ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން އެމަނިކުފާނުގެ ސުލޫކީ މައްސަލައެެއް ހުށަހަޅުއްވާނެ ކަަމަށް އެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ އޭނާ މި ވަގުތު ހުންނެވީ ސްރީ ލަންކާގެ ވެރިރަށް ކޮލަންބޯގައި ކަމަށެވެ. އަދި ރާއްޖެ ވަޑައިގަންނަވާނީ ނަޝީދު މަޖިލިހުގެ ރައީސް ކަމުން ދުރުކުރުމުގެ ޕްލޭންއަކާ އެކުގައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ނަޝީދާ މެދުގައި ޖާބިރު މިފަހަރު ހިތްހަމަޖެހިވަޑައިނުގަތީ ބޮޑުވަޒީރަކަށް ވަޑައިގަތުމުގެ ވިސްނުންފުޅު ނަޝީދު ގެންގުޅުއްވަން ފެއްޓެވުމާ ގުޅިގެންނެވެ.

އެހެންވެ، ނަޝީދުގެ ސުލޫކީ މައްސަލައެއް މަޖިލިހަށް ވެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ މި ދަނޑިވަޅުގައި އިދިކޮޅުގެ އެއްބާރުލުމާއެކު އެކަން ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ދެކެވަޑައިގަންނަވަމުން އަންނަ "ބޮޑުވަޒީރު ހުވަފެނުގައި" ކުލަޖެހުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރައްވަން ޖެހެނީ ރައީސް ނަޝީދުގެ އަމިއްލަ އެދުންތައް ހާސިލް ކުރެއްވުމަށް ނޫން ކަމަށް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދޭން ގެނެސްދޭން އުޅޭ ނިޒާމެއް ނޫން. އެމަނިކުފާނުގެ އަމިއްލަ އެދުން ބޮޑުކަމުން ވެރިކަމަށް އެހުންނެވީ ފެންބޮވައި ގަނެފައި. މި ޖާބިރު މަޖިލީހުގައި ހުރި ހިނދަކު އެ ފުރުސަތެއް ނުދޭނަން. މިހާރު އަޅުގަނޑު މިދަނީ ރައީސް ނަޝީދު މަޖިލީސް ރައީސް ކަމުން ދުރުކުރުމުގެ މަސައްކަތްތައް ކުރަމުން. އަޅުގަނޑު ކޮލަންބޯއިން ރާއްޖެ އައުމަށްފަހު އެ މައްސަލަ ވައްދާނަން މަޖިލީހަށް" ޖާބިރު ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ފަސް ޖެހި، ޝަރުއީ ނިޒާމަށް ނަޝީދު ނުފޫޒު ފޯރުވަމުންދާ ކަމީ މި މައްސަލަ ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މިނިވަން މީހާ

    މީނަ ދައްކާ ވާހަކައާއި ކުރާ ކަންތައްތަކަކީ މީނަގެ އަތޮޅު ކަނޑު ( ހުވަދޫ ކަނޑު) ގައި ރޮގެއް އަޅާލުން ކަހަލަ ކަމެއް ދެއިރު ދެދަޅައަށް ކޮންމެވެސް އެއްޗެކޭ ކިޔާނެ ސަމައްޑި ހަސަންބެ

    36
    1
  2. ދެއިރު ހަމާގަ

    ޖާބިރު ކަމެއް ކުރަންޏާ މަޖިލީހަށް ދުފާއެއްޗެތި ހުށަހަޅާބަލަ

    27
    1
  3. ރައްޔިތުމީހުން

    ތި ހުސް ހޮޅިވާހަކަ.. ޖާބިރަކީ ސީދާ ނަޝީދު ގެ މައުތުޕީސްއެއް...

    38
  4. ވަތަނީ

    ޖާބީރުގެ ތިޔަ ވިސްނުންތެރި ގައުމީ މަސައްކަތަށް މަރްޙަބާ
    ދަންނަވަމެވެ!

    34
    4
  5. ޢަދުރޭ

    އެއް ޝަރުބަތެއް ބުއިމުގެ ގޮތުން ތިމާގެ ވެފަވާ ދެ އަޚުން

    25
  6. މަނީމަނީ

    ދެއުޅިއެއްނުވާ ޝެލް ބުރޯ

    14
  7. ބަރުގޮނު

    ޖާބިރު ތިޔައީ ހަމަ ޖާބިރު. ދެދުވަހަކު އެއްކަމެއްގެ ވާހަކަ ދެއްކިޔަސް ދެ ދުވަހުގެ ވާހަކަ އެހާ ތަފާތުވާނެ. ކޮންމެ އަކަސް ދިވެހި ޤަވްމު ގެ ހަމަހިމޭނުން އޮތުމަށާ ޑިމޮކްރެސީ ދޮންވެ ފައްކާވުމަށް ނަޝީދަކީ ވަރަށްބޮޑު ހުރަހެއް. އެމް.ޑީ.ޕީ ގެ ވެސް ކަންކަމަށް ވިސްނާ މެމްބަރުން މިކަން ޤަބޫލު ކުރޭ.

    17
    1
  8. ފުވައްމުލަކު ހައްވަ

    ޖާބިރުކުރަންއުޅުނަސް ރަނގަޅުކަމެއްވާނީ ރަނގަޅުކަމަކަށް . ޝުކުރިއްޔާ ޖާބިރު

    19
  9. ޞޮރު

    ބޭކާރު އަގަނުތަޅާ، ކަލޭ ނުދަންނަ މީހަކު މިގައުމުގަނެތް..އެހެންނޫނަސް ކަލެއަކަށް ނެތް އޭނަޔާ ކުޅެވޭނެ ގޮތެއް...ކޮންމެ މީހަކަށްވެސް އޭނަ ބޭރުކުރަން ލެވިދާނެ...ބޮންދަކަށްވެސް ލެވިދާނެ....

  10. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ކަންކަމަށް ފާޑިކިޔުން ރަނގަޅެވެ. ނަމަވެސް މީހުންނަށް ފާޑުކިޔުން ރަނގަޅެއްނޫނެވެ. ފުޓުބޯޅަ ދަނޑުގެ މިސާލުން ބަލާނަމަ، ބޯޅައާއި ކުޅުން ރަނގަޅެވެ. ނަމަވެސް މީހާއާއި ކުޅުން ރަނގަޅެއްނޫނެވެ. ބޯޅައާއި ނުކުޅެ މީހާއާއި ކުޅެފިނަމަ ރަތްކާޑު ދައްކައި ދަނޑުން ބޭރުކޮށްލައެވެ.

  11. ކޮވިޑް

    ޖާއްބެ ކޮބާ! މިހާރު ކޭބަލް ކާރު އަޅާނިމުނީދޯ !

  12. ދުންމާރި

    ޖާބެ ކޮންމެވެސް ކަންތައްގަނޑެއް ބޭނުންވީ އެކަން ފުރިހަމަ ވާއިރަށް ދެން އަނެއް އަތަށްޖަހާނެ މިވަރުގެ މީހުން މަޖިލީހަށް ވައްދައިގެން ދިވެހިން މިޖަހާސަކަރާތެއް ހަމަ ނޭނގެ