ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ގދ.ތިނަދުއަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ތިނަދޫ މޮނިޓަރިންގެ ހާލަތައް ގެނެސްފައި ވަނީ އެރަށުން ކޮވިޑަށް މީހަކު ފައްސިވުމުން އޭނާ އާއި ބައްދަލުވެފައިވާ މީހުން ދެނެގަތުމަށެވެ.

ތިނަދޫގައި ހުންނަ ޑރ.އަބްދުލްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހޯމް ކަރަންޓީންގައި ތިބި ދެމީހަކު ދޫކޮށްލުމުގެ ގޮތުން 22 އޭޕްރީލްގައި ނެގި ދެސުންކު ކޮވިޑް-19 އަށް ފައްސިވެފައިވުމުން، ގާތުން އެއްތާވި މީހުންގެ ގޮތުގައި ފާހަގަވި ފަރާތްތައް ކޮވިޑަށް ޓެސްޓް ކުރިއިރު އެމީހުންނާއި ގާތުން އެއްތާވި އެކަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.

ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ފައްސިވެއްޖެނަމަ އެމީހަކާއި ގާތުން އެއްތާވި މީހުން ދެނެގަނެ ޓެސްޓް ކުރުމަށްޓަކައި ކޮންމެ ރަށެއް ވެސް މޮނިޓަރިންގެ ހާލަތައް ގެނެއެވެ. މީގެ ކުރިން ވެސް ތިނަދޫ އިން ބައެއް މީހުން ކޮވިޑަށް ފައްސިވުމުން އެރަށް މޮނިޓަރިންއަށް ލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިނަދޫ

    ދެން އިތުރު ކޭސްއެއް ތިނަދޫއިން ނުފެންނާނެ. ތިނަދޫ މީހުން ހުސް މަކަރު ހަދަނީ. ކަރަންޓީންގަވެސް ނުތިބޭ. މީ އެންްމެނަށް ވެސް އެގޭ ހަގީގަތެއް😢😢