މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 319 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ މިހާތަނަށް ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު މާލެ އިން 108 މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއަދު އަތޮޅުތެރެއިން ފައްސިވި މީހުންގެ އަދަދު 182 އަށް އަރައެވެ. އެހެންކަމުން މިއަދަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ރިސޯޓްތަކުން 21 މީހުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން އަށް މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިތުރުވެފައި ވަނީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިތުރު ވެގެންނެއް ނޫނެވެ. މިއަދު ވެސް ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3094 މީހުންނެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު 98 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ވަނީ ކޮވިޑް ބަލި މީހުންގެ ނުވަތަ އެކްޓިވް ކޭސްގެ އަދަދު 3207 އަށް އަރާފައެވެ. މިއީ އެކްޓިވް ކޭސްގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކްޓިވް ކޭސްގެ އަދަދު އެންމެ މައްޗަށް ދިޔައީ އޭޕްރީލް 02 ވަނަ ދުވަހު އެވެ. އެދުވަހު އެކްޓިވް ކޭސްގެ އަދަދު ހުރީ 3110 ގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 51 މީހަކު ވަނީ މިއަދު ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހުސެން232323

  އަދިވެސް ބަރުލަމާނީ ވޯޓާ، ބަރުބަރީ ވޯޓާ، އަނެކެއްޗަކާ ނުނެގިގެން ތެޅި ބާލާތި އަންނި. ހުވާ ބޮޑު ބ..އެއް. މުޅި ގައުމު ހަލާކުކޮށް ފަނާ ކުރަނީ. މިހާރު ރައްރަށް މިފުނޑާލީ

  53
  3
 2. ބޮލުރޮދި

  އަދިވެސް ވާނީގިނަ...އިންޑިއާއިން ޓޫރިސްޓުން ނޭ ކިއައިގެން އަންނަ މީހުން ހަބޭހައްގިނަ ، މުޅިރަށުތެރޭ އެމީހުން ފުރީކޮށް މިސްކިތްތަކުން ކައިލައިގެން ދުވަސް ހަމަވީމަ އެހެން ގައުމުތަކަށް ދިއުމުގެ ހުއްދަ ލިބޭ.....ގައުމެއްގެ ދަށުވެ ދިވެހިން ހަނާވަނީ، އަދިވެސް ތިލަފަތޭ ކިޔާލަ ކިޔާލަ ތިބޭ...

  63
  3
 3. ރެފްރީ

  ދެފަ އިގަހިފާ އާދޭސްކޮށްފަބުނަން
  މިކަން އާދަ އިގެކަމެ އްގެނުނަގާތި! ނުނަގާތި!
  މިހާރުދިވެހިރާ އްޖެ އަކީ އިންޑި އާގެ އެން އަވަށް
  .......... ވީމާ ވަރަށްވިސްނާތި!!!!

  43
  2
 4. ޢުދުޅި

  ގައިޑް ލައިންތަކުގައި ބާރަށް ހިފަހަޢްޓާ! ކަފަބުރު ބާނާ ޓެސްޓް ކުރަނިކޮށް އެވީ ކޮންޓްރޯލު!

  32
  2
 5. އަބްސީ

  އެޗްޕީ އޭގެ ހެޔޮ އެދުން ތަކާއެކު ފަތުރާ ބައްޔެއް ތީ، ހެކި އެބަހުރި

  34
  1
 6. އަޙްމަދް

  ފައްސީ ވީކީ ނޫން ފައްސި ކުރީ އެވެ.

  43
  1
 7. ާއަހުމަދު

  އަދިވެސް ކަރަނޓީން ވާން އިންޑިއާ މީހުން ފަތުރުވެރިންނޭ ކިޔައިގެން ގެންނާށޭ ބުނެ މައުސޫމް ކާރީ

  17
  1
 8. ޅަބޭ

  އަދިވެސް އިންޑިޔާއިން ކޭސްކޭޙުން މީހުންގެނެސް މުޅި ރާއްޖެ ފުރާލާ.

  16
 9. ގުދުގުދާބެއްޔާ

  މިއީ އިންޑިޔާ މީހުންގެ ނޮހޮރުއްޕާން. މިކަމާ ދިވެހިންގެ ބަޔަކު ނިކުންނަން ވެއްޖެ. ކަންތައްތައް މާގޯސް މިވަނީ މިހާރު. މިއީ އަހަރުމެންގެ ގައުމު ފާޑުފާޑަށް އުސޫލާ ޚިލާފަށް އައިސްގެން ހިތުހުތި ގޮތަކަށް ނޫޅެވޭނެ! ކުޅިދައްކާލަންވީ!

  17
 10. ބޯހަލާކު ތަކުރު

  މީ އަދު ކުރިއަށް ވުރެ މަދުން ޓެސްޓް ހެދީމަވެސް