ލ. މާންދޫ އިހަލަށް (ކްލަސްޓާ)އަށް ނިސްބަތްވާ އިތުރު 34 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު މި އިހަލުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 45 އަށް އަރާފައެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވެފައި ވަނީ އަށް މީހެކެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު އެވެ. އެރޭ ބަޔަކު ފައްސިވުމާއެކު އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ.

އަދި އޭގެ އަނެއް ދުވަހު އެ ރަށާއި ގުޅިފައި އޮންނަ ގަމުން ތިން މީހަކު ކޮވިޑަށް ފައްސިވިއެވެ. މިއީވެސް އެ އިހަލަށް ނިސްބަތްވާ މީހުންނެވެ.މިއާއެކު އެ ގަން ފޮނަދޫއަށްވެސް އަރާ ފޭބުން މަނާ ކުރިއެވެ.

ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން މިރޭ އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، މާންދޫން އިހަލުން ޖުމްލަ 45 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭގެ ތެރޭގައި މިއަދު މާންދޫން ފައްސިވި 12 މީހުންވެސް ހިމެނެއެވެ. އަދި މިހާރު ގަމުންވެސް ޖުމްލަ ހަ މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

މިހާރު މާންދޫ އާއި ގަމުން ފެންނަ ވޭދަނަތަކާއި ގުޅިގެން 153 ސުންކެއް ނަގާފައި ވާއިރު، އޭގެ ތެރެއިން އަދި ނަތީޖާ ނުލިބޭ 85 ސުންކެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިބޫ

    އިދިކޮޅަށް ކޮވިޑު ޖައްސާފަ އިންތިހާބު ކާމިޔާބު ކުރާނަމޭބުނި ބުރާންތި ކޮބާ؟