ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފައިވާ ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދުގެ ހުއްދަ އަލުން ދިނުމަށް ގިނަ ދުވަސްތަކެއް ނަގާތީ އެކަމާ އޭނާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

"ވަގުތު" އަށް ދެއްވި އިންޓަވިޔުއެއްގައި ޝެއިހް އަލީ ޒައިދު ވިދާޅުވީ އޭނާއަކީ ވަކި ކޮޅަކަށް ބުރަވެ ހުރެ ޚަބަރު ފަތުރާ ނުވަތަ ދީނީ ދަރުސްދޭ މީހެއް ނޫން ކަމަށާއި އަބަދުވެސް އޭނާ މަސައްކަތްކުރާނީ މުންކަރާތްތަށް މަނާކުރުމަށް ކަމަށެވެ.

"އަޅުގަނޑު މިއީ ވަކިކޮޅެއްގެ މީހެއް ނޫން. ކޮންމެ ބަޔަކު ކުރިޔަސް ދީނާއި ހިލާފު ކަމެއް ކުރަންޏާ އަޅުގަނޑު ހައްޤުބަސް ބުނާނަން. އަޅުގަނޑު މަސައްކަތް ކުރާނަން އެ ކަމެއް ހުއްޓުވޭތޯ" ޝައިހް ޒައިދު ވިދާޅުވިއެވެ.

އަދި މި ބަރަކާތްތެރި މައްސަރުގައި އޭނާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކުރުމުގެ ސަބަބުން ދީނީ ދައުވަތު ފެތުރުމަށް އެތަކެއް ހުރަސްތަކަކާއި ކުރިމަތިވެފައިވާ ކަމަށާއި މިހާރުވެސް އެތަކެއް ރަށަކުން ދީނީ ދަރުސްތަށް އެ ރަށްރަށުގައި ބާއްވައިދިނުމަށް އެދި ގުޅަމުންދާކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި އެކު ކުރެވުނު މަޝްވަރާތަަކަށްފަހު ސަސްޕެންޝަން އުވާލުމަށް އެދި ސިޓީއެއް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން އެ ސިޓީ ފޮނުވާފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެ ސިޓީގެ ޖަވާބެއް ނުލިބޭ ކަމަށެވެ.

ޝައިހް އަލީ ޒައިދު ވަނީ އޭނާއަށް ދޫކޮށްފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އަލުން ދިނުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލައިފައެވެ. އަދި އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަށް އިންތިހާއަށް ބޮޑުކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަނޭސް

    ޝޭހުގެ ލިއުއްވުންތަކުންނާ ދަރުސްތަކުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވެނީ މިއަދުގެ ސަރުކާރަށާ ރައީސް ޔާމީނަށް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް ދެއްވާފަ ހުންނަތަނެވެ. ހާއްސަކޮށް އިދިކޮޅުފަރާތްތަކުން އެދުވަސްވަރެއްގާ ދައްކާއުޅޭ ވާހަކަތަކާ ވަރަށްބޮޑަށް ގުޅުވާލާފަ ހުންނަކަން ފާހަގަކުރެވެއެވެ.އަޅުގަނޑު ގަބޫލްކުރާގޮތުގާ ޝައިހު ކިޔަވާފަހުރި އިލްމެއްގެ ގޮތުން ފާޅުގާ މިސަރުކާރަށް ބަދުބަސްބުނަން ނުކެރެނީއެވެ. އެއީ މުނާފިގުކަމުގެ ތާޖު ރަސްމީސިފައެއްގާ ރައްޔިތުން ދީފާނެކަމުގެ ބިރު އޮތީމައެވެ.

  2. Anonymous

    ވަކިކޮޅަކަށް ނުޖެހޭކަމަށް ބުނުއްވައި ބޯދަމައިގަންނަން މަސައްކަތްކުރާއިރު މިއޮއްއުޅޭ އަންނި ދައްކާ ދީނާ ޚީލާފު ވާހަކަތަކަށް ރައްދު ނުދެއްވަނީ ކީއްވެތަ؟

  3. އިސްމާޢީލު

    ވަކިކޮޅަކަށް ނުޖެހޭކަމަށް ބުނުއްވައި ބޯދަމައިގަންނަން މަސައްކަތްކުރާއިރު މިއޮއްއުޅޭ އަންނި ދައްކާ ދީނާ ޚީލާފު ވާހަކަތަކަށް ރައްދު ނުދެއްވަނީ ކީއްވެތަ؟

  4. ޢަފަލާ

    އިސްލާމީ ރިވެތި އުސޫލުތަކަށް ތަބާވުމަކީ ހަމައެކަނި ވަކި މީހަކު ކުރަނޖެހޭ ކަމެއްނޫން ޙައްސަކޮށް ދީނީ އލއމުވެރިންނަކީ ސިޔާސީނުވެ ކޮނމެ ކަމކަށްވެސް ޙައްގުބަސް ބުނެ ނަސޭހަތް ދޭންތިބެބައްެއް ޒައިދަކީ ވ ފާޅުކަން ބޮޑުގޮތެއްގަ ސަރުކާރަށާއި ރައީސަ ޔާމިނަށް ފާޑު ވިދާޅުވާ ބޭފުޅެއް ނަޝީދު އިސްލާމް ދީނަށަ ފުރައްސާރަ ކޮށް މަލާމަތް ކޮށް ހަޖޫ ޖެހި އިރު ތިޔަޝެއިޚް ޒައިދު ހުރީ މިގައުމުގަ ނޫންތޯ؟އެކަން ކުއްވެރި ނުކުރޭ ޑރ މަޖީދުވެސް އެއްޗެހް ބުނަން ނުކެރުނީ ކީއްވެތަ؟

  5. މޮންޓް

    އިސްލާމިކު ،ިނިސްޓްރީއަށް ކުރާއިލްތިމާސެއް ޢަލީ ޒައިދުއަށް ނަސޭޙަތްދިނުމުގެ ހުއްދަ ނުދެއްވާތި މިކަހަލަ މީހުން ގައުމު ފަސާދަކުރާނެ