ތ. އަތޮޅުން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެެ އަދަދު 200 އަށްވުރެެ އިތުރުވެއްޖެއެެވެ.

ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއް އޮންނަ އިރު، ހަތް ރަށެއްގައި ބަލި ފެތުރި، އެ ރަށްތަކަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މިއީ މާލެ ފިޔަވައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އަތޮޅު ކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް އައިއިރު، އެ އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 ފެނުނީ ތ. ވިލިފުއްޓާއި ތ. އޮމަދޫ އާއި ތ. ގާދިއްފުއްޓާއި ތ. ތިމަރަފުއްޓާއި ތ. ވޭމަންޑޫ އާއި ތ. މަޑިފުއްޓާއި ތ. ކިނބިދޫންނެވެ.

އެއަތޮޅުން އެންމެ ފުރަތަމަ ކޮވިޑްގެ ވޭދަނައެއް ފެނި މޮނީޓަރިންގެ ހާލަތަށް ގެެނައީ ވިލިފުއްޓެވެ. ވިލިފުށިން މީހަކު މި ބައްޔަށް ފައްސިވީ މިމަހުގެ ފަސް ވަނަ ދުވަހުއެެވެެ. ޖުމްލަ 16 މީހަކު މި ބައްޔަށް އެރަށުން ފައްސިވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 10 މީހުންނެވެ.

ވޭމަންޑޫ މޮނިޓަރިންއަށް ލާފައި ވަނީ މިމަހުގެެ ނުވަ ވަނަ ދުވަހުއެެވެ. އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 164 އަށް އަރައިފައެވެ. ހުކުރު ދުވަހު އެކަނިވެސް 14 މީހަކު ވެރިކަންކުރާ ވޭމަންޑޫއިން ވަނިީ ފައްސިވެފައެވެ. އެެރަށުން 711 ސުންކު މިހާތަނަށް ނެެތި އިރު 420 ސުންކެއް ވަނީ ނައްސިވެެފައެވެެ.

ކިނބިދޫއިން ފައްސިވެފައި ވަނީ 20 މީޙުންނެެވެ. އޮމަދޫއިން ތިން މީހުން އަދި ގާދިއްފުށިން 14 މީހަކު ވަނީ މިހާތަނަށް މި ބައްޔަަށް ފައްސިވެފައެވެ. މަޑިފުށިން ހަތަރު މީހަކު ބައްޔަށް ފައްސިވެފައި ވާއިރު ތިމަރަފުށިން ދެ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޫއަހްމަދު

    މިކަން މިގޮތަށް ދިމާވީ ކެންޕެއިން ތެރޭގައި. ބަޔަކު ގަބޫލް ނުކުރިއަސް މީހަގީގަތް. އަދި ތ.އަތޮޅުގައި މިހާބޮޑަށް ޚާއްސަކޮށް ވޭމަންޑޫ ގައި މިހާބޮޑަށް ފެތުރުނީ ހޮސްޕިޓަލްގެ އިހުމާލުން.

    8
    1
  2. ހަޤީގަތް

    ކިނބިދޫ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އިން ފައްސިވީ އަދަދު 9 4