މާފުށީ ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ތަކަކާއި އޮފިސަރުން ތަކެއް ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކަންބޮޑުވާ ކަމަށާއި، އެހެންކަމުން ރައީސް ޢަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން ބަލައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާ ކޯލިޝަންގެ ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ސާފު މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާ ކަމަށެވެ/

އަދި ފައްސިވި އޮފިސަރުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓަވާ އޮފިސަރެއްވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މިއީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ރަމަޟާން މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައިވަނިކޮށް މާފުށީ ޖަލުން ކޯވިޑް 19 ފެނި، ރައީސް ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަދި މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ޙައްޤު ނޫން ޙުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ 2 ވަނަ ރަމަޟާން މަހެވެ". އެ ބަޔާނުގައި ވެއެވެ.

އެ ކޯލިޝަނުން ބުނީ، ރައީސް ޔާމީނަަށް ސިއްޙީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    ތީކީ ރައީސް މީހާއަކަށް ވެސް ވާނެކަ މެއްނޫ ސީދާ އޯޑަރު އަންނާނީ އިންޑިޔާ އިންނެވެ.

    3
    1
  2. ޤ. ހައްޤު

    މާތްﷲ ޔާމީނަށް ރައްކާތެރިކަން ދެއްވާށިއެވެ! ޔާމީނު މިހާރުންމިހާރަށް ގެއަށް ބަދަލުކޮށްދެއްވުން އެއީ ރައްޔިތުންގެ އެދުމަކީ