މާލެ ޖަލުން 13 ގައިދީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ، އިއްޔެ މާލެ ޖަލު އެނެކްސް 1 އިން ސުންކުތަކުން 13 ގައިދީއަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެނެކްސް 1 ފުރުބަންދުކޮށްފައިވާ ކަމަށެވެ.

އަދި ކޮވިޑާއި ބެހޭ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެތަނުން ކޮވިޑް ފެނުނުއިރު، މާފުށި ޖަލުންނާއި، ހިންމަފުށިން ޖަލުންވެސް ވޭދަނަތަކެއް ފެނިފައި ވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު