އއ. މަތިވެރިން މިއަަދު ކޮވިޑް-19 އަށް ފައްސިވި އަދަދު 67 އަށް އަރައިފި އެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 86 އަށް އަރާފައެވެ.

ގިނަ ގެސްޓްހައުސްތައް ހިންގަމުން އަންނަ މަތިވެރީގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު، އެރަށުން މިހާރު ފައްސިވަމުންދާ ގިނަ މީހުންނަކީ ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ފައްސިވަމުންދާ މީހުންނެވެ.

މަތިވެރިއަށް ކޮވިޑް ފެތުރުނު ސަބަބެއް ނޭނގެއެވެ. ނަމަވެސް އެރަށުން ކޮވިޑް ފެނުނު އިރު ވަރަށް ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން އެރަށުގައި ތިބި ކަމަށް ރަށުގެ އާއްމު ރައްޔިތުން މައުލޫމާތު ދީފައި ވެއެވެ. އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން މަތިވެރިއަށް ގޮސްފައި ވަނީ ވެސް މެދުއިރުމަތީގެ ގައުމުތަކަށް ދިއުމުގެ ކުރިން ކަރަންޓީން ވުމުގެ ބޭނުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖަނާޒާ

  އިންޑިޔާ ފަތުރުވެރިން މުޅި ރާއްޖޭގައި ! ވ ދެރަ

  • ާއަހުމަދު

   މިއަހަރު ނިމޭއިރަށް 2މިލިއަން ފަތުރުވެރިން ހަމަކުރެވޭތޯ މިބަލަނީ

   1
   2