އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ގައުމުން ރާއްޖެ އަންނަ މީހުންނަށް ހަރުކަށި އުސޫލެއް ހަދައިފިއެވެ.

ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތަށް ބަލާ އިރު، މިވަގުތު އެންމެ ނުރައްކާތެރި ހާލަތެއްގައި އޮތް ގައުމަކީ އިންޑިއާއެވެ. އިންޑިއާގައި ދުވާލެއްގެ މައްޗަށް އެތައް ލައްކަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެތައް ސަތޭކަ ބަޔަކު ކޮވިޑް ބަލީގައި ދަނީ މަރުވަމުންނެވެ. ސިއްހީ ބައެއް ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި، އިންޑިއާގައި ފެތުރިގެން އުޅެނީ ކޮވިޑްގެ ވަރަށް ބާރުގަދަ ވައްތަރުތަކެކެވެ. އެ ވައްތަރުތަކަށް ފަރުވާއެއް ހޯދިފައިވާ ކަން އެނގިފައި ނެތެވެ.

އަވަށްޓެރި އިންޑިއާ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 17 މިލިއަނަށް އަރައިފައެވެ. މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 192،000 އަށް ވުރެ މައްޗަށް އަރައިފައެވެ. ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް ދެ މިލިއަނަށް ވުރެ ގިނައެވެ.

އިންޑިއާ ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަލްބިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ނެރުއްވި އެންގުމުގައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އިންޑިއާ އިން ރާއްޖެ އަށް ދަތުރު ކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން (މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް) ރާއްޖެ އެތެރެވާ އިރު 96 ގަޑިއިރު ހަމަނުވާ ނައްސި ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ރާއްޖެ އަށް ދަތުރު ކުރަން ޖެހޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން، ރާއްޖެ އައުމަށް ފަހު 24 ގަޑިއިރުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމާއި 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށް އެންގުމުގައިވެއެވެ. އެމީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނަތީޖާ ނައްސިވުމުން ކަމަށް އޭގައިވެއެވެ.

އެކަމަކު، މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނެއެވެ.

އޭގައިވާ ގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް އިންޑިއާ އިން ރާއްޖެ އަށް ދަތުރު ކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން ވެސް ޑިޕާޗަ ޕީސީއާރު ޓެސްޓެއް ހަދަން ވާނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުން ނެރުނު އެންގުމުގައި ވަނީ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން (މީގެތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭ ގޮތަށް) ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް (މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި) ޗެކިން ވުން ހުއްޓާލުމަށް ވެސް އަންގައިފައެވެ.

ނަމަވެސް މިފަދަ ތަންތަނުގައި މިހާރު ޗެކިންވެފައި ތިބި އިންޑިއާ އިން ދަތުރުކޮށްފައިވާ ފަތުރުވެރިންނަށް ބުކިން ހަދާފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެންގުމުގައިވެއެވެ.

"މަތީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެޅި ނަމަވެސް އަހުރެން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަހުރެން އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެހެނިހެން މުއައްސަސާތަކުންނެވެ،" މައިމޫނާގެ އެންގެވުމުގައިވެއެވެ.

"މަތީގައިވާ ފިޔަވަޅުތައް ތަންފީޒުކޮށް އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ،"

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ރައްޔިތުމީހުން

  ކޮބާ އުސޫލުގެ ޑީޓެއިލްސް؟؟؟

  28
 2. ރައްޔިތުމީހުން

  އަހަރުމެންނަށް ތަނަކަށް މިދެވެނީ 72 ގަޑިއިރުގެ ނައްސި ރިސަލްޓްއަކާއެކު.. އެކަމު އަދިވެސް މި މީހުންނަށް 96 ގަޑިއިރު ތިދެނީ..

  36
  • ދޮންކަލޯ

   ކަލޯމެނޭ.... އެމަންޖެމެން ބިރުގަނެޔޭ އިންޑިއާ ކުދިން ދެކެ.

   31
  • ަުހުސެން

   ކަލޯ އަހަރުމެން މިއުލެވެނީ ބައެއްގެ އަލުވެތި ކަމެއްގަ.އިންޱިއާ މީހެއް ކަމެށްކޮށްފިޔާ ގާނޫނުވެސް ނޯވޭ

 3. Angela

  ތީ އެމީހުނަށް އެއްވެސް ކަމެއް ނޫނެއްނު . ވަގު ޕާސްޕޯރޓްވެސް އެންމެ ގިނައިން ހަދާ ގައުމު. ތިޔަފަދަ ލިޔުމެއް ހަދާލަކަށް އެއްވެސް ކަމެއް ނޫނެއްނު. މައްސަލައަކީ ކަރަންޓީނަށް އައިސް ގެސްޓް ހައުސް ތަކުގައި ނުތިބެ ރަށުތެރޭގައި ހޫރެތީ.

  39
  1
 4. ކޮމެންޓު

  މައި ސަރުކާރުން އެންގީ އިންޑިއާ މީހުން އައުން މަނާ ނުކުރެވޭނެ ކަމަށް. ކުޑަ ހުއްދަ އެއްދީފި ކޮންމެސް ފިޔަވަޅެއް އަޅަން

  34
 5. ބަޅ

  ކޮބާ އަތަށް ގޮވީދޯ..ލާދީނީ ސަރުކާރު. ކޮރަޕްޓް ސަރުކާރު

  36
 6. ޓިނު ދޮންބެ

  ބިފޯރ އައި ޓޯލްޑް ދިސް އިޒް މޯލްޑިވް ޑްރަމް

  19
 7. ނަންބެ

  އަދި ވެސް ދިވެހިންތަ ކަރަންޓީން ކުރަންވީ ވަގުތީ ގޮތުން އިންޑިއާ މީޙުން އެތެރެވުން ހުއްޓުވަ ބަލަ..

  39
 8. ޅަބޭ

  ދިވެހި ރާއްޖޭގެ 3 ވަނަ ކޮވިޑު ރާޅު އިފްތިތާހު ކޮއްދެއްވާނީ އިންޑިޔާއިން. ރީތި ބޮނޑިއެއްބޯނެ މިފަހަރު. ބަލަންތިބޭ

  39
 9. ސިޔާދު

  މިކަމުންވެސް ވައްކަން ކުރަން އުޅުނީ.ރައްޔިތުން ހޭރިގަތީމަ އުސޫލު ކަނޑައެޅީ.މިވަރު ވީމަ ނޫނީ އެއްވެސް ކަމެއްކުރާކަށް ނޭގެ.

  32
 10. ހުސެން

  އެއްކޮށް ހުއްޓާލަން އަންގަމެވެ.

  25
 11. ހެޔޮނުވާނެ

  އިންޑިޔާމީހުން އެއްކޮއް އެތެރެވުން ހުއްޓާލަން އަންގަބަލަ
  ހެޔޮނުވާނެ އެގައުމުގައުޅެނީ މުޅިން ކޮވިޑުގެ އާވައްތަރަކައް
  ވަނީ އެމިހާރުމިދޭ ވެކްސިނައްވެސް ގުޑާކަމެއް އަދިނޭންގެ

  17
 12. ޏައކއ

  އިންޑިޔާ މީހުން ރާއްޖެއައުން ހުއްޓުވަން ޖެހޭ

 13. ޏައކ

  އިންޑިޔާ މީހުން ރާއްޖެއައުން ހުއްޓުވަން ޖެހޭ

 14. ލލ

  އިންޑިޔާކީ މުސްލިމުން ވެރިކަން ކުރިތަނެއް ހިންދޫންނަށް ވެރިކަން ހޯދާދިނީ އިގިރޭސިން އިންޑިޔާ އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު !

 15. ބުރާންތި

  ރާބޮއިގެން މަގުމަތީގައި ދީނަށް ފުރައްސާރަކުރީވެސް ހަރުކަށި ފިޔަވަޅު އަޅާފައި އޮތްވާ.
  ކޮންކަމެއް ކުރެވުނީ.
  ރައްޔިތުންނަށް ރާއްޖެމިއީ ކަރަންޓީނުފެސިލުޓީއެއްކަން އެނގިގެން އުތުރިއަރަންފެށީމަާ ނަމެއްގައި ކަމެއްކޮށްލަނީ

 16. އޮގަރު

  މީ ސްޓޭޓް ސަރުކާރެއް މިސަރުކާރަކީ އަމިއްލަ ފައިމައްޗައް
  ތެދުވެ ހިންގާ ސަރުކާރެއް ނޫން މިސަރުކާރު ހިނގަނީ ބައެއްގެފައިމަތީގަ އެހެންވީމާ އިންޑިޔާމީހުން މިތަނައް އައުން މިސަރުކާރަކައް ނުހުއްޓުވޭނެ