23:13

ތިނަދޫން ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވެއްޖެ.

21:30

މަންމައިންނަށް ކޮވިޑް ޖެހިފައި ވަނިކޮށް ވިހޭ ތިން ކުދިން ވެންޓިލޭޓަރުގައި!

20:25

ރާއްޖޭގައި އެންމެ ގިނަ ދުވަސް ވަންދެން ކޮވިޑް-19 އަށް ފަރުވާ ދިން ބަލި މީހާ ހޮސްޕިޓަލުން ދޫކޮށްލައިފި

19:29

އއ. މަތިވެރިން މިއަދު ކޮވިޑް-19 އަށށް ފައްސިވި މީހުންގެ އަދަދު 33 އަށް އަރައިފި

18:45

67 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޓޯކިޔޯ މޮޓޯ ޝޯ ކެންސަލް ކޮށްފި

17:04

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނުނު ކ. އަތޮޅު ހުރާގެ މޮނިޓަނިން އުވާލައިފި،

16:30

އއ. މަތިވެރިން އިތުުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ 106 އަށް އަރައިފި

15:00

އިންޑިޔާއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ޕާކިސްތާނުން ދަރުމަވެރިންނާއި އެމްބިއުލާންސްގެ އެހީތެރިކަން ދޭން ނިންމައިފި

14:28

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިންޑިއާގެ ހޮސްޕިޓަލަކުން އޮކްސިޖަން ހުސްވުމުން ކޯޓުގެ އެހީއަށް އެދިއްޖެ.

13:17

ތ. އަތޮޅުން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެެ އަދަދު 200 އަށްވުރެެ އިތުރުވެއްޖެ.

11:48

ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 14 އަށް އަރައިފި.

10:51

އޮކްސިޖަން ނުލިބިގެން އިންޑިއާއިން ކޮވިޑް ބަލީގެ 20 މީހަކު މަރުވެއްޖެ.

10:32

އިންޑިއާއިން އަނެއްކާވެސް ދުނިޔޭގެ ރެކޯޑެއް: އިއްޔެ 345000 ފައްސި

10:10

ވެކްސިންގެ ނަތީޖާ: އިސްރާއީލުން ކޮވިޑްގައި މީހަކު މަރުނުވެ އެއްދުވަސް.

02:55

ލ. ގަމުން ތިން މީހަކު ކޮވިޑް-19އަށް ފައްސިވުމާއި ގުޅިގެން ފުޅިފައިވާ ގަން، ފޮނަދޫ އަށް އަރާ ފޭބުން މަނާ ކޮށްފި.

01:25

ލ. ގަމުން ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

00:58

އއ. މަތިވެރިން މިއަަދު ކޮވިޑް-19 އަށް ފައްސިވި އަދަދު 67 އަށް އަރައިފި.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިއަދު މާލެ އިން 108 މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއަދު އަތޮޅުތެރެއިން ފައްސިވި މީހުންގެ އަދަދު 182 އަށް އަރައެވެ. އެހެންކަމުން މިއަދަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ. މިއަދު ރިސޯޓްތަކުން 21 މީހުން އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުން އަށް މީހަކު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިތުރުވެފައި ވަނީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އިތުރު ވެގެންނެއް ނޫނެވެ. މިއަދު ވެސް ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3094 މީހުންނެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާރު 98 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދު ވަނީ ކޮވިޑް ބަލި މީހުންގެ ނުވަތަ އެކްޓިވް ކޭސްގެ އަދަދު 3207 އަށް އަރާފައެވެ. މިއީ އެކްޓިވް ކޭސްގެ އަދަދު މިހައި މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެކްޓިވް ކޭސްގެ އަދަދު އެންމެ މައްޗަށް ދިޔައީ އޭޕްރީލް 02 ވަނަ ދުވަހު އެވެ. އެދުވަހު އެކްޓިވް ކޭސްގެ އަދަދު ހުރީ 3110 ގައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ސަރުކާރުން ކޮވިޑް ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަނީ ކިތައް ރައްޔިތުންތޯ!

    2
    3