ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ރަށްތަކުގެ އިންތިޚާބު އަންނަ މަހުގެ ފުރަތަމަ ދުވަހު އަދި އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބު ކުރަން ޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާ ރަށްތަކުގެ އިންތިޚާބު އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން (އީސީ) އިން ނިންމައިފިއެވެ.

އީސީން ވިދާޅުވި ގޮތުގައި ގޮތުގައި ވ. ރަކީދޫއާއި މ. ރަތްމަންދޫގެ އަންހެނުންގެ ކޮމިޓީއަށް އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވެއެވެ.

އއ. ފެރިދޫގެ އަންހެނުންގެ ކޮމިޓީއަށް ކުރިމަތިލީ އެންމެ މީހެކެވެ. އަދި އިތުރު ހަތަރު މެންބަރުން އެ ރަށުން ވެސް އިންތިޚާބު ކުރަން ޖެހެއެވެ.

ހ. ނޮޅިވަރަމްއާއި، ބ. ފުޅަދޫއާއި، ކ. ދިއްފުށީގެ އަންހެނުންގެ ކޮމިޓީއަށް އަދި އިތުރު މެންބަރަކު އިންތިޚާބު ކުރަން ޖެހެއެވެ. މި ރަށްރަށުން ކުރިމަތިލީ ހަތަރު މީހުނެވެ.

އީސީއިން ވިދާޅުވި ގޮތުގައި، މި އިންތިޚާބު އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުގައެވެ.

މީގެ އިތުރުން ވެސް ހަ ރަށެއްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަލުން ބާއްވަން ޖެހެއެވެ. އޭގެ ތެރެއިން ލ. މާވަށާއި ތ. ގާދިއްފުށީގައި އިންތިޚާބު ބާއްވަން ޖެހެނީ ދާއިރާގައި ނުހިމެނޭ ބަޔަކު ވޯޓް ލާފައިވާތީ ނަތީޖާއަށް އަސަރު ކުރާނެ ކަމަށް ބެލެވޭތީއެވެ.

ހއ. ތަކަންދޫއާއި ބ. ކިހާދޫއާއި، މ. ރަތްމަންދޫއާއި، ފ. ދަރަނބޫދޫގެ ވެސް އިންތިޚާބު އަލުން ބާއްވައެވެ. މި ރަށްތަކުގެ އިތުރުން މާލޭގައި ވެސް ވޯޓް ފޮށި ބެހެއްޓުމަށް އީސީއިން ނިންމާފައިވެއެވެ.

އީސީއިން ވިދާޅުވި ގޮތުގައި މި އިންތިޚާބު އަންނަ މަހުގެ ފުރަތަމަ ދުވަހު ބާއްވާނެއެވެ.

ހއ. އުލިގަމާއި، ނ. މަނަދޫއާއި، ރ. މާކުރަތާއި، ބ. ކެންދޫއާއި، ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ. މި ދެވަަނަ ބުރުގެ އިންތިޚާބުތައް ރަމަޟާން މަހުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އީސީއިން ވިދާޅުވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއިން 400 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. ޕީޕީއެމުން 325 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. އެމްޑީޕީއިން ކާމިޔާބު ކޮށްފައި އެ ވަނީ އެ ޕާޓީއިން ކުރިމަތިލި ގޮނޑިތަކުގެ 49.75 އިންސައްތައެވެ. ޕީޕީއެމްއިން ކާމިޔާބު ކޮށްފައި އެ ވަނީ އެ ޕާޓީއިން ކުރިމަތިލި ގޮނޑިތަކުގެ 50.35 އިންސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިޢުލާން

    އިޢުލާންކޮށްގެން ޝަރުތުހަމަވާ ބަޔަކަށް ދޭގޮތަށް ހަމަޖެއްސުމުން ، ފައިސާ ޗާޕްނުކޮށް ވެސް
    ކުޑަޚަރަދަކުން މިކަންކަން ފުރިހަމަވާއިރު ، އެކަށީގެންވާ ރަނގަޅުމީހުން އޮންނާނީ މަޤާމް ތަކަށް ހަމަޖެހިފާ!.. ހުރިހާގޮތަކަށްވެސް ފަސޭހަ ވާނެ.... ޚަރަދު ކުޑަވާނެ...

    ބޮޑުވަޒީރުވެސް މިގޮތައް ހަމަޖައްސާނީ.... ދުރުގައިވާ ގޮނޑިއެއްގައި ރެދަލިކުރުވާނީ...