ލ. ގަމުން ކަރަންޓީންގައި ނެތް ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަަށުން ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އެރަށާއި، ގުޅިފައިވާ މާންދޫން މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި ވޭދަނަތަކާއި ގުޅިގެން މިހާރު އެރަށަށް އަރާއި ފޭބުން ވަނީ މަނާކޮށްފައެވެ.

ގަމު ކައުންސިލުން ބުނީ، ގަމުން ތިން ފަރާތެއް ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިހާރުން ފެށިގެން އެރަށަަށް އަރާއި ފޭބުން މަނާ ކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

"ފައްސިވެފައި ވަނީ މުކުރިމަގުގެ ތިން ފަރާތެއް ވުމުން އެއް އަވަށުން އަނެއް އަވަށަށް ހާއްސަކޮށް މުކުރިމަގަށް އަރާއި ފޭބުމަކީރައްކާތެރި ކަމެއް ނޫން" އެރަށު ކައުންސިލުން ބުންޏެވެ.

ގަމުން ފައްސިވި ތިން މީހުންގެ ތެރެއިން އެކަކީ މާންދޫ ކޮވިޑަށް ފައްސިވި އިހަލާއި (ކްލަސްޓާއާއި) ގުޅުން ހުރި މީހެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް ދެން ފައްސިވި ދެމީހުންނަކީ އެއިހަލަށް ނިސްބަތްވާ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ކައުންސިލުން ނުބުނެއެވެ.

ގަމުގެ ވަރަށް ގިނަ އަދަދެއްގެ މީހުން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު