ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނުނު ކ. އަތޮޅު ހުރާގެ މޮނިޓަނިން އުވާލައިފި އެވެ.

ހުރާ މޮނީޓަރިންގ ހާލަތަށް ގެނެސްފައި ވަނީ އިން އެެަށުބް މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. އެ ރަށް މޮނީޓަރިންގެ ހާލަތަށްގެނެސްފައި ވަނީ މާރިޗް 22 ވަނަ ދުވަހު އެވެ.

ހުރާ އިން ޖުމްލަ 175 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން 161 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހުރާ އަކީ އަތޮޅު ތެރޭގެ ރަށްތަކުން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ރަށްތަކުގެ ތެރެއިން އެއް ރަށެވެ.

އެރަށުުން މިހާރު ކޮވިޑްގެ ވޭދަނައެއް ނުފެންނަތާ ހަތަރު ދުވަސް ވަނީ ވެފައެވެ.

އެރަށުގެ އިތުރުން، ތ އަތޮޅު ވިލުފުފުށިވެސް ވަނީ މިހާރު ހުޅުވާލާފައެވެ.