އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އެއް އަހަރު ވެފައިވާ ފަރާތްތަކަށް ކަމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
ގައުމީ މަޖިލީހުން މިގޮތައް ފާސްކުރިއިރު އަންނަ މަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޕާޓީގައި އެއްއަހަރު ނުވާ މެންބަރުންނަށް ކުރިމަތިނުލެވޭ ގޮތައް ހުށަހެޅި ހުށަހެޅުން ފާސްވީ މިރޭގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓުންނެވެ.
އެމްޑީޕީއިން މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެވޭނީ 18 އޭޕްރީލް 2021 ވަނަ ދުވަހާ ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން މެމްބަރޝިޕް ފޯމުތައް ބަލައިގަތުން ވެސް އެމްޑީޕީ އިން ވަނީ ހުއްޓާލާފައެވެ.
ގައުމީ މަޖިލީހުގެ އިންތިހާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިހާރު ވެސް ދާއިރާތަކުގެ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންގެ މަގާމުތަކަކުގެ ކެމްޕޭން ވަރަށް ގިނަ ބޭފުޅުން ވަނީ ފައްޓަވާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ބައެއް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި މިނިސްޓަރުންގެ ނައިބުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވެސް ހިމެނެއެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ދެފެކްޝަނެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރާ ކަމަށް ވަނީ އަޑުފެތުރިފައެވެ.
މޯލްޑިވްސް ޑިކްޓޭޓަރ ޕާޓީ ވަކިމީހަކު ބޭނުންވާ ގޮތައްނޫނީ
ނޫޅެވޭގޮތައް އޮތްއޮތުން ބަދަލުކުރަން ގަރާރެއް ހުށަހަޅަންކެރޭ
ނީ ކާކައްބާ އަހަރެން ކެރުނުމީހަކައް ސާބަސް ދޭނަން
އެމްއެމްޕީރސީ ހިޔާނާތުގެ ތުހުމަތު ކުރެވޭމީހުންވެސް ބައިވެރި ކުރެވިގެން ނުވާނެ.
ޚުދުމުޚުތާރު މީހުން ތިބެގެން ތިޔަ ޕާޓީއެއް ދެނެއް ރަނގަޅެއް ނުވާނެ. މިހާރު ތިޔަ ފާސްކުރި ކުރުމުން ޕާޓީގެ ޔަންގ އެތައް މެންބަރުންގެ ހައްޤު ގެއްލިގެން ދިޔައީ. އަލަށް ނުކުތް ހުރިހާ ޒުވާނުންގެ އުންމީދުތައް ވިއްސިވިހާލި ކޮށްލީ. ޚުދުމުޚުތާރު ޑިކްޓޭރުން ކަންކުރާ ގޮަތަށް ތިޔަ ކަންކުރަނީ.