އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމުން އުޅެނީ އެމްޑީޕީއާ މެދު "ޖޭ" ވެގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު އެއް އަހަރު ދުވަހަށް ދިގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައެވެ. ސަރުކާރުގެ މި ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑު ކިޔައިފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މާލިއްޔާގައި ފައިސާއެއް ނެތް ކަމަށާއި އޭގައި ހުރީ "ލައްޑޫ" ކަމަށެވެ. ލައްޑޫއަކީ އިންޑިއާގައި ތައްޔާރުކުރާ ވަރަށް މަޝްހޫރު އެއްޗެކެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެއީ ޖޭ ވެގެން ދައްކާ ވާހަކައެއް ކަމަށް ޒުވާން ކުދިން ބުނާނެ ކަމަށެވެ.

އެ ވާހަކަތައް ދައްކަނީ އިދިކޮޅު މީހުން ހީކުރި ގޮތަށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ދެރަ ގޮތް ނުވީމަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ކޮވިޑްގެ ހާލަތުގައި ވެސް ސަރުކާރުން ފަށާފައިވާ މަަސައްކަތްތައް ހުއްޓާނުލާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކޮވިޑްގެ ބަލިމަޑުކަމުގައި ކުރި މަސައްކަތްތަކަކީ ޖޭވާ ވަރުގެ މަސައްކަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވަނީ ދައުލަތުން ހަރަދުކޮށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ވެސް 1.8 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިނުވާަކަން ފާހަގަކުރައްވާފައެވެ.

ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިދިޔަ އަހަރު ސަރުކާރަށް 5.2 ބިލިޔަން ރުފިޔާ ލިބުނު އިރު މަޝްރޫއުތައް ހިންގަނީ ސަރުކާރުގެ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ވާވާ ރޮޒޭ ޖޭވީތާ ، ގައުމު އިރާ ވީދާ ނޮޅާ ކައި ހުސްކޮށްފައި ވެސް ބުނާތި ޕީ ޕީ ކުދިން ޖޭވަނީޔޭ ރޮޒޭމެން ގައުމު ދަވާލައިފި

  47
  2
 2. މާމީ

  ވަގުން ބުނާނީ ދެން ހުރީވެސް ވަގެކޭ... ސޯލިހު ހިކުމަތުން ކުރުވާ ވައްކަމުގެ ވާހަކަ ދައްކަ ބަލަ.

  33
  3
 3. އަލީ

  ޔޫމެނައް ފެނޭތަ ޔެލޯ ކުލައިގެ މަޑިއެއް؟؟؟ ބަޔަކޫ ސޮރަކޫ މީހަކޫ!!! ޔެލޯކުލައިގެ މަޑިއެއް މީނީ ހުވާމިބުނީ!!!!

  23
 4. ހެހެހޭ

  ރޯޒޭ ކޮންމެ އެއްޗެކޭ ބުންޏަސް މާލިއްޔަތެއް ނެތް ބަދަލުގަހުރީ ހަމަހުސް ލައްޑޫ

  31
 5. މެމްބަރު

  ކަނބުލޯ އަށް ޕާރޓިގެ އެއްވެސް މަޤާމަކަށް ކުރިމަތި ލެވޭބާ!

  13
 6. ކޮވިޑް

  ކޮވިޑް އިން ރާއްޖޭގެ ރަތްޔަތުން ނަށް ވީ ފައިދާ އެއް ރޮޒޭނާ ޖޭވެގެން ވެސް ބުނެދީބަލަ؟ ސަރުކާރުގެ ބައެއް ބޮޑުން ފިޔަވާ؟ ދެން ކޮބާ ތަ ތި ބުނާ ކުރިޔައްދާ ބޮޑު މަސްރޫއެއް؟ ބޮޑުންގެ ޖީބުތައް ފުރުން ފިޔަވާ؟ މޮޅުވާހަކަ ދެއްކިދާނެ ރޮޒޭނާ އަށް،

  12
 7. ޢަލީ

  މިފަހަރު އައްޑޫ މީދޫ ދާއިރާއަށް ކުރިމަތި ނުލުމަށް ދަންނަވަން. ސަބަބަކީ ޕީޕީއެމް މެންބަރު ހޮވޭތަން ފެނި ރޮޒޭނާ ޖޭ ވެފަ ހުނަންތަން ބަލަން ހިތަށް ކެތެެއްނުވާނެ

  14
 8. Anonymous

  ފެން ތީ މީހަކު ޖޯވެ،ޖޭވާވަރު މީހެެއްތަ؟

 9. ބަންޗޭލާ

  ބަޔަކު ޖޭވެގެން އުޅެންތީ ކޮންބަޔެއް...؟ އައްޑުއަތޮޅު ހިތަދޫގަ ނަންމަޝްހޫރު ސިޔާސީ އަންހެންބޭފުޅަކު އުޅުނު އޭނަގެނަމަކީ ފަލުދާގެ ހައްވާ އޭނަ ކޮޕީކޮއްގެން ރޮޒޭތިޔަ އުޅެނީ އޭނަޔަކީ ވަރައް ދޫހެލޭ ވަރައް ވަރުގަދަ ސިޔާސީ އަންހެން ބޭފުޅެއް

 10. ޕެޑްމޭން

  ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ދެރަގޮތް ނުވާކަމަށް ދޮންއާދަމްފުޅު ދަރި ބުނާކަމަށްވާނަމަ ފުރަތަމަ ދޮންއާދަމްފުޅު ދަރި ހުރީ ކޯޗެއް ޖެހިފަތޯ ބަލަން ޖެހެއެވެ. ދިވެހިން މިއުޅެނީ މިބަލިމަޑުކަމުގެ ސަބަބުން ސަލާމަތްނުވެގެންނެވެ. ގިނަމީހުން މުޅި އުމުރުގައި ހޯދާފަ ރައްކާކޮށްފަހުރި ފައިސާފެތިވަސްވަނީ ހުސްވެ އަނގަޔާއި އަތާއި ދިމާމިންވަރަށް ގައުމުގެ އިގްތިސާދީ ހާލަތު ދަަށަށްގޮސްގެންނެވެ. އެކަމަކު އަމިއްލައަށް ޒިއްވަތްވެގެން އުޅޭ ދޮންއާދަމްފުޅު ދަރިއަކަށް މިކަމެއް އެގޭކަމަށްނުވެއެވެ. ދިވެހިން ޒަމާނުއްސުރެ ކުރެއައި ވިޔަފާރިއަށް ވަމުންދާގޮތް ބަލާލަން މަޖީމަގަށް ނިކުގެ ހިނގާލަބަލާށެވެ. ފިނިކޮޓަރީގެ އޮތަކަސް ގައުމާއި ރައްޔިތުންގެ ވިންދެއްނޭޭގޭނެއެވެ. އެންމެ ފުރަތަމަ އިސްތިއުފާދޭށެވެ. މީނާއާއި އަދުންޕެޑް އަދި އާޒިމް އުޅެނީ ސައިޒް އޮޅިގެންނެވެ.

 11. ޖަގަހަ ހަސަނު

  ރޮޒޭ ޕީޕީ ކުދިން އެބުނަނީ ހަމަތެދު ގައުމުކަރަންޓީނުގަ ބައިތިއްބާފަ ގައުމުން ވަށްކަންކޮށް ގައުމު ދަރުވާލީ ކާކުތޯ ހިތާހިތާ ސުވާލުކޮށްލަބަލަ ހަމަގައިމުވެސް ގައުމުގަ ފައިސާއެއްނެތް ސޯލިހުގެ ހިކުމަތުން ފައިސާކޮޅުވަނީ ދަވާލާފަ ދެން ހަޒާނާގަހުރީ ހަމަ އެކަނި ލަށްޑޫ ކޮޅެއް އެލަށްޑޫ ކޮޅުވެސް އައްޑޫގަތިބި އިންޑިއާ ސިފައިންނަށްވަނީ ބަހާލާފަ ރޮޒޭ ހަމަޖޭވަނީތަ?

 12. ރޭޕް ޝީލްޑް

  ކަލޭގެ ދަރިއަކަށް ޖިންސީ ފުރައްސާރަ ކުރާދުވަހަކުން ބާރަށް ހަޅޭއްލަވާތި ޖޭވެފަ. އެހެން މީހަކަށް ކުރި އަނިޔާއެއް ކަލޭގެ ކޮއްކޮއެއް ވީމަ ތިބުނަނީ އެއްބަސް ނުވާން. ލަދު ހަޔާތްކުޑަކަން

 13. އާޙިރަތް

  އާޙިރަތް ދުވަހުން ސަލާމަތް ވާނެބާ. ބިރުވެރި ހުވަފެނެއް ފެންނަ ރެޔަކުން އިސްލާޙް ވެދާނެ

 14. ރީތި މޫސަ

  ރޮޒޭ ތިއުޅެނީ އަމިއްލައަށް ޖޭވެގެން ބަލަންހުއްޓާ މަންޒަރު ބަދަލުވާތީ