ބ. އަތޮޅު އޭދަފުށިން އިތުރު 23 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 71 އަށް އަރާފައެވެ.

އޭދަފުށިން ފުރަތަމަ ދެމީހަކު ކޮވިޑަށް ފައްސިވީ ހޯމަ ދުވަހު އެވެ. އޭގެ ފަހުން އެމީހުންނާއި ބައްދަލުވެފައިވާ ބައެއް މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

އޭދަފުށިން ފައްސިވި ވޭދަތަނާއި ގުޅިގެން އެރަށުން ގިނަ ސުންކުތަކެއް ވަނީ ނަގާފައެވެ. އަދި ނަތީޖާ ނުލިބި 50 ސުންކެއް އެބަ އިން ކަމަށް އެރަށު ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭދަފުށިން ކޮވިޑަށް މީހަކު ފައްސިވުމުން ވަނީ އަތޮޅު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަޑާލާފައެވެ. މިހާރު ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު