ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯއަށް ބަދަލު ގެނައީ ސިޔާސީގޮތުން ކުރިއަށްދެވޭނެ އިތުރު އެއްވެސް ގޮތެއްނެތުމުންކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ލޯގޯއާއި ދިދައަށް ބަދަލު ގެނައުމާއި ގުޅޭގޮތުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިމަހުގެ 21 އަދި 22 ވަނަ ދުވަހު ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާއިރު، ޕާޓީގެ ލޯގޯއާއި ދިދައެއް ނެތުމަކީ ވަރަށް ބޮޑު ނިކަމެތިކަމެއްކަމަށްވާތީ ދިދައާއި ލޯގޯއަށް އެންމެ ކުޑަގޮތަކަށް ބަދަލު ގެނެސްގެން ބޭނުންކުރެވޭނެ ގޮތެއް ހޯދީ ޝަރުއީ ނިޒާމު މެދުވެރިކޮށް ހައްލެއް ހޯދުމަށް އަހަރު ދުވަސްވަންދެން ކުރެވުނު މަސައްކަތުން ނަތީޖާއެއް ނުފެނުމުން ކަމަށެވެ.

"މިއީ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން ބަދަލު ގެނަ ލޯގޯއާއި ދިދައަކީ މެންބަރުންގެ ވަރަށް ބޮޑު ލޯތްބަކާއި އިހުތިރާމެއް އޮތް ދިދައަކާއި ލޯގޯއެއް. ނަމަވެސް ކުރިއަށް ދެވެން އޮތީ މިގޮތުންކަމަށްވުމުން މިބަދަލު ގެންނަންޖެހުނީ." ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންކުރަމުން އައި ދިދައާއި ލޯގޯއަކީ ޕާޓީގެ މެންބަރުންގެ ހިތްތަކާއި ގުޅިފައިވާ އަދި އެ މެންބަރުން ލޯތްބާއި އިހުތިރާމު އޮތް އެއްޗެއްކަމުން އެއަށް ބަދަލުގެނައުމަކީ ކުރަން ފަސޭހަކަމެއް ނޫންކަމަށެވެ.

"މިއަދުގެ ސިޔާސީ މައިދާނުގައި ޖުމްހޫރީ ޕާޓީއަކީ އެތަށްހާސް ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ސިޔާސީ ޕާޓީއަކަށްވުމުން، ސިޔާސީގޮތުން ކުރިއަށް ދެވެން އޮތް ގޮތެއް ޖުމްހޫރީ ޕާޓީން އިޚުތިޔާރުކުރީ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީ ހުއްޓުވަން ބަޔަކު މަސައްކަތްކުރިނަމަވެސް އެކަން ކާމިޔާބުނުވާމެކަމަށާ ޖުމްހޫރީ ޕާޓީ ފަސްޖެހުމެއްނެތި ހުރަސްތައް ގިރާކުރަމުން ކުރިއަށްދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    ކަލޯ ގާސިމްބެ ހަލާކު ކޮށްލާފަ ނޫނީ ހުއްޓާނުލާތި.

  2. ދީވާ

    ޙޫ މީނާ އަށް ގާސިމްބެ ކިހާވަރެއް ދޭބަ އެމްޑީޕީ ދޫކޮށްފަ އައިސްގެން މިއުޅެނީ

  3. ސުނީތާ

    ސަމީރު ކަލޭބޯގޯސްތަ ސަރުކާރުންއަންގާއެންގުންތަކައް ފުރިހަމައްބޯލަބަންޖެހޭނެކަމެއްނޭގޭތަ