މާލޭގައި ބަނގުރާ ކައްކައިގެން އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ގެޔަކަށް ފުލުހުން ވަދެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިކަމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ވަދެފައިވަނީ ހ. ޔާރު ނަމަކަށްކިޔާ ގެއަކަށެވެ. ފުލުހުން އެގެޔަށް ވަދެފައިވަނީ މިރޭ 1:45 ހާއިރު އެވެ. އެގެއިން ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެތި ފެނިފައެވެ.

"ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ، މިކަން ފުލުހުންނަށް މިރޭ ރިޕޯޓު ކުރީ، އެ ގެ ހުރި ސަރަޙައްދުން ބަނގުރާވަސް ދުވަމުންދާތީ ޢާންމުންގެ ބައެކެވެ. ފުލުހުން އެގެއަށް ދިއުމުގެ ކުރިން، ބަނގުރާ ކެއްކުމުގައި ބޭނުންކުރުމަށް ކަމަށް ބެލެވޭ ބައެއް ތަކެތި ފޮށިގަނޑުތަކެއްގައި ނެރެ، އެގެ ކައިރިން މަގުމަތީގައި ބަހައްޓާފައި ހުރިއިރު، އެގެއަށް ފުލުހުން ވަދެ ދެ މީހަކު ހައްޔަރުކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

ހ. ޔާރު އިން ފުލުހުން ބައެއް ތަކެތި ނެރެފައި

ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު އެގޭގެ ތެރޭގައި ޙަރަކާތްތެރިވަމުންދާއިރު، ފުލުހުން ވަނީ ގިނަ ޢަދަދެއްގެ ތަކެތި އެގެއިން ނެރެގެން ގެންގޮސްފައެވެ. މި މައްސަލަ އާއި ގުޅިގެނ މިރޭ ދެ މީހަކު ހައްޔަރުކުރީ، ބަނގުރާ ކައްކަމުން ދަނިކޮށް ކަމެއް، ނުވަތަ އެމީހުން އަތުލައިގަތް އިރު ގޭތެރެއިން ބަނގުރާ ފެނިފައިވާކަމެއް އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 3ނިރު

    އަންނި ބުނާ ބިރަކާނުލާ މަޖާކުރާގޮތް އެއީ އެކަން އެގޮތަށް ނުކުރެވޭތީ މިސަރުކާރަށް ތާއީދު ނުކުރަނީ މިހާރުވެސް ހުރިހާ ހަރާންކަމެއް މިސަރުކާރުން ހުއްދަކުރޭ ވަރަށް ސަރުކާރަށް ތާއީދު ބޮޑުވާނެ

    • ޙާރލީ

      ގައިގަނޑަކަށް ހަމަ މިހާރުވެސް ހުއްދައޭ. ސަރުކާރަށް ތާއީދު ކުރާ މީހާ މަސްތުވާ އެއްޗެހި ވިއްކާ ވިޔަފާރި ކުރިޔަސް ހަމަ އޯކޭ ދޯ. އަނގައެއް އޮތީމަ ބުނަނީ ވިއްޔާ ދޯ..

  2. އިއްސެ

    ފުލުހުންނަށް ރިޕޯޓުކުރާއިރަށް ތިކައްކަންތިބި މީހުނަށް އެކަން އިނގުނުގޮތެއް ތަހުގީގުކުރުން މާމުހިއްމުކަންނޭނގެ.

  3. ާަާހަސަން

    މިގައުމުގަ އަދިވެސް ތިކަންކުރާމީޙުންނަށް ލިބޭ އަދަބުލުއިވީމަ ވާނީތިހެން ހަރުކަށި އަދަބު ލިބެން ޖެހޭ.

  4. ކެނެރީ ސޮނި މުގާބޭ

    ނަސީދު އަމުރަށް ރީދޫ މީހުން ޖަހާ ސަކަރާތްދޯ

  5. ކިޔާ

    މިއޮއް ރަމަޟާންމަހުގެ ފަހުދިހައިގަ މިމީހުން އަވަދިނެތި ހޭބޯނާރާ މިއުޅެނީ ﷲ ހަރާމް ކުރެއްވި ކަންކަން ކުރުމުގަ.ހިތާމައިގެ ކޮޅެއްނެތް.ޒުވާން ޖީލު ހަލާކުގެތެރެއަށް ވެއްޓިފަވާމިންވަރު ފެނުނީމަ ދެރަވޭ.ހިތަށް ދަތިކަން ލިބޭ.