެންނޫނިއްޔާ (މޭޔަރު) ކަމުގާ ވަކި މީ ހަކު ހުރުމެކޭ ނު ހުރުމެކޭ ވަކި ތަފާތެއް ނާންނާނެ. ބޮޑަށް ރަނގަޅުވާނީ (މޭޔަރަކު) ނެތިއްޔާ... (ސަން އޮންލައިންގެ ލިޔުންތެރިޔެއްގެ ބަސްކޮޅެއްގެ ޚުލާސާއެއް)

  1
  1
 4. ހޮޅި

  ހޮޅި ވާހަކަ

  4
  10
 5. އަސްތާ

  ފޮނި ނުކަޑާ، 7 އަހަ ރު ސަ ރުކާ ރެއް ހިތަކަށް ލިބިގެން މާލޭ މަގު ނުކުރ ރެވުނު އަމާނެއް ކިހިނެއް ދެން ކު ރާނީ.

  1
  3