މަގުމަތިން ހިނގާފައި ދިޔަ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި އިންޑިއާ މީހެއްގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވުމާ ގުޅިގެން އެ މައްސަލަ ފުލުހުން ފައިލްކޮށްފިއެވެ.

ޖިންސީ ގޯނާ ލިބުނު އަންހެން މީހާ ވަނީ އޭނާ ފުލުހުންނަށް ހުށަހެޅި މައްސަލަ ފައިލްކޮށް ފުލުހުން އޭނާއަށް ފޮނުވި ލިޔުން ޓްވިޓާގައި އާއްމު ކޮށްފައެވެ.

ފުލުހުން އޭނާއަށް ދީފައިވާ ލިޔުމުގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 22.08 ގައި ހިނގި މި ހާދިސާ ފުލުހުން ތަހްގީގުކޮށް ދަޢުވާކުރުމަށް އެދި ޕީޖީއަށް ފޮނުވި ކަމުގައެވެ. ތަހްގީގަށް ފަހު ދަޢުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވުމުން، ހެކި ބަހަށް ފުރިހަމަ ބުރަދަނެއް ދެވެން ނެތްކަމަށް ޕީޖީ އިން އަންގާފައިވާ ކަމަށާއި އަދި ލިބިފައިވާ ވީޑިޔޯ ފުޓޭޖުން ފެންނަ މީހާގެ ސިފަތައް އަޅާކިޔޭވަރަށް ސާފުވެފައިނުވާތީއާއި އިތުރު ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން މި ހާލަތުގައި ދައުވާކޮށް ސާބިތު ކުރެވިދާނެ ކަމަށް ޕީޖީ އަށް ނުފެންނާތީ މައްސަލަ އަނބުރައި ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށް ފުލުހުންގެ ލިޔުމުގައި ބުނެފައި ވެއެވެ.

މައްސަލާގައި ތުހުމަތުވަނީ ސަރަވަނަން ކަލިޔަމޫރުތީ ނަމަކަށް ކިޔާ އިންޑިޔާ ރައްޔިތަކަށެވެ.

އިންޑިއާ މީހާގެ ކިބައިން ޖިންސީ ގޯނާ ލިބުނު އަންހެން މީހާ ބުނެފައިވަނީ ފުލުހުން އަންނަންދެން އެ އިންޑިއާ މީހާގެ ގިރުވާނުގައި ހިފަހައްޓައިގެން އޭނާ ހުރި ކަމަށެވެ. އެކަން ހިނގީ ވެސް އެތައް ބައެއްގެ ކުރިމަތީގައި ފާހަގަކޮށް އޭނާވަނީ އިތުރަށް ބޭނުންވަނީ ކޮން ހެއްކެއްތޯ ސުވާލު ކޮށްފައެވެ.

ފަހަކަށް އައިސް އިންޑިއާ މީހުން ރާއްޖޭގައި ހިންގާ ޖިންއީ ކުށްތަކުގައި ދައުވާ ނުކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އިންޑިއާ މީހުންގެ ފަރާތުން ދިވެހި އަންހެނުންނަށް ކުރިމަތިވި ޖިންސީ ގޯނާގެ ހައެއްކަ މައްސަލައިގައި ޕީޖީ ވަނީ ދައުވާ ނުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ދުރުމީ

  ތިމައްސަލާގައި ސަބިތުވަނި އިންޑިޔާ މިހާގެ ގަޔަށް އަންހެންމީހާ އަތްލިކަން. އެތައްބައެއްގެ ކުރިމަތިގައި އިންޑިޔާ މިހާގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރިކަމަށް އަންހެން މީހާގެ އަމިއްލަ އިއުތިރާފުން އެބަ އެއްބަސްވޭ. ޝަމިމުއަށް ތި މައްސަލަ ފޮނުވަން ނުކެރުނި ދިވހި އަންހެން މިހާއަށް ހުކުމެއް އައިސްދާނެތީ ކަމަށް ވުން ގާތީ.

  39
  20
 2. އުގުރި

  ބޮޑުވަޒީރު އަދި ބޮޑުވަޒީރު ކަމުގެ ހުވާ ނުކުރެވޭ ކުޅިގަނޑު ފައްޓަވައިފި.

  63
 3. ރަބަރޭ

  އުންސުރު ފުރިހަމަ ނުވަނީ ދެއްތޯ ބޮޑުވަރު
  ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  67
 4. ޙހހހ

  ޕީޖީ އިންނަވާ އޮފީސްތެރޭ ތިކަން ހިނގިނަމަ ޔަޤީންވާނެ

  61
 5. ސަމާ މާލެ

  ސަމީމް ވެސް ހުރީ އެއްކޮޅައް ޖެހިފަ. ވަޒީފާ ގެއްލިދާނެތީ. މިއީ އިންޑިޔާއަށް ވިކިފަ އޮތް ސަރުކާރެއް.

  82
 6. ޞ

  އިންޑިއާ އައުޓު
  ރޭޕު ސަރުކާރު އިސްތިއުފާ

  79
 7. Anonymous

  އިންޑިޔާ ފިރިހެނުން ހިތުހުރި ގޮތެއް ދިވެހި އަންހެނުންނަށް ހެދުމަށް މިސަރުކާރުން ހުއްދަދީފައޮތީ ކަމަށް ތިވާނީ.

  80
 8. އަޙްމަދް

  އަދިވެސް އައްނިވެގެން އމޑޕ ވެގެން ރައްވެހި ފަތިސްވެގެން އުޅޭށެވެ.

  86
 9. ަްއަހުމަދު

  ދެން ލަލަލާ އަދިވެސް ހޭބަލިވޭ

  25
 10. ނޫކުލަ

  މިސްކިތްތަކުގަ ނޫކުލަ ލަމުން ދުވާ ޔަހޫދީ ބަައިގަނޑުގެ މީހެއް

  13
  1
 11. ކަނަމަނަ

  މަންޖެއައްނުވިސްނޭތަ ދިވެހިރާއްޖެމިހާރުމިއޮތީ އިންޑިޔާގެ ޖީބައްވެއްޓިފަކަން

  34
 12. ޅަތީފާ

  ސު ކުރިއްޔާ އިބޫ ސޯލިހޫ ދުވާ ރަނގަޅައްވެސް ދެއްވާފަހުރި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އިބިލީހެއް ކަލޭތީ ވޯޓް ކަލެއައް ހަރާންދެން

  25
 13. ޖާބެ

  އަމިއްލަ ކޯޓެއް އެބަޖެހޭ ހަދަން

  23
 14. Anonymous

  ދިވެހިންގެ ގައުމުގައި ދިވެހިން ނިކަމެތިވެފަ.

  32
 15. Anonymous

  އިންޑިޔާގެ ވެރިކަމެއްގައި ހިންދޫ ބުދު މީހުން މުސްލިމުންނަށް ހަދާނީ ތިހެން. ރޭޕް ެިންޑިޔާ ސަރުކާރެއް މިތާއޮތީ.

  29
 16. ކެޔޮޅު

  ބަލާނެކަމެއްނެތް ޝައްކެއް ވަސްވާހެއްއޮތް ކަމެއްނޫން ސޯލިހުޖަލަށްދާންޖެހޭނެ ގައުމަށް ގަށްދާރުވެއްޖެ އިސްލާމްދީނަށް ގަށްދާރުވެއްޖެ ރަށްޔަތުންނަށް ގަށްދާރުވެއްޖެ ހުކުމަކީ ޖަލު.

  17
  1
 17. ބޮލީވުޑު

  ދެތިން ހިންދީ ފިލްމު ބަލައިލަބަލަ ސިރީދޭވީ ނޫނީ ހެމާޔާ 'ޗީފް މިނިސްޓަރު' އުޅޭ ކަހަލަ. އޭރުން އެނގޭނެ ތިކަހަލަ މީސްމީހުންނަށް ހަދަންވީގޮތް.