އއ. މަތިވެރިން މިއަދު ކޮވިޑް-19 އަށށް ފައްސިވި މީހުންގެ އަދަދު 33 އަށް އަރައިފި އެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 118 އަށް ވަނީ އަރާފައެވެ.

އެރަށުން މިފަހަކުން އެންމެ ފުރަތަމަ ވޭދަނައެއް ފެނުނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.އޭގެ ފަހުން އެރަށުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

މި ވޭދަނަތަކާއި ގުޅިގެން އެރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތަށް ހުއްޓުމެއް ނެތި އަދިވެސް އަންނަނީ އިތުރުވަމުންނެވެ.

މިހާތަނަށް ރާއްޖެއިން 27،403 މީހަކަށް މި ބަލި ޖެހިފައިވާއިރު، މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 3،207 މީހަކަށެވެ. އޭގެ ތެރެއިން 98 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި ރާއްޖެއިން 24،116 މީހަކު ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން 71 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެން

    މައުސޫމް ކީކޭބާ ބުނާނީ މިކަމަށް.ކޮނޱު ހުލުނެއްޓެން ދެން އަށްޖަހާނީބާ!

  2. ގުދުގުދާބެއްޔާ

    ހާލަތުގެ ހިތިނަތީޖާ މިފެންނަނީ! މީގެން ފެންނަނީ ސަރުކާރުއިންޑިޔާގެ ދަށުވެފައިވާ މިންވަރު. މިވަރަށް އެވާހަކަދައްކާއިރުވެސް ސަރުކާރުންކަހާތަން ހިރުވާވެސްނުލާކަހަލަ!މުޅި ހުޅުމާލޭގައިވެސް އެއިންޑިޔާމީހުން މިސްކިތްތަކުން ކާތަކެތިނަގައިގެން ދާމަންޒަރު މިފެންނަނީ! މިކަމުގައި ސަރުކާރުން އަހަރުމެންދިވެހިންގެ ފުރާނަ އިންޑިޔާމީހުންނަށްގުރުބާންކުރަނީތު ގޯސްކުރީ ސަރުކާރުން.ގަލްފުގެގައުމުތަކަށް ދާ އިންޑިޔާމީހުން ކަރަންޓީނުވާ މަންޒިލްއަކަށް ދިވެހިރާއްޖެ ހެދު

  3. ގުޅީ މީހާ

    4 ދުވަސް ތެރޭ ގުޅިން ވެސް ވިހި މީހުން ފައްސި ވެއްޖެ.. ކީއްވެ ތޯ ވަކި ރައް ތަކެއްގެ ވާހަކަ ލިޔަނީ😒