ކ. އަތޮޅު ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް އިންޑިއާ މީހާގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދިއްފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އެ މީހާއަކީ އޭޕްރިލް 19 ވަނަ ދުވަހުން ފެށިގެން އެރަށު ގެސްޓްހައުސްއެއްގައި ކަރަންޓީން ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިބްރާ

  މޭބީ ކޯވިޑް.

 2. ހާލަތު

  ކަރަންޓީނު ފުރިހަމަ ކުރާމީހެއް ކަމކަމައްވަނީ

 3. ކުއްލިނުރައްކާ

  މައުސޫމު ގެއަށް ގެންދޭ

 4. ޚޮމަސް

  ތިވާނީ މަރުވެފަ އޮތް ކޯ މަހަކަށް..