މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 218 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 135 މީހުން ފައްސިވިއެވެ. މިއަދު މާލެ އިން ފައްސިވީ 76 މީހުންނެވެ. މީގެ އިތުރުން ރިސޯޓްތަކުން ހަމީހުން އަދި އިންޑަސްޓްރިއަލް ރަށްތަކުން އެކަކު މިއަދު ކޮވިޑަށް ފައްސިވިއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންނާއިއެކު ރާއްޖޭގައި މިހާރު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 3307 އަށް އަރާފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3375 މީހުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއިއެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރު ވަމުންނެވެ. މިރޭ އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މިހާރު 101 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ފަހަކަށް އައިސް އަތޮޅުތެރެއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވަމުން ދިޔަ ނަމަވެސް އަދިވެސް ގިނަ އަތޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތްތަކެއް ނެތެވެ. އެހެންކަމުން ގިނަ ރަށްތަކުން ކޮވިޑަށް ޓެސްޓް ކުރަން ސުންކުތައް އަދިވެސް ފޮނުވަނީ މާލެ އަށެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 118 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޯދީޖީ

    އިންޑިޔާ މީހުން އައުން މަނާ ނުކުރަން ވެގެން މަދުކޮށްލީދޯ

    3
    1
  2. އާދަމް ނަވާޒު

    ޑަބިޔާ
    ދިވެހި ރާއްޖެ
    އެންމެ އޯގާތެރި ލޮބުވެތި ދީލަތި ދިވެހި ލޭހިން ގާ ދިވެހި ވަންތަ ، އެންމެ ހިތުގަޖެހޭ ރައީސް ހިންނަވަރު އިބުރާހިމް ސޯލިހު އަށް
    ވެދުން ސަލާމައްފަހު ލިޔަމެވެ .
    ކޮވިޑު ގެ މާބޮޑު ، އަހަރުން ގެ އަވަޓެރި އިންޑިޔާ ދޮވެލާފި . އިންޑިޔާ ގެ ހުރިހާ ރައްޔިތުން ބިކަ ވެއްޖެ . ބިރުން ހިއްހަލާކު އޮސިޖެން ހުސްވަނީ މިކަމުގެ ސަބަބުން ރާއްޖެ އައް އިތުރު ގޮންޖެހުން ތައް އަންނާނެ . ދުރު ވިސްނުން ވިސްނާފަ ހަރުކަށި ފިޔަވަޅު ނިގައުމުގަ އަޅާދީ . ޕާޓީ ގެ އިންތިހާބު ފަހުން ވެސް ބޭވިދާނެ . ތި ބޭކާރުކުރަން އުޅޭ ކެނެރީ ވަގު ވެސް ބޭރަކުރެވިދާނެ . އެކަމަކު ފަހުން . މިހާރު ގައުމުގެ ހާލަތައް ބަލާދީ . ؟

  3. ޝްރެ

    މީ ކިހިނެއް އިއުލާން ކުރާ އަދަދު ތަކެެއް.މަށަން އިނގިގެން އަތޮޅުތަކުން 2 ރަށަކުންގުނާލަިގެން ވެސް 80 ން މަތިވޭ މަގޭ ކަލްކިއުލޭޓަރުން...؟؟؟މިހާރު މީ ބޮޑު އޮޅުވާލުމެއް..