ހިޔާ ފްލެޓުތަކަށް ކައްކާ ގޭސް ފޯރުކޮށްދޭނީ ގޭސްފުޅިތައް ތިރީގައި ފުޅި ބަހައްޓައިގެން ހޮޅިއެއް މެދުވެރިކޮށް ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެެވެ.

އެ ކޯޕަރޭޝަނުގެެ މެނޭޖިން ޑިރެެކްޓަރ ޝުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓުގެ 6000 އަށްވުރެެ ގިނަ އެޕާޓުމެންޓަށް ގޭސް ފޯރުކޮށްދިނުމަކީ ދަތި ކަމެއް ކަމަށާއި، އެހެން ކަމުން މި އެޕާޓްމެންޓުތަކަށް ގޭސް ފޯރުކޮށްދެމުން ދާނީ ހޮޅި އަޅައިގެން ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ގުރުއަތުލުމުގެ މަރުހަަލާ މިހާރު ކުރިއަށް ދާއިރު ފްލެޓުތަކުގައި މީހުން އުޅެން ފެށުމުގެ ކުރިން ގިނަ ހިދުމަތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް އެެޗްޑީސީން އަންނަނީ ކުރަމުންނެވެެ.

ހިޔާ މަޝްރޫގެ ފްލެޓުތައް ހުންނަ ސަރަހައްދުގައި މީހުން އާބަދުވާން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ފިހާރަ، ބަސް ސްޓޮޕް އަދި އެހެނިގެން އާންމުންގެ ޒަރޫރީ ބޭނުމަށް ތަންތަނާއި އިންތިޒާމް އެޗްޑީސީން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެ ސަރަހައްދުގައި ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ބޮޑުބައި ނިމިފައިވާކަަމަށް އެެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    ކޮތަރުކޮށި ގޭސް

  2. ދ

    ރިހާކުރު ހޮޅިޔާ އަިސްކުރީމާ ގަރުދިޔަ ހޮޅި ކަލޭމެނަށް އެޅޭނީ... ތިއުޅެނީ މުޅި އިމާރާތްތައް ބިމާހަމަކޮށްލެވޭނެ ހީލަތެއް ެެާވަންr